ކުޅުދުއްފުށީގައި ގާއިމުކުރާ ބޮޓަލިންގ ޕްލާންޓް، ފުޅީގައި ފެން ބަންދުކުރާ ކާރުހާނާ، ގެ ވަޒީފާތަކަށް ހުޅުވާލައިފި އެވެ.

އައިލެންޑް ބެވަރެޖަސް މޯލްޑިވްސް(އައިބީއެމް) ކުރި އިއުލާނުގައިވާގޮތުން ކުޅުދުއްފުށީ ފެން ޕްލާންޓަށް 15 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވެ އެވެ.

އެކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޮޕަރޭޝަން އޮފިޝަރަކާއި އެސިސްޓެންޓް ކޮލިޓީ އޮފިޝަރަކާއި ސޭލްސް މާކެޓިންގ އެސިސްޓެންޓަކާއި ސްޓޯރ އެސިސްޓެންޓަކާއި ހަތަރު މެޝިން އޮޕަރޭޓަރުންނާއި އެއް ޑްރައިވަރެއް އަދި 6 ލޭބަރުން ބޭނުންވާކަމަށެވެ. ވަޒީފާގެ މުސާރަގެ ގޮތުގައި 12000ރ ފެށިގެން 5،500ރ ދޭތެރޭގެ މުސާރައެއް ދިނުމަށް ހަމަޖެހިފައިވާއިރު އިތުރު ގަޑީގެ އެލަވަންސްއާއި އަހަރީ ބޯނަސްގެ ހިމެނޭކަމަށް މިއިއުލާނުގައިވެއެވެ.

މިވަޒީފާތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 19 ވަނަ ދުވަހުގެ ހަވީރު 16:30 ގެ ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު