އެމްޑީއެން އާއި ދެކޮޅަށް ގއ.ވިލިނގިލިން އަޑު އުފުލި ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ވިލިނގިލީގައި އެމްޑީއެން އާއި ދެކޮޅަށް އަޑުއުފުލީ އެމްޑީއެންގެ ދިފާއުގައި ތަކުރާރުކޮށް ވަކާލާތު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެރަށަށް ވަޑައިގަތުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ހައްޔަރު ކުރީ ހުއްދަ ނުނަގައި މުޒާހަރާ ކުރި ކަމަށް ބުނެއެވެ.

އެއްވުން ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުންނާއި އާއްމުންނާއި ދެމެދު ކުރިމަތިލުމެއް ހިނގައި ބައެއްް އާއްމުންނަށް އަނިޔާވެފައި ވެއެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްގެންވެސް ފުލުހުންނަށް ނުގުޅެވުމުން އެ އިދާރާގެ ބަހެއް ލިބޭގޮތް ވަނީ ލިބޭގޮތް ނުވެފައެވެ.

ނަޝީދު މިރޭ ވިލިނގިއްޔަށް ވަޑައިގަތުމަށް ފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ އެރަށުން ފުރައިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. ޖިންނި

  ލާދީނީ އެމް ޑީ ޕީ އާއި މުރުތައްދު އެމް ޑީ އެންގެ އެންމެނަށް ގަދަފަދަ ކޯފާ ފޮނުއްވާފާންދޭވެ އާމީން !

  94
  4
  • އަންނަނީ ހިނި

   އެމްޑީއެންއޭ ބުނާއިރަށް ބިރުން ގަޔަށްފަ. ދީނަށް ފުރައްސާރަ ކުރިޔަސް ހީވެސް ނުވޭ. އަގީދާ ވަރުގަދައީއޯ.

   19
 2. ޢަނީ

  ކޮން ވިލިނގިލިއެއް ؟ 2 ވިލިނގިލި އޮތީމަ އަހާލީ

  9
  39
  • އަހަރެން

   ހަމައެކަނި ސުރުހީ ކިޔާފަ ކޮމެންޓް ކުރިޔަކަސް ނޭގޭނެ....

   42
   1
  • ކާކު

   ގއ ކަމަށް އެބައޮތް ލިޔެފަ ވ.ސަލާމް

   45
   2
  • ާައަހުމަދު

   ގއ.ވިލިނގިލި

   28
   1
 3. ސާދާ

  އައްނި ތިނަދޫއަށް އައިމަ ރައްޔިތުންގެ ނުރުހުން އޮތްވަރު މިއަދު ދައްކާލައިފި. ރިސީވް ކުރަން ދިޔައީބޖުމްލަ 64 މީހުން.

  68
  3
  • ދދދދދދ

   އެމީހުނަށް ވެރިކަން ދޭން ވޯޓު ދިން މީހުންގަނޑު ކޮބާ؟

 4. މާލެ

  ގއ ވިނގިލި

  27
  1
 5. Anonymous

  ގއ ވިލިގިލި

  22
  1
 6. ޑައެލޯގް

  މިއީ އެބުނާ ދުލާއި މުޒާހަރާގެ މިނިވަންކަން ނުލިބިގެން ޔާމީނުގެ އިރުގަ ހަޅޭއްލެވި ބައިގަޑުގެ ހާލަތަކީ އެމީހުން މިނިވަންކަން ދޭނީ މީހުންގެ އަބުރުކަތިލުމާއި ސާބިތުނުވެ ވަގައްގޮވުމާއި މިކަންކަމަށް ރަސޫލާއަށާއި ދީނަށް ޖޯކުޖަހައިގެން އެކަމާ ދެކޮޅަށް ތެދުމުމުގެ މިނިވަންކަމެއްނެތް

  72
  2
 7. މޮޔަބެ

  ގއ.ވިލިގިލި.... ރ.ނަޝީދު ވަޑައގަތީ މަސްވެރިންނަށް ޑޮލަރ ދޭން ބަސްތަބަސްތާއިން... ހިތްވަރުގަދަ ކުދިންނޭވެ. މުޒާހަރާކުރެވޭނެއެވެ. ޤާނޫނު އަސާސީ ކަށަވަރުކޮށްދޭކަމެއް. އަނެއްކާ ނަޝީދު 17 ފަހަރު ޖަލުގައި އޮތީޔޯ އެއީ ހަޅުތާލުކުރުމުގެ މިނިވަންކަން ހޯދާށެ ޔޯލަ...

  62
  2
 8. Anonymous

  އެއަށްވުރެ ގިނަ.... ބެން އެމްޑީއެން

  48
  1
 9. Anonymous

  ލިޔުން ކިޔާލިނަމަ... އެއޮތީނުން ގއ. ވިލިނގިލި އޭ.

  27
  1
 10. އަޙްމަދު

  އަދިވެސް ގޯހީ ޔާމީނުގެ ވެރިކަން!

  20
  39
  • އަލީ

   މަށަށް ގޯހީ ކެނެރީގޭ ޖާހިލުގެ ވެރިކަން

   81
 11. އެންދެރި

  ސައި ހޮޓާ ތަކުގަ ވެސް ދައްކަން ޖެހޭ ވާހަކަ އެކެވެ.

  49
  1
 12. ސަޓޯ

  ނަޝީދު މިހާރު މީހުން ހައްޔަރުވެސް ކުރަން ފެށީތަ

  51
  1
 13. ހެޓިލަރު

  ހެޓިލަރު ލާއިންސާނީ ޢަމަލުތައްހިންގީ ޔަހޫދީންނަށް. ހެޓިލަރަކީ މުސްލިމެއްނޫން ނަޝީދު އާ ރައީސް ސާލިހު އަނިޔާވެރިކަން ދައްކަނީ މުސްލިމުންނަށް. ޢަދި މުސްލިމުން ނަމުގަ ތިބެގެން މުސްލިމު ދިވެހި ރައްޔަތުންގެ ފައިސާއިން ޑަބަލް މުސާރަ ނަގާގެން ތިބެގެން. މި މީހުން ހެޓިލަރަށްވުރެ މާއަނިޔާވެރި. ޢަދި ލަދުހަޔާތުގެ ކަންފުޅެއްވެސްނެތް. ބަންދުކުރި މީހުން ވަގުތުން ދޫކޯށްލާ. ތި ނަޝީދު ރާއްޖޭގެ ރައްރަށަށް އަރުވާކަށް ނުޖެހޭ. ﷲ ވާގިފުޅާއެކު ބަންދުކުރި އަދި އަނިޔާ ލިބުނު މީހުންނަށް ރައްކާތެރިކަމާ ސަލާމަތްކަން ދެއްވާށި. ޢާމީން.

  57
 14. މާލެ

  17 ފަހަރޭ ޖަލަށް ވަނިއްޔޭ މީނާ ނޫސްވެރިކަމުގެ 75 އަހަރުގެ ޝަރަފު ދިނީވެސް ދޮގު މައުލޫމާތު ދީ ފަތުރައިގެން ސަންގުގައި މީނާގެ 5 އާރޓިކަލް ހުކުރުގައި 2 އާރޓިކަލް ދެން ނެރުނީ ދަގަނޑު ދަހަނާ ކިޔާ ފޮތެއް އެކަމު ނޫސް ވެރިކަމުގެ ޝަރަފު ދީފި މިކަމުގެ އަޑީގައި ހުރި މީޑިއާ ކައުންސިލްގެ ރައީސް އެކައުންސިލްގެ މެންބަރަަކު ބުނި އެމީހުންނާއި ވެސް މަސްވަރާ ނުކޮށޭ ދިނީ މިވަރަށް ޚުދު މުޚުތާރު ވެވޭނީ

  41
 15. މިގޭ

  ކޮބާ އަނިޔާއަކީ. ސީދާކަނޑައެޅިގެން އިސްލާމްދީނަށް ފުރައްސާރަކޮށްގެން އަޑު އުފުލީމާ ހައްޔަރު. މިހަރުން މިހާރަށްދޫކޮށްލާ.
  މިނިވަންކަން އޮންނާނެކަމަށްބުނީމާ ލަދު. ކޮބާ ޑިމޮކްރަސީ.

  43
 16. އާމިނަތު

  ކަލޭގެ ހިފާ ހައްޔަރުކުރޭ

 17. އާމިނަތު

  އިސްލާމް ދީނުގެ ކަންފުޅެއހުރިމީހަކު ވިއްޔާ މިސަރުކާރުން ހިފާ ހައްޔަރުކުރާނެ ކުރެވުނު ދުއާއެއްކުރޭ އަޚުންނޭ

 18. ބާބޫ

  ނަޝީދަކީ ތީ ގައުމުގެ ހަލާކު، ވިލިނގިލީގެ ހިއްވަރުގަދަ ރައްޔިތުންނަށް ސާބަސް...

 19. ހުސެން

  ކޮބާ އަސަރުކުރޭތަ؟ހުރިހާ ރަށަކުން ވެސް އެމްޑީއެން އާ ދެކޮޅަށް މުޒާހަރާކުރެވެން ޖެހޭނެ،އެތައްލައްކަ މީހުންގެ ނުރު/ހުން މިއަދު ތި އަމާޒުވީ އެމްޑީއެންކޮޅަށް އަރާހުރުމުގެ ސަބަބުން ސާފުވެއްޖެތަ މަންޒަރު؟

 20. ސަގަރު

  މީ ނުބައި އަނިޔާވެރި ސަރުކާރެއް ވިލިނގިލިން 10 މީހުން ހައްޔަރުކުރީ އެމް.ޑީ.އެން އާ ދެކޮޅަށް އަޑުއުފުލައިގެން، އަނގޮޅިތީމު ގަ އަދިވެސް އެމް.ޑީ.އެން އާ ދެކޮޅަށް މުޒާހަރާކޮށްގެން މުޒާހަރާގައި ބައިވެރިވި އެންމެން ބަޔާން ނަގަނީ، ފުލުހުން ތިބީ ބަނޑަހަޖަހައިގެން..........ރަށު ތެރޭގަ އަންހެންވެރިން ބިރުވެރިކަމެއްގަ....ހީވަނީ ނަޝީދުހެން އެމް.ޑީ.އެން އަކީ................ވެރިކަމެއްމީ

 21. މިނިވަންކަން

  ބަލަ މާލޭގައޭ މުޒާހަރާ ކުރުން މަނަލީ މީނާ... ރަށް ރަށުގައި ކުރެވޭނެ އެމީހުން ތަނަކަށް މީހަކަށް ގެއްލުން ނުދީ ކުރާ މުޒާހަރާ ކުރެވެން ވާނެ އަންނި މިކުރަނީ މަޖިލީސް ޚަރަދު ގަ ތޯ ދަތުރު ކެންޕޭން ދަތުރު ނަންވާނީ ކުރީ ސަރުކާރު ކިހާ ދެރަކަމެއް ހިތްވަރު އެލުވާނުލާ މުޒާހަރާ ކުރަންވީ ކާމިޔާބު ވާނެ މިހާރު ސަރުކާރު އޮތީހޫނު ފެނުގައި

 22. ޣއ

  ތި އަދި ކުޑަވަރެއް

 23. ބިޖޫ

  ސާބަހޭ ވިލިގިލީ ރައްޔިތުން އައް ރަށައްވެސް އެރިޔަނުދޭންވީ ފިރުއައުނު އެއްވެސް ރަށަކައް ނާރުވާން ރައްޔިތުން ނައް ގޮވާލަން

 24. އަޙްމަދު

  ފޯޓްއިން ފެންނަނީ މިކަލޭގެ ހާދަ ރުޅިއައިސް ހުރިތަނޭދޯ! އެހެންތާ ވާނީ އެމްޑީއެން އަދިނރި ބޮޑުމީހާ ވިއްޔާ!

 25. ޖިންނި ކުއްޖާ.

  ބަލާބަ އެހެރަ އަންނި ކަޑަވެފަ ހުރި ވައްތަރު??

 26. އަޖުނާދު

  ބަލަ ލާދީނީ އެމްޑީޕީ ކެމްޕޭން ވައުދެކޭ އެއީ ރައްޔިތުން ހިޔާލު ފާޅުކުރަން ހުއްދަނަގަން ނުޖެހޭގޮތަށް އޮތުން. އޭރު ދެއްކިވާހަކަ މުޅިން އޮކޮޅު ކޮޅަށް ޖަހައިފަ ތިއޮތީ. ކޮންމެހެންވެސް ހެދެން ހުރިހާ ދޮގެއްހަދައިފަ ވެރިކަމަށް އެރީ.

 27. ދޮންމީހަ

  މި އަންނި ހާދަ އަޤީދާ ބަލިކަށްޓޭ ދޯ؟ މީހަކު ބުނެލާ ބަހަކުން، ލިޔެލާ ލިޔެލުމަކުން އަހަރަމެންގެ އަޤީދަ ފޮތި ފޮއްޗެއް ނުވާނެ އިގޭތޯ.

 28. ފަރަންޖީ

  ނަންވާނީ ޔާމީން.