ފުވައްމުލަކު މަގު ހަދާ ޔުނިޓްގައި މަސައްކަތް ކުރި 29 މުވައްޒަފެއްގެ ކޮންޓްކެޓް މިއަދުގެ ނިޔަލަށް ހަމަވިއިރު ވެސް ކޮންޓެކްޓް އިތުރުކޮށް ނުދީ، އެމުވައްޒަފުންނަށް އިތުރު އެއްވެސް އެއްޗެއް ނާންގާ މަގުމަތި ކޮށްލައިފިއެވެ.

ކުރިން ރޯޑް ކޯޕަރޭޝަންގައި މަސައްކަތް ކުރި މުވައްޒަފުން ވަޒީފާގައި ގެންގުޅެމުން ދިޔައީ ކުންފުނި އުވާލުމުން ކޮންޓެކްޓް އުސޫލުންނެވެ. އެމުވައްޒަފުން މަސައްކަތް ކުރަމުން ގެންދިޔައީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާގެ މުވައްޒަފުންގެ ގޮތުގައެވެ.

ކޮންޓެކްޓް ހަމަވުމުން މިއަދު ވަޒީފާ ގެއްލުނު ފުވައްމުލަކު މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މުވައްޒަފުންގެ ކޮންޓެކްޓް އާކޮށް ނުދިނީ މަޖިލިސް މެންބަރު ބޭނުންވާ މީހުންނަށް ވަޒީފާ ދިނުމަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ފުވައްމުލަކުގެ މަގުތައް ހަދާ ޔުނިޓްގައި ތިބި އެންމެންގެ ވަޒީފާ ގެއްލުވާލާފައި މަޖިލިސް މެންބަރުން ބޭނުންވާ، އެބޭފުޅުންގެ ސަޕޯޓަރުންނަށް ވަޒީފާ ދިނުމަށް ކުރިކަމެއް މިއީ. އެމައުލޫމާތު ވަނީ ލިބިފައި. އަޅުގަނޑުމެން ސިޔާސީ ކަންކަމުގައި ނޫޅޭ މީހުންނަށް މިފަދަ ސިޔާސީ ފިޔަވަޅުތަކާއި ކުރިމަތިލަން ޖެހުމަކީ ވަރަށް ހިތާމަހުރި ކަމެއް." އޭނާ ބުންޏެވެ.

ވަޒީފާ ގެއްލުނު އިތުރު މުވައްޒަފަކު ބުނީ އެމީހުންގެ ވަޒީފާ ގެއްލޭނެ ކަމާއި ދެން މަގު ހަދާ ޔުނިޓަށް އަންނާނީ މުޅިން ވެސް އެމްޑީޕީގެ މެންބަރު ކަމަށް މީގެ ކުރިން ފުވައްމުލަކުގެ އެމްޑީޕީ ސީނިއާ ބޭފުޅުން އެތައް ފަހަރަކު ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަޤުޞަދަކަށްޓަކައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމުގެ ވައުދު އެތައް ފަހަރަކު ވެވަޑައިގެންނެވުމަށް ފަހު އެވެ. ނަމަވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑޮކުޓަރު

    ކޮންޓުރެކުޓުގެ މުއްދަތު ހަމަވުމުން ވަޒީފާއިން ވަކިވާނެކަން މުވައްޒަފައް ސޮއިކުރި އިރުވެސް އެންގޭނެ.

    13
    25
  2. ޖަރުމަނު

    Vazeefaage Biru Nudhahkaane kamah bune aa Sarukaarun Vanee ethah Baehge Hahgah araaganefa. Ethah Bayaku Vanee Vazeefaa in Vaki Kohfa. Meetho Ogaatheri Sarukaarakee! #IbuSarkaarIsthiufaa

    15
    1
  3. މޯޑު

    މި އަނިޔާވެރި ސަރުކާރުގެ ފަރާތުން އަޅަމެން މިންޖު ކޮށްދެއްވާންދޭ

    30
    2
  4. މުހައްމަ އަލީ

    ކޮންޓުރެކްޓް ހެދީ ކިހިނެތް އިރުއިރު ކޮޅުން ކޮންޓުރެކްޓް އާކުރަމުން ގެންދިޔައީ ކޮބައިތަ އެމީހުން ކުރިން ތިބި ކުންފުނި ހަމަ ބޭރު ކޮއްލަން ވެގެން އެހެން ހެދީވެސް ކިހާ ދުވަހެއްވަންދެން ހިދުމަތް ކުރި ބައެއް އެއީ ހަމަ ނަގާ އުކާލީ އެއްވެސް ވިސްނުމެއް ފިކުރެއް ނެތި ކިތައް އާއިލާ ބިކަ އެ ކޮށްލީ އޯގާތެރިވަރު އެދަނީ ފެނިގެން ޔާމީނު ސަރުކާރުގަވެސް އެތަނުގައި އެމްޑީޕީ މީހުން ތިބި ތިޔަ ގޮތަކަށް ކަންތަކެއް ނުކުރޭ މީދެން ބޮޑުވަރު ސީދާ އަނިޔާވެރިކަން....

    7
    1
  5. އަޙްމަދު

    އެޖެންޑާ 19 ވަރަށް ތަފާތުވާނެ. ކެއްކޮށްލާ ފަހުން ރަނގަޅުވާނެ!

    11
  6. ހެއްދޭ

    ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަޤުޞަދަކަށްޓަކައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމުގެ ވައުދު އެތައް ފަހަރަކު ވެވަޑައިގެންނެވުމަށް ފަހު އެވެ. ނަމަވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. ކޮބާ މިސަރުކާރު ގެންނަން ވޯޓުދިން ގުނބޯލިތައް؟

  7. ވަޒީފާގެ ބިރު

    މިސަރުކާރަށް ވޯޓުދިން މީހުންނަށް މިހާރު އޯކޭވީދޯ.

  8. ޝާހް، ރ.ވާދޫ

    ރީންދޫ މުނާފިގުންގެ ދަޅަޔަށް ހެއްލޭތި އަދިވެސް. ވަޒީފާ ނުގެއްލޭނެ ވައުދު ވިއްކައިގެން ވޯޓުހޯދައިގެން މިކުރަނީ ކޮންކަމެއް؟