މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެދިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާތީ އެ ޖަމިއްޔާގެ މައްސަލަ ޔޫތު މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓްގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވީނަމަވެސް އެ ރިޕޯޓްގައި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ފުލުހުން މިނިންމީ ރިޕޯޓްގެ މައްސަލަ ހޫނުވިތާ މަހެއްހާ ދުވަސް ފަހުންނެވެ.

އެމްޑީއެން ރިޕޯޓުގައި ދީނަށް ފުރައްސާރަ ކޮށްފައިވާކަމަށް ފުލުހުން ނިންމީ ތިން ދީނީ އިލްމުވެރިޔަކުގެ ބައިވެރިވުމާއި އެކު އެމްޑީއެންގެ ރިޕޯޓް ދިރާސާ ކުރުމަށް ފަހުއެވެ.

އެމްޑީއެން ރިޕޯޓުގައި ދީނަށް ފުރައްސާރަ ކޮށްފައިވާކަމަށް ފުލުހުން ޔޫތު މިނިސްޓްރީ އަށް އެންގީ ޖަމިއްޔާތަކުގެ ކަންކަން ބަލަހައްޓާ މިނިސްޓްރީ އަކީ އެއީ ކަމަށް ވާތީއެވެ. ޖަމިއްޔާތައް އުވާލުމުގެ ބާރު ވެސް އެމިނިސްޓްރީ އިން ޤާނޫނުން ލިބެއެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 140 ކައުންސިލަކުން ވަނީ ގޮވާލާފައެވެ. އަދި ދީނީ އިލްމުވެރިންނާއި އާއްމު ރައްޔިތުން ދަނީ އެމްޑީއެން އާއި މެދު ފިޔަވަޅު އަޅައި، އެޖަމިއްޔާގެ ވެރިންނާއި، ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވި މީހުންނަށް އަދަބު ދިނުމަށް ގޮވާލަމުންނެވެ.

އެމްޑީއެންގެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދިޔަ ނަމަވެސް އަދި މިހާތަނަށް އެމްޑީއެންގެ އެއްވެސް މެންބަރަކާއި ފުލުހުން ސުވާލު ކޮށްފައެއް ނުވެއެވެ. އެމްޑީއެންގެ ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވި މީހުން މިހާރު ތިބީ ރާއްޖެ އިން ބޭރުގައި ކަމަށް ވެއެވެ.

އެމްޑީއެން އަށް ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. علي وحيد

  ماشاألله ، ފުލުހުންނޭ މި ވެރިކަން އަވަހަށް ނިންމަމާހިނގާ އެކަމަކު قانوني އިމުގެތެރެއިން

  102
  6
  • ދދދދދދ

   ހާދަ ގަޅި ބައެކޭ. އެ ރިޕޯޓެއް ކިޔާލި ކޮން މެ މީހަކަށް އެއީ ދީނާ ޚިލާފު އެއްޗެއްކަން ވަގުތުން އެނގުނު. މިފަކީރުންނަށް އެކަން އެނގޭވަރުވީ މަސް ދުވަހުން. ގެއަށް ކަނޑާލާ. ތިވަރު މީހުން ތިކަހަލަ ތަންތާ ތިބޭކަށް ނުވާނެ.

   21
 2. ޑަމޫހު

  ތަޙްޤީޤް ކުރަން ޖާގައެއް ނެތް. އެކަން ހިންދޭތޯ މަދައްކަތް ކުރީ. ޢިސްލާމިކް މިނިސްޓްރީން އެކަމާ ގުޅުގެން ބޭއްވި ނިއުސް ކޮންފަރެންސް ގަ ބުނއފައޮތީ ވަރަށް ރަގަޚަށް. ދެން ކޮން ދިރާސާއެއް ފުލުހުން ކުރާކަށް.

  87
  4
  • ޒަކް

   އެކަމު ބޯގަންވިލާގެ ކަޅު ވިލާތަކަށް އިސްލާމިކް މިނިސްޓްރީ ވަނީ ފިތުނަ އުފައްދާ ބޭކާރުތަނަކަށް.. ބޯގަންވިލާގެ ކަޅު ވިލާތަކުގެ އަނދިރިކަމުން މިސަރުކާރަށް ސަލާމަތް ނުވެވިގެން އުޅޭތަން ފެންނާތީ ހިތާމަކުރަން.. ދެރައީ މިވަރުންވެސް އެއްޗެއް ނުވިސްނޭތީ..

   11
 3. ރީލޯޑުވަޒީރު

  ޖަމާއަތުގެ ނަމަކީ ކޮބާ ީ ީ ީ. ކިތަންމެ ޖަމާއަތެއް ހެދިތަސް އަހަރުންނަށް ހެޔޮ ދީނާ ފާޅުގަ ނުބެހޭތި. މުންކަރާތެއް ފާޅުވެއްޖެނަމަ މަނާކުރުމަށް މަސައްކަތް ކުރުން މުސްލިމުންނަށް ވާޖިބު. ދެންވެސް އެފަދަ ކަމެއް ފާޅުގަ ކޮށްފިއްޔާ ލާހިކެއް ނޫން އަމަށުން ތިބޭކަށް. ކިތަންމެ ގުއި ނުދޮންނަ ވޮޗް ގްރޫޕަކުން ބިރު ދެއްކިޔަސް އަހަރުމެނެއް ބިރެއްނުގަންނާނެ

  60
  2
 4. ސަނާމް

  އަދި ކިރިޔާ އެއްކަލަ ޕެރޭޑު ޖަހަން ތިބޭ ގޮލާއިންނައް އޭތީގަ ދީނައް ފުރައަސާރަކޮއްފަ އިންކަން އެނގުނީ. ސުކޫލުތަކުގަ ކިޔަވަން އުޅޭ ތުއްތުކުދީންވެސް ތިޔައްވުރެ އަވަހައް ތިކަން ދެނެގަނެފި. ދެބޯގެރި ދުއްވެތޯ ބަލާ އަދިވެސް.

  69
  3
 5. ބުރޯ

  ރިޕޯޓް ތައްޔާރު ކުރި ނަސީދު އަދިވެސް ހުރީ ރާއްޖޭގަ ދޯ އިބޫއަށް ގޮވާލާ ބުނަން ނަސީދު ހައްޔަރު ކުރޭ އަދި ސަރީައތް ކޮށް ދީނުގައި ކަނޑައެޅިފައިވާ އަދަބު ނަސީދަށް ދީގެން ނިންމަ ނަސީދު ޖަލުގާ ހައްޔަރުކުރޭ

  64
  3
 6. މޮޔަބެ

  ލޮބްވެތި ހިތްވަރުގަދަ ފުލުހުންނާއި ސިފައިންނޭވެ. ވަޒީފާ އެއް ލިބިދާނެއެވެ. ނަމަވެސް އަމިއްލަ ބަފުސަށްވުރެ ބޮޑަށް ލޯބިވާ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ސއލވ އަށް ފުރައްސާރަކޮށް މަލާމާތްކޮށް ހަޖޫޖެހީމަ ތިބޭފުޅުންގެ ލޭކެކެންޖެހޭނެކަމަށް ވެރިން ޤަބޫލްކުރަންޖެހޭނެ... ޤައުމާއި ދީން ހިމާޔަތްކުރެއްވުމީ ތިބޭފުޅުންގެ އެންމެ މަތީވާޖިބް... ބިރު ނުގަނޭ ﷲ ސބވތ ދެކެ ބިރުގަނޭ.......

  53
  4
 7. އަލީ

  ކުއްވެރިވާބަޔަކަށް އަވަހަށް ފިޔަވަޅު އަޅުއްވާ.

  48
  3
 8. ހަމަހަމަ

  ދެން ބެލާފަ ގޮތް ނިންމި އި ރު އެކަމަގަ އުޅޭ ކިތައް މީހުން ރާއްޖޭގަ އެބަ ތިބިތަ ؟

  ޕޮލިސް ގައި، ކޯޓު ގައި، އަދި ރައީސް އޮފީހުގައި ަ 3 މީހުން އެބަ ތިބި.

  ދެން ޖެހޭނެ އަދި އެމީހުން ދިފާއުކު ރި މީހުންނަށްވެސް ފިޔަވަޅު އަޅަން.

  41
  1
 9. އާދިލް

  ތަހުޤީޤަށް ތިޔަކަން ފާހަގަ ވުމުން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތުގެ ސަމާލުކަމަށްގެންނާކަށް ފަސްކުރަން ޖެހިވަޑައި ގަންނަވާކަށް ނުޖެހޭނެއެވެ. ތިޔަ ބޭފުޅުންގެ ތަހުޤީޤަށް އެކަން ފާހަގަ ކުރެވޭ ހިސާބުން ވަގުތުން ވަގުތަށް އެޖަމިއްޔާ އުވާލަން ޖެހޭނެއެވެ. އިންސާނުން ކެއުމަށް އެކަށީގެންނުވާ ޒާތުގެ ކާނާ ވިއްކާތަނެއް ނަމަ އެ ހޮޓާ ވަގުތުން ބަންދު ކުރެއެވެ. އަދި ހުއްދަވެސް ބާތިލް ކުރާ ފަހަރު ވެސް އާދޭ ނޫންތޯ! އެމްޑީއެން އިން ނެރުނު ރިޕޯޓަކީ ތިޔަ ހީފުޅު ކުރައްވާ ހާ ކުޑަ ކަމެއް ނޫންކަމުގައި ދަންނަވަމެވެ. އެއީ ހުސްއެކަނި ދިވެހިންގެ އެކަނި މައްސަލައެއް ނޫނެވެ. އެއީ މުޅި އިސްލާމީ އުންމަތުގެ މުސްލިމުންނާއި ވެސް ބެހެވޭނެ، ބެހޭނެ މައްސަލައެކެވެ. އެމްޑީއެން އިން ފުރައްސާރަކޮށްފައި ވަނީ މުޅި މި އިސްލާމީ އުންމަތުގެ ނަބިއްޔާއަަށެވެ.

 10. ހޯރަފުށި މުޙައްމަދު ބެ

  މިހާރު ފުލުހުންގެ މުވައްޒަފުންނަށް ސޯޝިއަލް މީޑިއާގަ "ބޭން އެމް.ޑީ.އެން" ހޭޝް ޓެގް ބޭނުން ކުރެވޭނެ ބާ؟

  8
  1
 11. Anonymous

  ޢެމްސީ ހަމީދު ހައްޔަރު ކުރަން ޖެހޭނެ

  11
  1
 12. މުކި

  ތި ރިޕޯރޓު ދިރާސާ ކޮއްފަ އެވަނީ މަސްލަހަތު ހިމެނޭ ބަޔަކު. ތިދިރާސާގައި ކޮރަޕްޝަން ހިމެނޭނެ. 3 ދީނީ އިލްމުވެރިޔަކު ހިމަނައިގެން ދިރާސާކުރުމުން، ރިޕޯރޓްގެ ދިރާސާ ވަކިއަރަކައްޖެހި ދިރާސާގެ މައްޗަސް ދީނީ އިލްމުވެރިންގެ ނުފޫޒު ފޯރާނެކަން ކަށަވަރު. ތިތަހުޤީގު ހިންގަންވާނީ މިނިވަން ފިކުރުގެބަޔަކު

 13. ބޮނބިމަކުނު

  މިހާރު ތިވީގޮގުން ދެން ފުލުހުން ވައްކަން ކޮއްފައި އޮތް ކަން އެނގުނީމާ މައްސަލަ ކޯޓަށް ގޮނުވާގޮަށް ނިންމީތޯ

 14. އަޙްމަދު

  ﷲގެ ކުޅަދުން ވަންތަކަމާއެވެ. އުއްމީދު ކުރަނީ އެކަންކުރި ނުބައި ނުލަފާ ޖައްބާރުންނަށް ސަރުކާރުން ދެމުންދާ ބޮޑު މުސާރަ ކަނޑާލާ އެމީހުންނަށް ޙައްގު އަދަބުދޭނެކަމަށް!

  13
 15. ޖާއްބެ

  މިގެންވެ ދޯ ސަލާމަތީ ބާރުތަކުގައި ހަރުކަށި މީހުން ތިބިކަމަށް ނަޝީދު ގޮވަން އެފެށީ

 16. ޭއެހެހެ

  އެންމެފަހުން މި ނިމުނީ ރިޕޯޓް ދީނަށް ފުރައްސާރަ ކުރިކަމަށް އަދި ކުއްވެރިވަނީ ޖަމިއްޔާގެ ރެޖިސްޓްރޭޝަން....އެކަމުގައި އުޅުނު މީހުން އެއީ ހުދުފޮތި.

 17. ހަޒާންދާރު

  ދީ ން ހި މާޔަތް ކުރަ ން ވައުދުވެގެ ންތިބެ އެކަން ނުކޮއް ޔުނިފޯ މުލައިގެން ތިބެ ޕެރޭޑުޖަހާ ފީޗާފިލް މުހަދާ ގުރޫޕު މިކިޔަނީ ކީކޭތަ އަޅެފަހެ.

 18. ސަނާމަ

  މިހާ ސުލޯ ބަޔަކައް.. ގައުމައް އެހެންބަޔަކު މިސޭލު ހަމަލާއެއް ދިނީމަވެސް ހަމަލާދިންކަން އެނގޭނީ މަހެއް ވާފަހުންތާ.. ދެން އެވެސް ދިރާސާކޮއްފަ ނޫހުގަ ހަމަލެއެއް ދިންކަން އެނގިއްޖެތޭ ކިޔާފަ ރިޕޯޓެއް ނެރެފަ ބޮޑު ގެރި ވެއްޓިގެން ކުރި ކަހަލަ ސައްލާ ކުރަންތިބޭނީ.. މިހާރު ދެން ގައުމެއް ނެތްހެން ހީވަނީ..

 19. ހައިރާްވެއްޖެ

  ފޮރެންސިކް ހެކި ވެސް ހޯދިތަ ؟ ޕެންޑްރައިވެސް ފެނުނީތަ؟ ޕޮލިހުން ވެސް މިހާރު ހާދަމޮޅޭދޯ ؟ އެހާސިއްރުން ލިޔުނީމާވެސް ޕޮލިހުންނަކަށް ސިއްރެއް ނުވިއެއްނު. ނޫނޭ ނޫނޭ ނީނޭ ނޫނޫނޭ ޕޮޕޮޕޮޕޮލިލިލިހުހުހުން ގަދަ!