15 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ކިސް ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ މެދުރާއްޖެ ތެރޭގެ ރަށަކުންނެވެ. އެރަށުގެ މައުލޫމާތު "ވަގުތު" އަށް ލިބިފައިވީނަމަވެސް ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ ރަށުގެ މައުލޫމާތު ހާމަނުކުރަން ވަނީ ނިންމާފައެވެ.
ކުޑަކުއްޖާ އާއި ގަދަކަމުން ކިސް ކުރަން އުޅުމުން ހައްޔަރު ކުރީ ބިދޭސީއެކެވެ.
އޭނާ އަންހެން ކުއްޖާ އާއި ކިސް ކުރަން އުޅުނީ މިއަދު ހެނދުނު 11:30 ހާއިރު ފިހާރައެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.
އެމަންޒަރު ފެނުނު މީހަކު ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރުމުން ފުލުހުން ވަނީ ބިދޭސީ މީހާ ހައްޔަރު ކޮށްފައެވެ.
ފަހަކަށް އައިސް ކުޑަކުދިންނަސް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.
ފާއިތުވި ސެޕްޓެމްބަރ މަހު ވެސް ޖިންސީ ހާނީއްކައިގެ 24 މައްސަލަ އާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ ތިން މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅުނެވެ.
ތިވާނީ މިއުޅޭ ލާދީނީ ކުދިންކޮޅުގެ ކަމަކަށް.
އެވަރު ކަ މެއް ވެދާނެ. މިހާރުގެ އަންހެން ކުދިންގެ ތުންފަތް ހުންނާނީ ނިކަން ސަ މާލު ކަ މަށް ގެނެސްފަ ވިއްޔާ..
ހިމާޔަތް ދިނީ އެވެ.