ހަނިމާދޫ ގައި ހުންނަ މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ބަރަހަނާ މަންޒަރުތަކެއް ސިއްރުން ވީޑިއޯކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނިމާދޫގައި ހުންނަ މެޓް އޮފީހުގައި މުވައްޒަފުން އަރާމު ކުރުމަށާއި، ހެދުން ބަދަލު ކުރުމަށް ބޭނުން ކުރާ ކޮޓަރިއެއްގައި ސްޕްއި ކެމެރާއެއް ހަރުކޮށްގެން މުވައްޒަފުންގެ ވީޑިއޯތަކެއް ވަނީ ނަގާފައެވެ. އެ ކޮޓަރިއަކީ އޮފީސް އިމާރާތުގެ އެތެރޭގައި ހުންނަ ކޮޓަރިއެކެވެ.

"އަންހެން މުވައްޒަފަކު ހެދުން ބަދަލު ކޮށްލުމަށް ރޫމަށް ވަދެފައި ކުޑަދޮރުގެ ފޮތިގަނޑު ރަނގަޅު ކޮށްލަން އުޅެނިކޮށް ފެނުނީ ކުޑަކުޑަ ކެމެރާއެއް ހަރުކޮށްފައި އިންދާ. އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ގެންދަނީ މައްސަލަ ތަޙްޤީޤު ކުރަމުން." މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ހަނިމާދޫގައި ހުންނަ މެޓް އޮފީހުގައި ތިން އަންހެން މުވައްޒަފަކާއި ހައެއްކަ ފިރިހެން މުވައްޒަފުން މަސައްކަތް ކުރާކަމަށް ވެއެވެ. އެ އިމާރާތަކީ ހަމައެކަނި މެޓް އޮފީހުގެ މުވައްޒަފުން ބޭނުން ކުރާ އިމާރާތެކެވެ.

"ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކޮންމެވެސް މުވައްޒަފަކު ކުރި ކަމެއް ކަމަށް. ކޯޓު އަމުރެއްގެ ދަށުން ފުލުން އޮފީހަށް ވަދެ ބައެއް ތަކެތި ފާސްކޮށްފައިވާ ކަމަށް ވަނީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

ސިއްރުން ކެމެރާ ހަރުކޮށްގެން މުވައްޒަފުންގެ ބަރަހަނާ ވީޑިއޯ ނެގި މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް މިފަދަ ކުދިކުދި ކެމެރާތައް ހަރުކޮށްގެން މީހުންގެ ލަދުވެތި މަންޒަރުތައް ވީޑިއޯ ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ނަމަވެސް އެއްވެސް ގައުމެއްގެ ސަރުކާރު އިދާރާއެއްގެ މުވައްޒަފުން މިފަދަ ހަޑިހުތުރު އަމަލެއް ހިންގިކަން މީގެ ކުރިން އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަނަސް

    ރާއްޖެ އެތިފަހަރުން މާ ހަޔާތް ކުޑައީ

    109
    4
  2. ވަހީދު

    ވިއްސާރަ ދުވަސްކޮޅެއްވީމަ ކުރިއަށް މޫސުން ލަފާ ކުރުމަށް އިތުރު ދިމަދިމާގައި ކެމެރާ ހަރުކުރަންވާނެ.

    80
    47
    • ހައްހައް

      އަންހެން މުވައްޒަފުންގެ ހަށިގަނޑުގެ ފިނި ހޫނުމިން ބެލުމަށް ހެން ހީވަނީ. އެއީ މޫސުމީ އިދާ ރާއެއް ވީމަ ހު ރެދާނެ އެކަހަލަ ޑިވައިސް ތަކެއް

      87
      32
  3. ޔާ

    ޖާހިލްކަމުން ގޮސް ހައްދު ފަހަނައަޅާފަ!
    މީ ދިވެހި ފިރިހެންވެރިންގެ ހާލަތު!

    48
    7
    • ކެެކެކެ

      ދެން ބޭރު މީހަކާ އިނދޭ.

      8
      2
  4. މާމިގިލީ މީހާ

    ތި ވާނީ ކޮޓަރި ތެރޭގެ މޫސުން ބަލާން ހަރުކޮއްފަ އިން ކެމެރާއެކައް.

    30
    6
  5. ސާދާ

    ހަގީގަތގައިވެސް އަންހެނުންނަށް އޮފީސްތަކުގައި ބޮޑެތި ފުރައްސާރަކުރޭ. ޢަދި ދީނަށް ފުރައްސާރަ ކުރުާ ގޮތަށް މިހާރު މިކަން އާއްމު ކަމަކަށްވެއްޖެ.
    ކުޅުދުއްފުށީ ދިރާގުގައި މީގެ އަހަރުތަކެއް ކުރިން އޮފީސް މާހައުލުގައި ހިނގަން ނުޖެހޭ ކަންކަން ހިނގުމުން ބައެއް އިސް މުވަޒަފުން ވަޒީފާ އެހެން ތަންތަނަށް ބަދަލު ކުރި . ނަމަވެސް ފެނަކައިގެ މުވައްޒަފުންނަށް ކުރާ ގޯނާ ހުށަހަޅައިގެން ހައްލެއް އަދިވެސް ނުލިބޭ.

    37
    3
  6. މެޓް

    މިއީވ ޢިންތިހާއަށް މިނިވަންކަންދިނީމަވަމުންދާގޮތް

    27
    2
  7. ޖާޒީރާ ބޯއީ

    ތިޔަކަހަލަގެ އުކުޅުތަށް އޮފީސްތަކުގަ ވަރަށް ގިނަވާނެ، ތިވާނީ އެކުދިން އުޅޭނޫޅޭގޮތް މޮނީޓާރ ކުރުމަށް ކުރި ކަމަކަށް. އޮފާހަށް ދާގޮތަށްގޮސް ހެދުންބޭލުމާއި އަރާމްކޮށްލާން ނިދާލުމާއި މިހުރިހާކަމެއް ހިގާތަންތާގައި ދެން ބާކީ ހުރި ކަންކަންވެސް ހުންނާނީ ހިންގާފަ، އެހެންވެ ބޮޑުމަސް ބާނަން ޖަހާފައިހުރި ލޭނަކަށް ވާނީތި.

    27
    4
  8. ޕޮގުބާ

    ހަނިމާދޫ މެޓް އޮފީހުގެ. ހު ރިހާ މުއަށްޒަފުން ވަޒީފާއިން ވަކިކު ރަންވީ ތީ ރާއްޖޭގަ މިކަހަލަކަމެއް ހިނގި ފު ރަތަމަ ފަހަ ރު ސަ ރުކާ ރުގެ. މުއަށްޒަފުންގެ. މެދުގަ. އެހެންވީމަ ހަ ރުކަށި ފިޔަވަޅު އަޅައިގެން ރަގަޅު ފެށުމަކުން ފަށަންވާނެ އެހެންނޫނީ ތިކަންތަށް އާންމުވެދާނެ.

    26
    1
  9. ކޮޅިގަނޑު

    އިންޑިޔާ ކަނޑުގައި އުފެދިފައި ހުރި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވަނީ..ރާއްޖޭގެ އުތުރަށް ތިޔަ އަސަރުކުރަންފެށީ

    24
    2
  10. އަފީ

    ތީ ހަމަ އެޖެންޑާ 19 ގައި އޮތްގޮތް

    30
    8
  11. އަޙްމަދު

    އެޖެންޑާ 19 ވަރަށް ތަފާތުވާނެ!

    34
    6
  12. ލޮލް

    ތިޔަ މެޓް އޮފީހުގެ މެނޭޖްމަންޓްގެ ދޯދިޔާކަމުގެ ވާހަކަ ރަގަޅުވާނީ ނުދެއްކީޔާ!
    ކަމެއްކުރަން އެނގޭ ބައެއް ނޫން. މިފަހަރުވާ ބަސްޓް ވެގެން ތިވަރުތިވީވެސް އާއްމު މުވައްޒަފުންގެ މަސައްކަތުން. މެނޭޖްމަންޓް ބުންޏޯ ދެމީހުން ދެމީހުން ވާހަކަ ދައްކާލައިގެން ހައްލުކޮށްލާށޭ. ލޮލް.
    ބޮޑު މުސާރަ ލިބެޔޭ ކަމެއްކުރަން ނޭންގުނަސް.

    23
    3
  13. ޙެޔޮ ރުޅި އަޔަސް

    ތިކަން ކުރީ ކެމެރާ ޢެތަނުން ނެގި މީހާ....

    13
    5
  14. ހަސީން

    މިއީ މުޅި ހަނިމާދޫ ސިއްސުވާލި ނުބައި އަމަލެއް. ކުއްވެރިޔާ ( ސަސްޕެކްޓް) އަދިވެސް ހަމަޖެހިލާފަ ޑިއުޓީގަ މީ ނުރައްކާތެރި ކަމެއް. އަވަހަށް ފިޔަވަޅުއަޅާ. ތީ އެއްވަނަދަރަޖައިގެ ބޮޑު ކުށެއް.

    11
  15. ހެޔޮރުޔަސް

    ތިކަންކުރީ ޔޫއްޓ ހިތިރަހަ މިހާރު ތިފެންނަނީ

  16. ޔުސެ

    މީ ބޮޑުޖަރީމާއެއް ކުރިމީހާ އެންމެންނަށް އެނގޭ. ޑިއުޓީގަ އެކަނި އިނދެގެން ކޮއްލިކަންތަށް މީ

  17. ޖައްލޭ

    ކުއްކުރިމީހާ ގެ ގާތްވީމާ އޭނާ ކުށުން ބަރީއަ ކުރަންނޫޅޭ. މިމައްސަލައިގައި ކުއްކުރިމީހާ ވަރަށް ސާފުކޮށް ފެންނަން އެބޮތް އެކަނި ޑިއުޓީގައި ހުރެގެން ކޮއްފަ އިންކަމެއް މީ. އަދި ޖެހިގެން އައި ޑިއުޓީއަށް އައިސް ހެކިފޮރުވަން ކޮއްފަ ހުރިމަސައްކަތުން އެކަން އިތުރަށް ސާބިތުވޭ. އަދިވެސް ހޭއަރަންވީ އާއްމުން. މަޑުންހުންނަ ކޮންމެ މީހަކީ ރަނގަޅުމީހެއްނޫން.

  18. އަދުގެ ރާއްޖެ

    މިހާރު މި ރާއްޖެ އެކޭ އެހެންގގައުމުތަކޭ ކޮބާ ތަފާތެއް؟
    މިހާރު ރާއްޖޭގައި އާ ކަމެއް ކުރަން ވަރަށް އުނދަގޫ ވާނެ
    ??

    1
    1