ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑުދަތުރު ނުކުރުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ، ބޭރު ކަނޑުގެ ބާނިތައް ތިން ފޫޓާއި ހަ ފޫޓާއި ދޭތެރޭގައި އުޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ހާއްސަކޮށް މެދު ރާއްޖެ ތެރެއާ އުތުރުގެ އަތޮޅުތަކުގެ ފަރާތްތައް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"މެޓް އޮފީހުން، އެލާޓެއް ނެރެފައި ނެތް ނަމަވެސް ތަންކޮޅެއް ވައި ބާރުވާނެ، އެވްރެޖް ވައި ވެސް ތަންކޮޅެއް ބާރުކޮށް އުޅޭނެ ކަމަށް ބެލެވޭ ތީވެ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވާ ކުރިއަށް މި އޮތް 24 ގަޑި އިރު ދަތުރުތައް މަޑު ޖައްސާލުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސް އެއް". މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

އަދި މިހާރު ރާއްޖެއަށް ކުރަމުން ދަނީ ތޫފާނުގެ ސީދާ އަސަރު ނޫން ކަަމަށާއި، އޭގެ ސަބަބުން އުފެދޭ ވިލާތައް ރާއްޖެ މަތިން ދަނީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އެހެންވެ މިރެއާ މާދަމާ އާ ދޭތެރޭ ބޯކޮށް ވިލާ ރާއްޖޭގެ ސަރަހައްދަށް ޖަމާވާނެ، ދެން އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް ބޯކޮށް ގަދަވަޔާއެކު ވާރޭ އަންނާނެ ކަމަށް ބެލެވެނީ". އޮފިޝަލް ވިދާޅުވިއެެވެ.

އޮފިޝަލް ވިދާޅުވީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ދުރާލާ ފެންބޮޑުވެދާނެ ކަމަށް ލަފާ ކުރެވޭތީ ދުރާލާ ތައްޔާރުވެ ތިއްބެވުން އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޯދީ

    ތިއީ ކޮންކަހަލަ މަޓެއް، ތޫފާނެއްގަ އުފެދޭ ވިލާތައް ޖަމާވެ، ގަދަ ވަޔާއެކު ވާރޭ ވެހުނީމަ އެއަށް ކިޔާނެ ނަމެއް މެޓް އޮފީހުން ބުނެބަލަ.

    12
    1
    • މެޓު

      ތިޔަށް ކިއާނީ އޮއެކަޅެއް.....

    • ނަމެއް

      ރީރަތް އެލާރޓް ކިހިނެއް ވާނެ މެޓް؟

  2. ކެޓު

    ތިޔާ ޖެހުނީ ކުރަން.

  3. ހޯން

    ނިކަން ރަތް އެލަރޓް ނެރެބަލަ..އޭރަށް ދަތުރު ނުކުރާނެ ބިރުންވެސް..އަޅެ ދޮގެއްތަ؟

    13
  4. ޝިނާ

    ތިހެން ނުކިޔާ ރަތް އެލަރޓް ނެރެބަ މެޓޫ

    10
  5. މާހިމް

    ރީދޫ އެލަރޓްއަށްވުރެ މައްޗައް ރާއްޖޭގެ އެލާރޓެއް ދިޔަތަން މަނުދެކެން އެހެޔޮ 5 މީހުން ޑީންގީއާއެއްކޮން ދުނިޔެ ދޫކުރިޔަސް...މެޓް ކިހާވަރެއްވީމަތަ ރަތެއް ނެރެލާނީ؟؟؟

    5
    1