ރާއްޖެ ކައިރިން އުފެދުނު ކޮޅިގަނޑު ދެންމެ ތޫފާނަކަށް ބަދަލުވެފައި ވާއިރު، އެ ތޫފާނުގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން "ވަގުތު" އަށް ވިދާޅުވީ ތޫފާނުގެ ސީދާ އަސަރު ނުކުރި ނަމަވެސް، ރާއްޖެ އަށް ތޫފާނުގެ އަސަރު ކުރާނޭ ކަމަށެވެ.
"ކޮންމެ ސައިކްލޯނެއްގެވެސް ސީދާ އަސަރު އެ ކުރަނީ ސެންޓާ ތަނެއްގައި އޮންނަންޔާ. މިހާރު ރާއްޖެ އާއި ސެންޓާ ދިމައެއް ނުވާނެ. އެއީ މި ތޫފާނު މި އޮތީ ލަކްޝްވަދީބު މަތީގައި. އެ ސަރަހައްދުގެ މަތީގައި އޮވެގެން މި ތޫފާނު ބާރުގަދަ މި ވަނީ. މީގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި އެބަ އުފެދޭ ވިލާތަކެއް. މި ވިލާތަކުން ރާއްޖެ އަށް އަސަރު ކުރާނީ" މެޓުގެ އޮފިޝަލް ވިދާޅުވިއެވެ.
"މަހާ" ގެ ނަމުން ނަން ދެވިފައިވާ މި ތޫފާނުގެ ސަބަބުން ކުރިއަށް އޮތް ވަގުތުތަކުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ ރާއްޖޭގެ މައްޗައް އަރަމުން ދާނެ ކަމަށް މެޓުގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްތަކަށް ހާއްސަކޮށް އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެެވޭނޭ ކަމަށް ވިދާޅުވިއެވެ.
މި ތޫފާނަށް ދަނީ ހީނުކުރާހާ ވަރަށް އަވަހަށް ބަދަލުތައް އަންނަމުންނެވެ.
މީގެ ކުރިން ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނޭ ކަމަށް ލަފާކޮށްފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.
"މިރެއާ މާދަމާ އާ ދޭތެރޭ ބޯކޮށް ވިލާ ރާއްޖޭގެ ސަރަހައްދަށް ޖަމާވާނެ، ދެން އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް ބޯކޮށް ގަދަވަޔާއެކު ވާރޭ އަންނާނެ ކަމަށް ބެލެވެނީ". މެޓު އޮފީހުގެ އޮފިޝަލް ވިދާޅުވިއެެވެ.
އެ އޮފިޝަލް އިތުރަށް ވިދާޅުވީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ދުރާލާ ފެންބޮޑުވެދާނެ ކަމަށް ލަފާ ކުރެވޭތީ އެކަމަށް ދުރާލާ ތައްޔާރުވެ ތިއްބެވުން އެދޭ ކަމަށެވެ.
މީ ސަހިންދާ މެން ކަހަލަ ނުބައިނުލަފާ މީހުން ގެ ސަބަބުން ވާހާކަން ކަން....މި މީހުން މި އަށް ކިޔާނީ ކްލައިމެޓް ޗޭންޖް. އަހަރުން އެބައުޅޭތަ ކުލައިމެޓް ޗޭންޖް ނޭންގިގެން
ކަލޭގެ ނުބަައި ވީމަ.
މިއީ ކްލައިމެޓް ޗޭންޖެއް ނޫން. މިއީ ހަމަ ކޯފާއެއް. މިފަދަ ތޫފާންތައް ރާއްޖެ އެރުމަކީ ވަރަށް ނާދިރުކަމެއް.
ބޭން އެމްޑީއެން ކިޔާވަރުން
ހިތާމަހުރިކަމެއް ކޮންމެ އެއްޗެކޭ ކިޔާފަކޮމެންޓްކުރެވުނަސްހެޔޮދޯ މިކަހަލަޖާހިލުން ޤައުމުގަގިނަވެއްޖެއްޔާ ކޮންމެފަދަ އެއްޗެއްވެސްބުނެފާނެ އެއްފަހަރުވެސްﷲގެކުޅަދުންވަންތަވެރިކަން ވިސްނަބަލަ
ކޯފާ އެއް.
އިމްތިހާނަށް ތައްޔާރު ނުވެ ހުއްޓައި ފާސްނުވެފަ އޮއްވާ ފެންނާނީ. الله އަށް ޝުކުރު ކުރަން ނޭނގުނުތާ މޮޔަ ގޮވަން މި ފެށީ
އުދަ އަރާނެތަ؟.
ކޯފާ އާއި މުސީބާތް
ކޯފާ
މާތް ﷲ އަޅަމެންގެ ޤައުމާާ ރައްޔިތުން ސަލާމަތް ކުރައްވަވާންދޭވެ! "އާމީން"
ތޫފާން ސަހިންދާ ރާއްޖެއަށް އަރައިފި
ޙަޖަމް