ސިނަމާލެ ބުރިޖު ކައިރިން ކުރީގެ އަޑި ޕާކްގައި މިހާރު މާލޭ ސިޓީ ކައުންސިލުން ތަރައްޤީ ކުރަމުން ގެންދާ ޕާކަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު "ކޮރަޕްޝަން ޕާކް" ގެ ނަމުން ނަން ދެއްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ހޭޝްޓެގެއްގެ ގޮތުގައި "ކޮރަޕްޝަން ޕާކް" ޖެއްސެއްވުމުން އިދިކޮޅު ފަރާތްތަކުން މިހާރު މީސް މީޑިއާގައި އެޕާކްގެ ނަމެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދަނީ ކޮރަޕްޝަން ޕާކެވެ.

ނަމަވެސް މުއިއްޒުގެ ޓްވީޓާއި ގުޅިގެން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ގެންދަނީ މުއިއްޒަށް ފާޑުކިޔަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ކޮރަޕްޝަންގެ ވާހަކަ މުއިޒާއި ކުރީގެ ސަރުކާރުގެ ވެރިންނަކަށް ނުދެއްކޭނެއެވެ.

ސިޓީ ކައުންސިލުން ތަރައްޤީ ކުރަމުންދާ ޕާކަށް މުއިއްޒު ކޮރަޕްޝަން ޕާކްގެ ނަން ދެއްވީ އެޕާކް ތަރައްޤީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ސިޓީ ކައުންސިލުން ކުރައްވަމުން ގެންދަވާ ކަމަށް ދެ ކައުންސިރަކު ވިދާޅުވުމުންނެވެ.

ދެ ކައުންސިލަރަކު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމެއް ވެސް އިއްޔެ ވަނީ މާލޭ ސިޓީ ކައުންސިލް އިދާރާ އަށް ވަދެފައެވެ. ނަމަވެސް އެމައްސަލަ އާއި ގުޅިގެން އޭސީސީ އިން އަދި އެއްވެސް މައުލޫމާތެއް މީޑިއާ އާއި ހިއްސާކޮށްފައެއް ނުވެއެވެ.

މިހާރު ވަނީ އެ ޕާކްގެ ބޮޑު ބައެއް ނިންމައިފަ އެވެ. ހުސްބިމެއް ގޮތަށް އޮތް އެ ޕާކްގައި ގިނަ އަދަދެއްގެ ރުކާއި ގަހުގެ އިތުރުން ވިނަ އިންދައި ވަނީ ވަރަށް ބޮޑަށް ފެހިކޮށްފަ އެވެ. އަދި އިށީނދެ ތިބުމަށް ގޮނޑިތަކެއް ވަނީ ބަހައްޓައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ކެޔޮޅު

    ހިތްދަތިވީދޯ މުއިއްކޮ ހަހަހަހަ..
    ޗޮރަޕްޝަން ބުރިޖު

    19
    54
    • ކިނބޫ

      ކޮރަޕްޝަންޕާކް ކޮރަޕްޝަންޕާކް
      ކޮރަޕްޝަންޕާކް ކޮރަޕްޝަންޕާކް
      ކޮރަޕްޝަންޕާކް ކޮރަޕްޝަންޕާކް
      އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ
      އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ
      އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ

      22
      4
  2. ބިންގޯ

    އިރުވައި މޫސުމު އަސަރު ކޮއްލީމަ ވާގޮތެއް އެގިދާނެ.

    40
  3. އއ

    ތި ލޮކޭޝަންގައި އެންމެ ރަނގަޅުވާނީ ޝޮޕިންގ މޯލްއެއް ޕާކަކާއިއެކު.. އެއީ ތަރައްޤީއަކީ

    38
    4
    • Anonymous

      ޝޮޕިންގް މޯލެއް އަޅަން އެތާކު ބިމެއްނެތް ހުޅުމާލޭ ސެންޓްރަލް ޕާކާއި އަޅާ ބަލާއިރު މިޕާކު ކުޑަ.

      8
      3
  4. ހުސްނު ނޫނު

    ކަކަކަކަ!!! ވަރަށް ސަޅި ނަމެއް.... ކޮރަޕްޝަން ޕާކް

    43
    8
  5. ހުސެން

    ވަރަށް ގޫޅޭ، ކޮރަޕްޝަން ޕާކް.

    41
    8
  6. މިގޭ

    އަސްލު އެނަމަކީ ބަރާބަރު ނަމެއް. މަމެން ކިޔާނީ ކޮރަޕްޝަން ޕާރކު.

    46
    8
  7. ޖާޒީރާ ބޯއީ

    މުއިއްޒު ބުނިޔަސް ތީހަމަ ރަގަޅުވާހަކައެއް. ތިޔައީ ކަރަޕްޝަނުން ފުރިފައިވާ ޕާކެއް. ނަސީމު އެބަހުރި ވަކިވަކިން މީސްމީހުންގާތި ކަމިޝަނަށް އެދިފަ. ތިޔަތަނަށް ކުރި ހަރަދު ބުނާކަށް އެމީހުނަކަށްވެސް ނުކެރޭނެ،

    40
    7
  8. ހުދުހުދު

    މިހާތަނަށް ރާއްޖޭގައި ޕާކެއް އެޅުމަށް ކުރެވުނު އެންމެ ބޮޑުހަރަދު މިޕާކަށް މިހާރު ހިގައްޖެ އަދި ހުޅުވޭވަރުނުވޭ. ހަމައެކަނި ވިނައިންދާފައި ގަސްޖެހުމަށް.

    37
    5
  9. ކަޅުބެ

    މިސަރުކާރުން މިތާގައި ޕާކެއް އެޅުމަށް ނިންމީ ނަސީމަށް ފައިސާކޮޅެއްދޭންވެގެން. މިވާނީ ކަނޑުގައި ދަމާ ރޮގަކަށް. އިރުވައި މިއޮއް ލާގަންނަނީ ދެންބަލަންތިބޭ. ތިޔަތާގައި ގަސް ނުހެދޭނެ. މީގެކުރިންވެސް ތިޔަތާގައި ހުރީ ހަމައެކަނި ހިރުންދާއި ދިއްގާ. ކެރަފާ ނަސީމު ބުއްދި ހަމައެއްނޫން.

    37
    2
  10. ކަޅުބެ

    ކެރަފާ ކޮރަޕްޝަން ޕާރކް

    41
    4
  11. އަދުލީ

    ކެރަފާ ނަސީމު އަށް ދޭނެ ބަދަލެއްނެތިގެން ޕާރކް ހަދަން ހަވާލުކުރީ.

    40
    3
  12. ނިހާން09

    މުއިއްޒުމެން ވަ ރަށް މޮޅު ތިވާހަަކަ ދައްކަން، މި ރާއްޖޭގަ ހިންގި އެންމެ ބޮޑެތި ވައްކަމާ ކޮ ރަޕްޝަން ހިންގާފައޮތީ މުއިއްޒުމެން ވެ ރިކަމުގަ، މީ ފެންނަން އޮތް ހަޤީޤަތް...... ކެކެކެކ

    7
    37
    • ކިނބޫ

      ކޮރަޕްޝަންޕާކް ކޮރަޕްޝަންޕާކް
      ކޮރަޕްޝަންޕާކް ކޮރަޕްޝަންޕާކް
      ކޮރަޕްޝަންޕާކް ކޮރަޕްޝަންޕާކް
      އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ
      އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ
      އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ

      8
      1
  13. ސަޓޯ

    ގުދޯގުދޯ ޕާރކު ކިޔަން މާރަގަޅު

    2
    18
    • ކިނބޫ

      ކޮރަޕްޝަންޕާކް ކޮރަޕްޝަންޕާކް
      ކޮރަޕްޝަންޕާކް ކޮރަޕްޝަންޕާކް
      ކޮރަޕްޝަންޕާކް ކޮރަޕްޝަންޕާކް
      އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ
      އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ
      އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ

      8
      1
  14. މުރާސިލް

    އެންމެ ގުޅޭ ނަމަކީ ހަމަ ކަރަޕްޝަން ޕާކެވެ.

    26
    2
  15. ޔަންޒާ

    ލާދީނީ ޕާރކު ތީ..

    26
    2
  16. ބިޖޫ

    ހަމަ އެއްމެ ރަންގަޅުނަން މުއިޒުތިކީ ެ އެއ ިިިިިިިިި އަސްލުވެސް ހަމަ ކޮރަޕްޓް ޕާރކް. ކޮރަޕްޓް ސަރުކާރުގެ ކޮރަޕްޓް ޕާރކް

    26
    2
  17. ނަމަ

    ނަސީބެއްނު ފެން ބޮޑުވާ ޕާކު އޭ ނުބުނިކަން

    16
    1
  18. ކަނބުލޮ

    ކީއްވެ ނުދެއްކޭނީ ދެއްކޭނެ ހަމަ ދައްކަންވީ ހުދުފޮތި ލާންވެގެން އައި ސަރުކާރަކުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަން ކަން ކުރަންޏާ ކިޔަންވީ.

    31
    1
  19. ހިރާ

    ވަރަށް ކަމުދާ ނަމެއް، ދިވެހި ދައުލަތާ ވަރަށް ގުޅޭ!

    16
    1
  20. ހެހެހެހެހެހެ

    ޝިފާ ޕާކުވެސް ވަރަށް ގުޅޭނެ

    6
    2
  21. ނާށި

    މުއިއްޒު ޕާކް

    1
    12
  22. ބޮކި

    ކަލޯ ޖޭވީ ދޯ !

    1
    13
  23. މުއީނު

    ވަރަށް ހަޑި ޕާކެ އްތީ. މީހުން ޕާކު ހަދާތީ ހަދާފަ.

    4
    2
  24. އެމްޑީއެންއުވާލާ

    ކޮރަޕްޓްސަރުކާރުގެ ކޮރަޕްޝަންޕާކް #އެމްޑީއެންއުވާލާ

  25. މލ

    ކޮރަޕްޝަން ޕާކު ހުޅުވޭއިރު ދައުލަތް ބަނގުރޫޓްވުމުގެ ބިރު
    އެބައޮތް! ވަރަށް ވެސް ހިތާމަހުރިކަމެއް! ދިވެހިން ހޭލާކަށް
    ނުވޭބާ.

  26. ޏ

    އައްނިކަލޯގެ ކޮރަޕްޝަން ޕާކު

  27. ދަންސޫރަ

    ވަރަށްގުޅޭނަ މެއް

  28. އަޒާ

    މިއީ ޕާރކެއްތަ..؟؟ ނޫނީ ރުއް ދަނޑެއްތަ...؟؟؟އެއޮތް ބޮޑު ބިމުގަ ހާވާފާ ހުރި ހަޑި ބަލާބަލަ...؟؟؟ ލ. އަތޮޅު މާނދޫއަށް ދޭބަލަ، އެރަށު އޮންނާނީ ހުސް ތިޔަކަހަލަ ޕާރކް...

    8
    1