ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޗީފް ސްޕޯކްސް ޕާސަންގެ މަގާމަށް ހީނާ ވަލީދު އައްޔަންކޮށްފިއެވެ.

ހީނާ އެ މަގާމަށް އައްޔަން ކޮށްފައި ވަަނީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ހީނާ އެ މަގާމަށް އައްޔަން ކުރިއިރު، ކުރިން އެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފްއެވެ. އޭނާ ވަނީ އެ ޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންފައެވެ.

https://twitter.com/ppm_progressive/status/1189953161219297280?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1189953161219297280&ref_url=https%3A%2F%2Ffeshun.com%2Fnews%2F39001%2F

ކުރިން ހީނާ ހުންނެވީ ޕީއެންސީގެ ސްޕޯކްސް ޕާސަން ކަމުގެ މަގާމުގައެވެ.

ހީނާއަކީ ނޫސްވެރިކަމުގެ ދާއިރާއިން މަޝްހޫރުވި މޫނެކެވެ. އޭނާ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ދިއްގަރު ދާއިރާއަށް ކުރިމަތިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖޫލިޔާނީނޭ

    ވަރަށް ރަގަޅު ނިންމުމެއް މަރްޙަބާ ހީނާ

    26
    5
  2. އާމިނަ

    މަރްޙަބާ ހީނާދައްތާ.
    ފިސާރި ހިންގާލަންވާނެ. ދޫހެލޭ ފިސާރި ކަނބަލެއްތީ. ޤައުމު މިދަނީ ނޭވާހޮޅިއަށް އެޅެމުން
    ދުޢާދެއްވާފަ ތިބޭމީހުންނަކަށް މިޤައުމުގައި އޮންނަ ދީންވެސް އޮޅިއްޖެ ކަހަލަ. ދީނަށް ފުރައްސާރަ ކުރާ ބަޔަކު ގެ ދެންހުރި ޢަމަލުތައް ހުންނާނީ ކިހާ ހިސާބެއްގައި ކަން ވަޒަން ކޮށްލަން ވެސް ދަތި. މިވަބާއިން ސަލާމަތް ވާން އެބަޖެހޭ މިޤަމުގެ ދީނަށްޓަކައި ވެސް. ތައްޔާރަށް މިތިބީ ނުކުންނަށް ޖެހިއްޖެއްޔާ ހަމަ އަންގާލާހާވާނީ
    ދީނާ ޤައުމު ހިމާޔަތް ކުރުމަކީ ފަރުދީ ވާޖިބެއް

    32
    5
  3. ރަތްގަލަން

    މަ ރުޙަބާ.

    20
    4
  4. ބަރުލަމާނީ

    ތިޔައީ އެމަންޖެގެ ދާއިރާއިން ދެވުނު މަގާމެއް، ދެރައީ ސަރުކާރާއި ހަވާލްވާހިސާބުން ބޮޑެތި މަގާމުތަކަށް ފުންމައިން އަރަންވެގެން ތެޅިގަންނާތީވެ.

    11
    7
  5. ކކކކ

    މިހެން އޮރިޔާމާ އުޅޭ އަންހެނުންނަށް އެންމެ ދަންނަކަމަށް ވާނީ. ޙުރިހާ ޕާޓީތަކެއްގެވެސް ހާލު. ދީނޭ ކިޔާފަ އަނގަ ހުޅުވާނެ ތައްމިނަށް

    33
    38
  6. ހީނާފަތް

    މުޅިންވެސް މިކަހަލަ އަޢުރަ ނިވާކޮށްގެން އުޅޭ ދީނީ ކަނބަލުން އުޅޭނީ ޕީޕީއެމްގަ

    7
    16
  7. ރަންގޮމާ

    ފޫނެއް ތެއްޔަށް ފެންފުރުން ކަހަލަ ކަމެއް ތިއީ މަންޖޭ. އެއްވެސް ކުރި އެރުމެއް ނުލިބޭނެ.

    12
  8. ދަންޑެހިލް

    އިރާދަކުރެއްވިއްޔާ މަގޭ ހީނާ ވާނެ ފިސާރި ކަނބަލަކަށް މަރުޙަބާ ހީނާ