އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ހުށަހެޅުނު މައްސަލަތައް މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ހުށަހެޅުނު މައްސަލަތަކަށް ވުރެ ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން، މިއަހަރުގެ ތިންވަނަ ކުއާޓަރގައި ރަޖިސްޓްރީކޮށްފައިވަނީ ޖުމްލަ 371 މައްސަލަ އެވެ.

އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި 917 މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެތެރެއިން، 371 މައްސަލައަކީ 3 ވަނަ ކުއާޓަރގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލައެވެ. 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވަނީ 135 މައްސަލައެވެ.

ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 364 މައްސަލައެވެ. 2018 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 103 މައްސަލައެވެ.

އޭސީސީ އިން ވިދާޅުވީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން، ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް ދަނީ އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންނެވެ. މިގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި 27 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، 2018 ވަނަ އަހަރުގެ އެމުއްދަތުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 8 މައްސަލައެވެ.

ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި، އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ 41 މައްސަލަ މިއަހަރުގެ ތިންވަނަ ކުއާޓަރގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2018 ވަނަ އަހަރުގެ އެމުއްދަތުގައި 22 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން މި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތަކެވެ.

އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 157 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވަނީ ޕްރޮކިއުމަންޓާގުޅޭ 40 މައްސަލައެވެ.

މިކުއާޓާގައި، ދެވަނައަށް އެންމެ ގިނައިން ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވަނީ ވަޒީފާއާގުޅޭ މައްސަލަތަކެވެ. އެގޮތުން، ވަޒީފާއާގުޅޭ 63 މައްސަލައެއް މިއަހަރުގެ މިކުއާޓަރގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާއިރު، 2018 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 12 މައްސަލަ ރަޖިސްޓްރީ ކޮށްފައިވެއެވެ.

މީގެ އިތުރުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި، ކުއްޔަށް ދޫކުރެވޭ ތަންތަނާއި، ބިމާއި، ގޯތިގެދޮރާއި، ފައިސާއާއި ތަކެތި ބޭނުންކުރުމާއި، ލައިސަންސް އަދި ހުއްދަ ދިނުމާ ގުޅޭ ޖުމްލަ 78 މައްސަލައެއް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 58 މައްސަލައެއް ވެސް މިކުއާޓަރގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލަބީބު

    ރުފިޔާއާއިގެން ބޫތުކައިފަތިބި މީހުން ތިތިބީ ވެރިންގެގޮތުގައި! އެކަން އެއޮތީ 2013 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓްތަކުންވެސް ފެންނަން. އިބޫ ޞާލިޙަށް 37 މިލިޔަން ރުފިޔާ ރިޝްވަތުގެގޮތުގައިވަނީ ދީފައި! ރައީސް ޔާމީންގެ ދައުރުގައި ފެށި ހިނގަހިނގާހުރި މަޝްރޫޢުތައް މި ސަރުކާރުް ހުއްޓުވާ އަލުން އެހެން ބަޔަކާ ޙަވާލުކުރީ އިންތިޙާއަށް އަމިއްލަ ޖީބަށް ވަންނަގޮތަށް!

    8
    1
  2. ޖާޒީރާ ބޯއީ

    ދެލޯ މުޑިކާއްޓެންހެން ހުޅުވައިގެން އިންދެ މައްސަލަތަށް އިތުރުވިޔޭ ކިޔާއިރު ކޮން މައްސަލައެއްބާ ތިޔަތަނުން ބަލާނިންމުނީ. ހުސް ނިކަމެތިންނަށް ނިކަމެތިގޮތް.

    10
  3. ސައްދާމް

    ތީވެސް މިހާރު ލާދީނީ ބައެއް، އިސްލާމްދީނުގައި އޮންނަ ހަމަހަމަކަން ދޫކޮށްލާ ތިޔަގެންގުލެނީ ފައިސާގިނަ މީހާއަށް މޮޅުގޮތް.

  4. ޚ

    ތިޔަ ހިނގަނީ ޒީ ރޯ ޓޮލަރަންސްގެ ބައި ރައީސް އެއް ވައުދު، ނަމަވެސް އެއްބަޔަކަށް އެންމެނަށް އަދި ދާނަމަ ތިޔަށް ވުރެ ގިނަވާނެ ހުށަހެޅޭ މައްސަލަ.

  5. ޙިލްމާ

    ތިތިބަ މަޢުޞޫމު ދެ އުޚުތުންނަށް ޙިލްމާ ކުރާ އިލްތިމާސަކީ އަވަހަށް ތިޔަތަނުން ބަރީއަވެ ބޭރުވެގަންނާށޭ އެވެ.

  6. ހުސޭނުބޭ

    ފުރަތަމަ އޭސީސީ އަކީ ކަރަޕްޝަނުގެ ހާއްޔެއް! ވަކި ކުލަޔަކަށް ބަލައިގެން ކަރަޕްޝަން ބެލުމަކީ ކަރަޕްޝަނުގެ އިތުރުން ބޮޑުވެގެންވީ އަނިޔާއެއް!

  7. Anonymous

    ވަގުންނޭ ގޮވަމުން ވަގުން ވެރިކަމަށް އައީމަ ވައްކަންކުރާނެ. ދަވަމުންދޭ ގޮވަމުން ވެރިކަމަށް އައުމުން ފާޅުގައި ދަވަމުންދަނީ. މިހާރުވެސް އިންސާފުގެ ތިލަފަތަކުން ކިރާނަމަަ މި ވެރިކަމުގައި ނުހުންނާނެ ކޮރަޕްޝަނާއި ވައްކަމާއި ރަލާއި ޒިނޭއާއި މަސްތުވާ ތަކެއްޗާއި މާރާމާރީ އާއި މިއިން ހުރިހާ ކަމެއްގައި ޖަލަށް ޙުކުމްކޮށްފައި ބާކީ އެކަކުވެސް.

  8. Anonymous

    ޒީރޯ ޓޮލަރެންސް އާއި އެކު އަހަރު ފެށުނު އިރު ބަޖެޓް ޒީރޯކޮށްފި. ދަޢުލަތުގެ ރިޒާވް ޒީރޯ ކޮށްފި.
    ރައްޔިތުންނަށް ޒީރޯ ޓޮލަރެންސް ދީފަ ގައުމު އިންޑިޔާއަށް ވިއްކާ ނެގި ލޯނެއް ގައުމު ޒީރޯކޮށް ލޯނު ބަނޑުއަޅާ ޒީރޯކޮށްފި.
    ސަޕްލިމެންޓްރީ ބަޖެޓްއެއް ޒީރޯ ޓޮލަރެންސްގެ ދަށުން ނަގައި ޒީރޯކޮށްފި.
    ރައްޔިތުންނަށް ޒީރޯ ޓޮލަރެންސް ދައްކައި ތަރައްޤީއެއް ނުދީ ޕާޓީގެ ބޮޑުންނަށް މަޖާކޮށްލުމަށް ބަދަލުކަމުގައި ބުނެ ތިޖޫރި ދަވާލައި ޒީރޯ ކޮށްފި.
    ހިތާމައަކީ އަނެއްކާވެސް އިންތިޚާބެއް އަންނަ އިރަށް ގައްޑާ ނަމެއްކިޔާފައި މިބައިމީހުން ރައްޔިތުން ކައިރިއަށް ދާއިރަށް ރައްޔިތުން ގަޅިހެދި ޒީރޯ ޓޮލަރެންސްއަށް ވެއްޓި ވޯޓުދޭކަން.

  9. Anonymous

    އަސްލު ވަގުން އެނގޭނީ ތިޖޫރީގެ ބާރު ލިބުނީމަ.
    މިހާރު މިފެންނަނީ އަސްލުވަގުން. ގައުމަށް ރައްޔިތުންނަށް ކަމެއް ކޮށްނުދީ މޮޅުވާހަކަ ދައްކަމުން ބަޖެޓްކައިހުސްކޮށްފި.
    ޔާމީނަށް ވަގަށް ގޮވިއިރު ޔާމީން ކޮށްދިންވަރަށް ކަންތައްތަކެއް މި ސަރުކާރަށް ނުކޮށްދެވޭނެ. ޔާމީން މި ޤައުމަށް އެންމެ ފަސް އަހަރުން ގެނެސްދިން ތަރައްޤީ އާއި ފާގަތިކަން މިހާތަރަށް އެއްވެސް ސަރުކާރަކުން ނެތް ގެނެސް ދެވިފައެއް، އަދި އަމުން މި އެމްޑީޕީ ސަރުކާރަކަށް އެކަމެއް ނުކޮށްދެވޭނެ. ސަބަބަކީ ހަކުރު ބޯ މީހަކަށް ހަކުރު ނުވިއްކޭނެ. އެއީ އެމީހަ ބޮއިފާ ބާކީއެއް ނުހުންނާނެ. އެހެންވީމަ މިސަރުކާރަށްވެސް ވަނީ މިހެން، މިސަރުކާރަކީ ކުޅިވަރާއި މަޖާކުރުމަށް ދެވިހިފާފައިވާ ސަރުކާރެއް. މިމީހުން މަޖާކުރުމަށް ދަޢުލަތުން ބޮޑެތި ހޭދަކުރަމުން ދިއުމުން ރައްޔިތުންނަށް ކަމެއްކޮށްދޭނެ ފައިސާއެއް ނުހުންނާނެ.

  10. ޒާ

    އޭސީސީ އަށް ހުށަހެޅޭ މައްސަލަ ގިނަވީމާ މިހާރުއޮތީ ފަހަތުފަޔަށް ބުރަވެފަ. ހުށަހަޅާ މައްސަލަނުބަލާމިހާރު. ރިޕޯޓްކުރުން ވީ ބޭކާރުކަމަކަށް.

  11. ސުޢޫދު

    މިފަހަރު ތިޖޫރީއިންތާހުއްނާނީ ދޮންކެޔޮވަކަކާ ކިރު ތައްޓެއް ވައުދުތައް ހުއްނާނީ މަގުމަތި ކުރަކަން ގެންގުޅު ދާވާދު ހުސްކުރި ދަޅުތަކަށްއަޅާފަޒީރޯކޮއްފަވަޔައް ގޮއްސް ދާނެތީވެ.

  12. ކާފަދ

    ކޮރަޕްޝަން ތަންކޮޅެއް ބޮޑުވީތާދޯ