މުޅި ސީރިއާއަކީ ހަނގުރާމަވެރި ތަނެއްގެ ގޮތުގައި ކަނޑައަޅައި، އެގައުމަށް ދިވެހިން ދިއުން މަނާކޮށްފިއެވެ. މިއީ ހަނގުރާމަވެރި ސަރަހައްދު ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް ގެނައި ބަދަލާއެކު ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ކަނޑައެޅުމުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އިތުރު ދެ ޖަމާއަތެއް އިތުރުވެސްކޮށްފައެވެ.
ޓެރަރިޒަމްގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން ހަނގުރާމަވެރި ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅައި އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމް ކުރާ ކަމެކެވެ.
ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ވެސް އެ ގާނޫނުގެ ދަށުން ކުށެކެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކުރިން ރައީސް ކަނޑައެޅުއްވީ 17 ޖަމާއަތެކެވެ. އެ ލިސްޓަށް އިތުރު ކުރި ދެ ޖަމާއަތަކީ ހައިއަތު ތަހްރީރް އަލް ޝާމް އާއި ހުއްރާސް އައް ދީން ކިޔާ ދެ ޖަމާއަތެވެ.
ޓެރަރިޒަމްގެ ގާނޫނު ކުރިން އޮތީ ހަނގުރާމައަށް ދިއުމާއި ބައިވެރިވުން ކުށަކަށް ވާ ގޮތަށެވެ. އެކަމަކު ފަހުން ގާނޫނަށް ގެނައި އިސްލާހުގައި ހިމަނާފައިވަނީ ހަނގުރާމައަށް ދިއުމާއި ބައިވެރިވުމުގެ އިތުރުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފި ނަމަ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށެވެ.
ސަރުކާރުގެ ހުއްދަ ނެތި ދިވެހިން ދިއުން މަނާކުރާ ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި ކަނޑައެޅި ސީިރިއާ އަކީ އެގައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވެ "ޖިހާދު" ކުރުމެގެ ނަމުގައި ގިނަ އަދަދެެއްގެ ދިވެހިން ދާ ތަނެކެވެ. އެ ގައުމަށް ގޮސް ހަނގުރާމައިގައި ދިވެހިންގެ ބައެއް މީހުން ވަނީ މަރުވެފަ އެވެ.
#ބޭން އެމް.ޑީ.އެން.... ހައްދުފަހަނައަޅާފައިވާ އެޖަމާއަތުގެ މީހުން ރާއްޖޭގަ އުޅުންވެސް މަނާކޮށްބަލަ...
ސީރިޔާ ހަނގުރާމަ ނިމުނު ކަން ވަނީ އިއުލާން ކޮށް ފައެވެ.
ބޭން ސަލަފް
ޔާﷲ މިވެރިކަން ނެތިކުރައްވާންދޭ. އާ މީން.
އާމީން
ބޭން ކަލޭ
އަނެއްކާ މައްކާ އާއި މަދީނާ އަށް ދެވޭތޯ ؟؟
ކަލޭމެން ތިޔަ ބުނަނީ ކުކުޅުކާރީބިސްތައް ފުޑާލާށޭއެވެ. ހަމަ ހިލާ އެހެންނަކުން ނުވާނެ އެވެ. ތިޔަ ނަމުން ޞާލިޙު ކަމުން ފާޖިރު ރައީސަކީ އެމް.ޑީ.އެން ގެ ބާނީގެ ޅިޔަނެވެ. ދެން ކިހިނެއްކިތަންމެ އަޑަށްބާރުލާފާ ތިޔަ ގޮވެލިފަތި ގޮވިނަމަވެސް އެހެރަ ބީރު ދެކަންފަތަށް ތިޔަ އަޑު އިވޭނީ؟ މުސްލިމެއްގެ ކާރީ މުސްލިމުން އެބަޖެހޭތަ ބުނަން ރަސޫލާ އަށް ފުރައްސާރަކުރިބަޔަކަށް ޙައްގު އަދަބު ދިނުމަށް؟ މިހިރީ ހައްތާވެސް ސުވާލުތަކެވެ. ޖަވާބެއް ދީބަލަ. ދެންވެސް ކަމެއް ކުރާނަމަ ރޭގަނޑު ދަންވަރު ފަހުބައިގަ ދަމުނަމާދުކޮށް އިޚުލާޞްތެރި ހިތަކާއިގެން ﷲ އަށް ދަންނަވާބަލަ އަވަސްގޮތަކަށް މި ނުލަފާ ބީރު މަންމަނުންގެ ކިބައިން މިގައުމު ސަލާމަތް ކޮށްދެއްވުމަށް އެދި. ހަމަ ކަށަވަރުން އެއީ ދުޢާ އިޖާބަ ކުރަށްވާ އެންމެ ބާރުގަދަ އިލާހެވެ.
އިންޑިޔާ ނުވޭތަ ހަނގުރާމަވެރި ބިމަކަށް.
އަނެއްކާ ފަލަސްޠީނޯ.
ބީ ޖޭ ޕީ ނުހިމެނޭތޯ؟ މޮޑީ ކަޝމީރުގެ މުސލިމުންނށ ކުރާ އަނިޔަަވެރިކަން ކޮބާ؟
ޚަޒާނާ ހުލިކޮށްގެން ކަލޭ ތިކުރާ ދަތުރުތައް ހުއްޓާލަބަލަ. އަހަރުމެން ދާނެ ތަންތަން ބުނަން ކަލެއަކަށް ނޭނގޭނެ. ކަލޭގެ ލާރިއެއް އަހަރުން ބޭނުމެއް ނުކުރަން.
އަސްލު ތިއުޅެނީ އެތަނަށް އެހީވާންދާމީހުންވެސް މަނާކުރަން.
ކަލެމެން ކިތަންމެ ކާފަރުން ދެކެ ލޯބިވިޔަސް އަހަރުމެން މުސްލިމުން ސީރިޔާގަ ތިބި އަހުންނާއި އުހުތުންދެކެ ލޯބިވަން.
އެމރިކާ އެންމެ ބޮޑު ޓެރެރިސްޓް ގައުމު. އެތަނަށް ދިއުން މަނާކޮށްބަލަ!
ދަޅުމަސް ފޮނުވިއްޖެ ދެން... ހުރިހާ ގޮތަކުން މުސްލިމުންނަށް އެހީވުމަށް ހުރަސް އަޅަމުންދަނީ
ލާދީނީ ތަނެއްގެ ގޮތުގައި ދިވެހިރާއްޖެ ކަޑައަޅާފިން
ޖިހާދަށް ދާނަން! ނުހުއްޓުވޭނެ ??