މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ސެންޓްރަލް ބިލްޑިންގެ މަތިން، މީހެެއްގެ ބޮލަށް ތަށިމުށިގަނޑެއް ވެއްޓިއްޖެއެވެ.

މަގުމަތިން ދިޔަ މީހެއްގެ ބޮލަށް، އެމްއެންޔޫ ސެންޓްރަލް ބިލްޑިންގގެ މަތިން ތަށިމުށިގަނޑެއް ވެއްޓިފައިވަނީ ރޭ ގާތްގަނޑަކަށް 9:45 ކަންހާއިރު އެވެ. ތަށިމުށިގަނޑު ވެއްޓިފައިވަނީ، ރޭގެ ވިއްސާރައިގައި ވައި ގަދަވުމުގެ ސަބަބުންނެވެ.

އެ މަންޒަރުދުއް މީހަކު "ވަގުތު" އަށް މަޢުލޫމާތުދެމުން ބުނީ ތަށިމުށިގަނޑު ވެއްޓުނީ އޭނާގެ ކުރިން ދިޔަ ސައިކަލުގައި އިން މީހާގެ ބޮލަށް ކަމަށެވެ. އެ މީހާގެ ނަސީބު ރަނގަޅުކަމުން އެ ތަށިމުށިގަނޑުން ބޮޑު އަނިިޔާއެއް ނުވި ކަމަށާއި ނަމަވެސް، އެ ތަށިމުށިގަނޑުން ކޮންމެވެސް ވަރަކަށް ޖެހި، އޭނާގެ ބޯ ފަޅައިގެން ދިޔަ ކަމަށް މަންޒަރުދުއް މީހާ ބުންޏެވެ.

އޭނާ ބުނީ، ތަށިމުށިގަނޑު ބޮލާ ސީދާ ވި ނަމަ އެއީ މަރުގެ "އެތިފަހަރެއް" ކަމަށެވެ.

އިމާރާތުގެ ފާރުގައި ޖަހާފައި ހުރި މުށިތައް ނައްޓާލައިގެން މަގުމައްޗަށް ފައިބާތީ އެމަގު ވެސް ރޭ ބަންދު ކުރިއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ.

ފަހަކަށް އައިސް މާލޭގެ އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާ ވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަރުގަނޑު

    އަދި މޮޅުވާންވެގެން ސީލިންގުގައާއި ފާރުގަ މުށިޖަހައިގެން! މީހަކު އަޅެ މޮޔަވެދާނެތަ! މިއުޅެނީ ފްލޯގަ ޖަހާފަ ހުންނަ ތަށިމުށި ގަނޑު ހަރުނުލައިގެން!

    13
    1
  2. މަހުދީ

    ބަދަލު ހޯދުން ބުއްދިވެރި 5 މިލިޔަން ވަރު ރަނގަޅުވާނެ

    13
  3. ޒާ

    ތީ އިންޑިއާ މީހުން ހެދި ތަނެއް.

    11
  4. ދުމައިން

    ޢިންޑިއާގެ ދީލަތިއެހީގައި ހަދާފައިވާ އިންޓަނޭޝަނަލް ސަޓޭންޑާޑްގެ މޮޅު އިމާރާތެއް.. ތީ މަގުންދިޔަމީހާގެ މައްސަލަ.