ރާއްޖެ ކައިރިން އުފެދުނު ކޮޅިގަނޑު މިހާރު ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. މިތޫފާންގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް ތޫފާންގެ ސަބަބުން އުފެދެމުންދާ ވިއްސާރަވިލާތައް ރާއްޖެ މައްޗަށް އަރަމުން ދާތީ ރާއްޖެ އަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
11:19
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި މަދު ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށް.
ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވި.
ދެކުނު އަތޮޅުތަކުގެ ކަނޑުުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ލަފާކުރެވޭ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވި.
ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވާ.
08:34
ތޫފާން "މަހާ" ގެ ސަބަބުން ކުރަމުންދާ ވިއްސާރަ ނޮވެމްބަރ މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް ކުރަމުންދާނެ ކަމަށް މޫސުމާއި ބެހޭ މައުލޫމާތު ގެނެސްދޭ ބައިނަލްއަޤުވާމީ ވެބްސައިޓްތަކުން ބުނޭ.
08:32
އަރަބި ކަނޑުގައި ފުރަތަމަ އުފެދުނު ތޫފާން "ކިޔާރު" ގެ ބާރު ދަށްވެފައި ވީނަމަވެސް އެތޫފާނުގެ ސަބަބުން އަދިވެސް 40 މޭލަށް ދަނީ ވައި ޖެހެމުން. އެތޫފާން މިހާރު ދަތުރުކުރަމުން ދަނީ އިތިއޯޕިއާ އާއި ދިމާއަށް. ރާއްޖެ ކައިރިން އުފެދުނު ތޫފާން "މަހާ" ގެ ބާރު ގަދަވެ، ވައި ޖެހެމުން ދަނީ 58 މޭލަށް ވުރެ ބާރުމިނުގައި. އެތޫފާން މިހާރު ވެސް ދަނީ އިންޑިއާ ކައިރިން އަރަބި ކަނޑަށް ޖެހެމުން.
23:43
Rakkaatheri Kamuge Fiyavalhuthah Alhaigen Noonee Kandumahchah Naaran Ilthimaaskohfihttps://t.co/fWntnMWRRt
— Vaguthu Online (@VaguthuOnline) October 30, 2019
23:25
BREAKING : Arabi Kandugai Furathama Ufedhunu Thoofaan Ge Baaru Dhah Vejjehttps://t.co/RJ843W1kJO
— Vaguthu Online (@VaguthuOnline) October 30, 2019
22:59
BREAKING : 16 Atoll Akah Reendhoo Samaal Nerefihttps://t.co/WWkv4w5Sqf
— Vaguthu Online (@VaguthuOnline) October 30, 2019
22:58
BREAKING : Kandu Dhathuru Nukuran Ilthimaas Koffihttps://t.co/iiXkKBvqVA
— Vaguthu Online (@VaguthuOnline) October 30, 2019
22:58
BREAKING : Thoofaanu Ge Asaru Rajje Ah Kuraanehttps://t.co/hqa6TkR14T
— Vaguthu Online (@VaguthuOnline) October 30, 2019
22:58
BREAKING : Rajje Sarahadhugai Ufedhunu Kolhigandu Thoofaanakah Badhalu Vejjehttps://t.co/IenzJFSIuD

ކޮބާ ޝަހިންދާ