އަދާލަތު ޕާޓީ އިން ދިނުމަށް ތައްޔާރުވަމުން އަންނަ "ލޮބުވެތި ނަބިއްޔާ" ދަރުސް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީ އިން ހާމަކޮށްފިއެވެ.

އެޕާޓީގެ މީޑިއާ އޮފިޝަލު "ވަގުތު" އަށް ވިދާޅުވީ އެ ދަރުސް ދެއްވާނީ އައްޝައިހް އިލްޔާސް ހުސައިން ކަމަށެވެ. އަދި ދަރުސް އޮންނާނީ މާދަމާ ރޭ 20:30 ގައި އަލިމަސް ކާނިވާ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެއްޖެ ކަމުގައި ވާނަމަ "އިންޑޯރ" ތަނެއްގައި ދަރުސް ދިނުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ދަރުހުގެ މައުޟޫއަކީ "ލޮބުވެތި ނަބިއްޔާ" ކަމަށާއި އެ ދަރުހުގައި ޤުރުއާނާއި ހަދީސް ބަސްފުޅުތަކުން ދަލީލު ދައްކަވައި، ރަސޫލާ (ސ.އ.ވ)ގެ މަތިވެރި ކަމާއި މާތްކަން ޝެއިހް އިލްޔާސް ބަޔާން ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދަރުސް ރާއްޖެ ޓީވީ އިންނާއި، ވީޓީވީ އިން ލައިވްކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީ އިން ބުނި ގޮތުގައި އެ ދަރުހަކީ އެއްވެސް ސިޔާސީ މަގުސަދެއް އޮވެގެން ދޭ ދަރުހެއް ނޫން ކަމަށެވެ. އަދި ދަރުސް ދިނުމުގެ މައިގަނޑު މަގުސަދަކީ މިދުވަސްކޮޅު ރަސޫލާ އަށް ފުރައްސާރަކޮށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކޮށް ރަސޫލާގެ މާތްކަމާއި މަތިވެރިކަން ރައްޔިތުންނަށް އަންގައިދިނުން ކަމަށެވެ.

އެ ޕާޓީން ވަނީ ދަރުހަށް ވީހާވެސް ގިނަ ބަޔަކު ދިއުމަށާއި ދެވެން ނެތް ހާލަތެއްގައި އެހެން ގޮތަކުންވެސް ބެލުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ދަރުސް އަޑު އެހުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް އަދާލަތުން ވަނީ ބުނެފައެވެ.

ފުރަތަމަ މިދަރުސް ދޭން ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެޕާޓީ އިން ވަނީ ދަރުސް ފަސްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އަޙްމަދު

  މިދަރުސަކީ ސަރުކާރަށް ހަޖަމް ކުރެވޭނެ ދަރުސެއްތޯ. ހުއްދަ ލިބިލައްވާފިތޯ!

  36
  4
 2. ޢަޒްރާ ޢަލީ

  ފުރަތަމަ ކަމަކައް އަދާލަތު ޕާޓީބއުފެދުނީ ޑިމޮކްރަސީގެ ތެރެއިންތޯ؟ ޢަދާލަތު ޕާޓީއަކީ ދީނީ އިލްމުވެރިންގެ ދިމޮކްރެޓިކް ޕާތީތޯ؟ ޢަދާލަތުގެ ޝޭހުން ޑިމޮކްރަސީ ގަބޫލުކޮއް އެއައް ޢަމަލު ކުރޭތޯ؟ ޟިހުރިހާ ސުވާލެއްގެ ޖަވާބްވެސް އިލްޔާސު ދެއްވަންޖެހޭނެ

  27
  5
 3. ސިޔާސީ

  ވީހާވެސްގިނަމީހުން ދަރުސްއަޑުއައްސަވާ ނުވަތަ ބެއްލެވުމަކީ މިޕާޓީގެވަރައްބޮޑު އެދުމެއް ކިހިނެއްތޯ ތިދަރުސް އަޑުއަހާ ނުވަތަބަލާނީ ތިބޭފުޅުން މިއަދުކިޔާނީ އެހެންއެއްޗެއް މާދަމާކިޔާނީއެހެންއެއްޗެއް މިހާރު ތިޔަޕާޓީގަ ތިއްބެވީ ދީނީ ޝޭޚުންހެންހިޔެއްނުވޭ ހީވަނީތިޔަޕާޓީގަތިއްބެވީ ސިޔާސީ ޝޭޚުންހެން

  26
  3
 4. ޢިބްރާހިމް

  2 އަނގައިން ވާހަކަ ދައްކާ މީހެއް ތީ

  21
  1
 5. ޖެޓްބެ

  އަދާލަތުގެ ރައީސްއަށް އިގޭބާ އަހަރެމެންގެ ނަބިއްޔާ

  24
  2
 6. އާމިނަ

  ޝޭޚުގެ ޝޭޚް ކަމާމެދު ސުވާލު އުފެދޭ !
  ކިހިނެއް ޤަބޫލުކުރާނީ ޝޭޚުގެ ވާހަކަތައް ދުޢާދެއްވާފައޭ ވެސް ވިދާޅުވި. އެކަމަކު ރައީސް މީހާއަށް ނަބިއްޔާއަށް ފުރައްސާރަ ކުރީމަ ވެސް މާބޮޑުކަމަކަށް ނުވި. ކޮންގޮތަކަށް ބައްލަވާފަތޯ އެހެން ވިދާޅުވީ. ސާފުކޮއްދެއްވައްޗޭ ޖަލްސާގައި.
  ނަމުން ޞާލިޙު ވީމަތޯ ؟

 7. ާަާަަައަސްލު

  ދެބޯގެރި ދުއްވަން...؟!

 8. ާައަސްލަމް

  ނަބިއްޔާ ހުރިހާ އެންމެންނަށްވެސްއެގެ. މާތްﷲ އިންސާނުންނަށް އެމީހަކުބޭނުންގޮތަކަށް އުޅުމަށް މަގުދަށްވަ. މީވަރަށް ވާހަކަ

 9. އަނގަބެ

  ތިޝޭހު ކަޑައޭ ލާދީނީ ބައެއްކަން ޔަގީންވަަަަަާއިރު އެމީހުން ވެރިކަމަށް ގެންނަން ޝެޭހުވެސް އުޅުނީ އިޚްލާސްތެރިކަން ހަމަނެތީ ބިރަކާނުލާ މަޖާކުރާ ބަޔަކާ ގުޅުނީ ވަރަށްވެސް ދެރަކަމެއް ޝެެެޭހުގެ ވާހަކަޔަަާ އަމަލަކާ ދިމަލެއް ނުވޭ ތިކަހަލަ މީހުންނާހެދި ގައުމު ހަލާކުވީ އެންމެން ޑރ ޝަހީމްގެ ފަހަތައް އެރިނަމަ މާ ސަޅިވިސް