ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާއަށް ދިވެހިން ފޮނުވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ "އަލްޖަޒީރާ" އިން ރާއްޖެ އާއި ބެހޭ ގޮތުން ގެނެސްދިން "101 އީސްޓް" ގެ ހާއްސަ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ސަލާމަތީ ބާރުތަކުގައި ދީނީ ހަރުކަށި ފިކުރު ގެންގުޅޭ މީހުން އެބަތިބި ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން ވަނީ "އަލްޖަޒީރާ" އަށް ދެއްވި އިންޓަވިއުގައި ވެސް ތަކުރާރު ކުރައްވާފައެވެ.

"ސަލާމަތީ ބާރުތަކުގެ އިސް މަގާމުތަކުގައި އެބަތިބި ހަރުކަށި ފިކުރުގެ ސަލަފީން. އެމީހުންނަކީ އިސްލާމްދީނުގެ ވަރަށް ހަރުކަށި ވިސްނުންތައް ގަބޫލުކުރާ ބައެއް. އިމިގްރޭޝަނާއި ކަސްޓަމްސްގައި ވެސް އެފަދަ މީހުން އެބަތިބި. ރާއްޖޭގައި މީހުން ރެކްރޫޓް ކުރަނީ އެމީހުން. މިހާރުވެސް އެމީހުން ރެކްރޫޓް އެޖެންސީތައް ރާއްޖޭގައި ހިންގަމުން އެބަގެންދޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ އަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ސީރިއާ އަށް ގޮސްފައިވާ ގައުމު ކަމަށެވެ. ސީރިއާ އަށް ގޮސްފައި ވަނީ 300 ވަރަކަށް ދިވެހިން ކަމަށް ދިވެހިންގެ ހިސާބުތަކުން ދެއްކި ނަމަވެސް އެއަދަދު 1000 އަށް ވުރެ މަތި ކަމަށް ބައިނަލްއަޤުވާމީ ޖާސޫސީ އިދާރާތަކުން ބުނާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަލްޖަޒީރާ" އާއި ވާހަކަދެއްކި އިންޑިއާގެ ލިޔުންތެރިއެއް ކަމަށްވާ ޑރ.ސުރީޝް ޓެރާ ބުނީ ރާއްޖޭގައި ހައްދުފަހަނައެޅުން އިތުރު ވެގެން ގޮސްފައި ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އަށް ފަހު ކަމަށެވެ. އެކާރިސާ އަށް ފަހު ރާއްޖެ އަށް އެހީވާން ސައުދީ އަރަބިއްޔާގެ ނުފޫޒު އޮންނަ ޖަމިއްޔާތަކުން އައިސް ހަރުކަށި ފިކުރުތައް މީހުންނަށް ވިސްނައިދިން ކަމަށް އޭނާ ބުންޏެވެ.

ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކެޓްރީގެ މަގާމަށް ދާދިފަހުން އައްޔަން ކުރި އަލީ ހާޝިމް ކުރިން ބޭރުގެ މީޑިއާއަކަށް ދީފައިވާ އިންޓަވިއު "އަލްޖަޒީރާ" ގެ ރިޕޯޓްގައި ވެސް ހިމަނާފައި ވެއެވެ. އެއިންޓަވިއު ގައި އަލީ ހާޝިމް ބުނީ ދިނީ އިލްމުވެރިން ތަޤުރީރު ދިނުން ހުއްޓުވަން ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި ސަބަބަކީ އެއީ ސަރުކާރުން ލައިސަންސް ދީފައިވާ ބަޔަކަށް ވުން ކަމަށެވެ.

ޔާމީން ރަޝީދާއި އަހްމަދު ރިލްވާން މަރާލީ ވެސް ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ މީހުން ކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

 1. ކޮނޮއްޓާ

  ރާއްޖެ ތާރީޚް ދުއް އެންމެ ބޮޑު ޓެރަރިސްޓަށް ތާ ތިކަހަލަ ކަންތައްތަށް ރަގަޅަށް އިގޭނީ

  197
  4
  • ބޮޑުޓެރަރިސްޓުކަލޭގެ

   ކަލޭވެސް ތީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މީހެއްތާ. އަޒްލިފް ރައޫފުމެންނަކީ ކަލޭ ފޮނުވި މީހުން. ވާހަކސަ ނުދައްކާ ސޮނިބޭލި. އަދިވެސް ފުޅިތޮޅި ކާންދޭންވީ ކަލެއަށް. ވިހަ އަނގަގަނޑުން ދިވެހިން ސަލާމަތްވާން އެބަޖެހޭ.

   12
   3
 2. އައިސީ

  ހަމަޖެހޭވާހަކަ ދައްކާ މީހެއްނޫން. ބޯގޯސް.

  140
  4
 3. ޙަސަނާ

  މިކަލޭގެ އާ މިކަލޭގެ އައްވާގިވެރިވާ ފަރާތްތަކުގެ ނުފޫޒުން މިގައުމު ސާލާމަތްކުރަން ދިވެހިންނަކައް ދެނެއް އެއްވެސް ފުރުސަތެއްނުލިބޭނެ ދިވެހިރައްޔިތުން ވަނީ މީނާއަކީ ރައްޔިތުންނައް އެންމެ އޯގާތެރި މީހާކަމައް ހީކޮއް މީނާއައްވަރައްބޮޑު ބާރުތަކެއްދީފަ މީނާ އަކީ ރައީސްމީހާޢައްވުރެވެސް މާބާރުގަދަމީހެއް ސަލާމަތީ ބާޜުތަކަކީވެސް މީނާ މާކުރިއްސުރެވެސް ނަފުރަތުކުރާ ތަންތަން އެތާތިބި ހަރުކަށި މީހުނޭ އެބުނާމީހުނަކިީ ވަގުތު ޖެހުމުން ނަމަދައް ދާމީހުންގެ ވާހަކަ ރަސޫލާގެ ސުންނަތޭ ބުނެފިނަމަ އެ ދެން މީނަ މާރުޅިއަންނަ ކަންކަން ފޮޓޯނަޣައިގެން އެކުޓިވިސްޓުން ލައްވާ މީނާ ނަމާދުކުރާތަން ފޭސްބުކައްލައްވާހަދަނީ ރައްޔިތުންލޮލުގަ އަދުން އަޅުވަން.

  168
  2
  • ބޭޅާ

   އޭނަގެ އެކަހަލަ އެކްޓިވިސްޓުން ވ.ގިނަވާނެ ގދ. ތިނަދޫގަ. ފޭސްބުކުގަވެސް ހީވަނީ ދޮޅުރޯނާވެގެން އެހެން .....

   29
 4. ގައުމީދޫ

  ޑިމޮކްރަސީގެ ދޮން ބައްޕަގެ ދެވަނަ މަސައްކަތެއް ނެތެވެ. ލާދީނީ އެޖެންޑާއަށް މުއައްސަސާތަކުން ތަރިޙީބު ނުދޭތީ ، އެތަންތަނަށް ޕްރެޝަރު ބޮޑުކޮށް ، މުޅި ގައުމުގެ ބަދުނާމުކޮށް، ގައުމަށް ފިއްތުންތަށް ކުރިމަތިކޮށް ގައުމުގެ އިސްތިގްލާލު ނަގާލައިގެންވެސް މިގައުމު ލާދީނީ ކުރވޭތޯ މަސައްކަތްކުރަނީ އެވެ.

  149
  3
 5. ދޮބު

  އެތަނަށް މީހުން ފޮނުވަނީ އެމްޑީއެން އަށް ނިސްބަތްވާ މީހުން

  133
  6
  • ޙަސަނު

   އެނގިހުރެ ކޮސްވާހަކަ ނުދައްކާ

   43
   20
 6. އައިން

  މިކަލޭގެ އޭ މިކަލޭގެ އޭ ކިޔައިގެން ވާހަކަ ނުދައްކާ. ތިޔަ ބުނާ މިކަލޭގެ އެ ދައްކަނީ ޙަޤީޤީ ވާހަކަ.

  7
  95
 7. މިނިވަން ފިކުރު

  "ސަލާމަތީ ބާރުތަކުގެ އިސް މަގާމުތަކުގައި އެބަތިބި ހަރުކަށި ފިކުރުގެ ސަލަފީން. އެމީހުންނަކީ އިސްލާމްދީނުގެ ވަރަށް ހަރުކަށި ވިސްނުންތައް ގަބޫލުކުރާ ބައެއް" ނަޝީދު ވިދާޅުވިއެވެ.
  އިސްލާމް ދީނުގަ ނޯންނާނެ ހަރުކަށި ވިސްނުމެއް

  82
  3
 8. އަދާލަތު

  މި ރައީސަށް ސައިކޮލޮޖިކަލް ފަރުވާ ވަރަށް އަވަހަށް ދޭންފެނޭ. މިއަދުގެ ރާއްޖޭގައި، ސިފައިންނާއި ފުލުހުން އެކަހަލަކަމެއްގައި ބައިވެރިއެއްނުވާނެ. ތިޔަ އަޅުވާ އިލްޒާމަކީ، އެއްވެސް ބުރަދަނެއްނެތް އިލްޒާމެއް. ތިޔައީ ސިފައިންނާއި، ފުލުހުންނާމެދު ރައްޔިތުންގެހިތުގައި ނަފްރަތު އުފައްދަން ޙަޤީޤަތާޚިލާފަށް އަޅުވަން އެ ދެމުވައްސަސާޔަށް ކުރައްވާ ތުހުމަތެއް. ތިޔަކަން ކާމިޔާބެއްނުވާނެ.

  55
 9. ކިނބޫ

  ތެދެއް ހަރުކަށި ސަލަފީން ރާއްޖޭގަ އުޅޭ އަދި ލާދީނީ މީހުންވެސް ރާއްޖޭގައުޅޭ. މިދެބައި މިހާރު ބޮޑަށް މިކޯޅެނީ. އަސްލު އެކަމު ދިވެހިންގެ މެޖޯރިޓީއަކީ ޓްރެޑިޝަނަލް ސުންނީ މުސްލިމުން. ޓްރެޑިޝަނަލް ސުންނީ އިސްލާމަށް އޮތް ނުރައްކަލައެއް ހަރުކަށި ސަލަފީ ފިކުރާއި ލާދީނީ ފިކުރު މިދެފިކުރަކީވެސް

  10
  27
 10. އެންދެރި

  ގުރުއާނާއި ސުންނަތުގެ ވާހަކަ އޮތް ގޮތައް ދެއްކީމަ އެބުނަނީ ހަރުކަށި ވާހަކަ އެވެ.

  57
  2
 11. ާައަސްލަމް

  ގާނޫނު ތަންފީޒުކުރާ އިދާރާތަކުގަތިބީ އެމްޑީޕީ މީހުން ކިހިނެއް މިވަނީ

  54
 12. ....

  ?ގައުމާ މަގެ ދީނާ މަގެ އަމްނާ ނުކުޅެއްޗޭ ، ތާރީހު ބަލާ އެނގިތިބެ ގައްދާރު ނުވައްޗޭ...? ތިޔަކަހަލަ ކިތައްމެ ދިވެހިންނެއް ބޭރުގެ މީހުންނާ ގުޅިގެން މި ގައުމުން އަސްލާމްދީން ފޮހެލަން އާ.... ކޮންމެ ފަހަރަކުވެސް މި ގައުމު ސަލާމަތް ކުރަނީވެސް ﷲ ގެ އިރާދަފުޅުން ހަމަ މިބިމައް އުފަން ދިވެހި ދަރިން .... އިންސާﷲ މި ގައުމުން އިސްލާމްދީން ފޮހެނުލެވޭނެ... ﷲއަކުބަރް މި ތަކުބީރު ފަނޑުނުވެ ހުއްނާނެ މިބިމުގާ އިންސާﷲ ❤

  67
 13. ފޮރިން އޭޖެންޓެއް

  ލާދީނީ ނަޝީދު ކަންބޮޑުވަނީ ދިވެހިން ސީރިއާ އަށް ދާތީވެ. ދިވެހިން ޑުރަގުގެ ވަބާގައި ޖެހި ހަލާކުވަމުންދާތީ އެކަމާ ކަންބޮޑުވެގެނެއް ނޫޅޭ.

  58
 14. Anonymous

  ޔަހޫދީ ކަލޭގެ ހަލާކުކުރައްވާށި އާމީން

  65
  • ހަގީގަތް

   އާމީން

   23
 15. ޢަލިއާ

  ތިޔައީ ހެން ހީވަނީ ދިވެހިރާއްޖޭގެ ޓެރަރިސްޓުންގެ މުގުލަކީ.. ގައިމު ހުރިހާ މައުލޫމާތެއް އެއްމެ ފުރިހަމައަށް އިގޭނީ އެތަނެއްގެ ވެރިމީހާއަށް ދޯ!

  48
 16. މާރި

  ދެން ލަހެއްނުވެ މިގައުމުގެ ވެރިކަން އޭނާއާއި ހަވާލުކުރާތަން ފެނިގެންދާނީ! ޢެހެންތާވާނީ ލާދީނީ މީހުން ހަވާލު ކުރާނީ ލާދީނީ މީހަކާ! ފައްޅިވެސް އަޅަން އޭނާގެ ވެރިކަމުގައި އުޅުނު ކަމށްވޭ!ސަލާމަތީ ބާރުގެ މަސްއޫލިއްޔަތު އުތުރު ކަރަޔާ ހަވާލު ކުރާތަންވެސް ފެނިދާނެ!

  34
 17. ކޮރަލް

  ސީރިޔާ.ހަނގުރާމަ ނިމުނު ކަން .ޓްރަމްޕް ވަނީ އިއުލާނު ކޮށްފަ އެވެ.

  23
  2
 18. ހުޅުރާއްޖެ

  ޑރ އަފުރާޝީމް އަވަހާރަކޮށްލި މީހާ މެދުއިރުމައްޗަށް ހަމަ އެރޭ ފުރިކަމަށް ވިދާޅުވި ބޭފުޅަކީ މިއީ. ހަމަ އެރޭ މިބޭފުޅާއަށް އެ މަޢުލޫމާތު ލިބުނުއިރު ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އެކަން ނާންގާ. އަދި މެދުއިރުމަތީގެ ހަނގުރާމަތަކުގައި އުޅޭ މީހުންގެ އަދަދުވެސް އެތައް ފަހަރު މިބޭފުޅާ ވިދާޅުވެފައި އެބަހުރި. މިހުރިހާ މަޢުލޫމާތެއް މިބޭފުޅާއަށް މި ލިބެނީ ކިހިނެތްވެގެންތޯ ވިސްނާލަމާ! މަޢުލޫމާތު ލިބޭ ގޮތެއް އޮންނާނެ. އެއްގޮތަކީ މިބޭފުޅާއަށް މި މަޢުލޫމާތު ދޭ މިކަމާ ގުޅުންހުރި މި ބޭފުޅާގެ ގާތް ފަރާތެއް ނުވަތަ ފަރާތްތަކެއް ތިބުން. އަނެއް ގޮތަކީ މި ބޭފުޅާއާ ޓެރަރިސްޓު ޖަމާޢަތްތަކާ ގާތް ގުޅުމެއް އޮތީ ނޫން ބާ؟

  36
 19. ޟމ

  މިޤައުމުގައި ދާޚިލީ ހަމަނުޖެހުން އުފައްދަން މިކަލޭގެ ވަރަށް މަސައްކަތް އެބަކުރޭ، މީ މިޤައުމުގަ ހުރި އެންމެ ބޮޑު ޓެރަރިސްޓް މީނަ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި

  39
 20. ޢަލީމް

  މިވަރު ގައުމެއްގަ ކަލޭ ތިއުޅެނީ ކީއްކުރަންތަ؟

  33
  1
 21. ގުރޭ

  ?ގައުމާ މަގެ ދީނާ މަގެ އަމްނާ ނުކުޅެއްޗޭ ، ތާރީހު ބަލާ އެނގިތިބެ ގައްދާރު ނުވައްޗޭ...? ތިޔަކަހަލަ ކިތައްމެ ދިވެހިންނެއް ބޭރުގެ މީހުންނާ ގުޅިގެން މި ގައުމުން އަސްލާމްދީން ފޮހެލަން އާ.... ކޮންމެ ފަހަރަކުވެސް މި ގައުމު ސަލާމަތް ކުރަނީވެސް ﷲ ގެ އިރާދަފުޅުން ހަމަ މިބިމައް އުފަން ދިވެހި ދަރިން .... އިންސާﷲ މި ގައުމުން އިސްލާމްދީން ފޮހެނުލެވޭނެ... ﷲއަކުބަރް މި ތަކުބީރު ފަނޑުނުވެ ހުއްނާނެ މިބިމުގާ އިންސާﷲ ❤

  27
 22. ކްރިލްގާާޓް

  މމމމ މިކަލޭގެ މިދައްކާބޯގޯސް ވާހަކަ ތަކާ ހެދި ހިތަށް އަޜާ މީނާ ހޮވީ ވެސް މަން މަނު 2ލޮލަށް މިރުސް އެޅިފަ ތިބި ބަޔެއްބާ އޭ. ޢަޅުގަޑުވެސް ހި މެނޭ ގޮތަށް މިބުނީ. މީ ދިވެހި އބޫޖަހުލު.

  28
 23. ދޮންބެ

  ވަރަށް ރަނގަޅު ވާހަކައެއް

  23
  3
 24. ޓެރަރިސްޓު

  އާ ހެދި ހަމަޖެހިލައިގެން މިގައުމުގައި އުޅެވޭކަށް ނެތް ކިހާ ބޮނޑު ނޮހޮރޮއްޕާނެއް ކަލޭ އުޅެން ބޭނުންވާ ގޮތައް އުޅެން ކަލޭގެ އައުވާނުން ކައިރިއަށް ދޭބަލަ. ބޭން އެމް ޑީ އެން

  34
 25. އަހައްމަދޫ

  މީނާ އަނގައިގަ ޓޭޕް އަޅަންވެއްޖެއެއްނު

  27
 26. ހަމްދާ

  ޔާ ﷲ މިކަލޭގެ އަނގައަށް ނުބައިވެގެންވާ ބައްޔެއް ޖައްސަވާންދޭ.

  33
 27. ރޯނުއެދުރު

  ކަލޯ ބުނެދީބަލަ މަސްތުވާ ތަކެތި މިރާއްޖެ އަށް އެތެރެވަނީ ކިހިނަކުން ކަން މިވާހަކަ ނުދައްކަނީ ކިއެއްވެތަ

  35
 28. އަޙްމަދު

  ގޭ ދޮށު ކުދިން ތަންތަނަށް ލީމާ ކޮންމެވެސް އެއްޗެކޭ ކިޔާނެ. ތިކަން އެނގޭއިރު ކީއްވެތޯ ނުހުއްޓުވިގެން އުޅެނީ!

  32
 29. ނަކަސް

  މިކަހަލަ ސާބިތު ނުހިފޭ ވާހަކަ ދައްކާ މުޅި ޤައުމުގައި ފަސާދައި އިޖްތީމާއީ އަޚްލާޤް ނަގާލަުން ދާްއިރު ކޯޓު އަމުރެއްގެ ދަށުން މީނާ ހައްޔަރު ކުރަން ނުވޭތޯ؟

  28
 30. އހ

  ނަޝީދަކި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މުޞީބާތް!

  38
 31. ބޯހަލާކު

  އެއްކަލަ މޮޔަ ގeރި މި ހަ މަ ފޮނުވާލަންވި އިންޑިޔާއަށް

  19
 32. ބޯހަލާކު

  ތި ހަ މަ ދައްޔޫސެއް

  19
 33. ހުސޭނުބޭ

  ގައުމީސަލާމަތަށް ނުރައްކާވާފަދަ ވާހަކަދައްކާތީ ހިފާ ހައްޔަރުކޮށް އުމުރަށް ޖަލައްލާންވީ

  28
 34. ބިޖޫ

  ކެނެރީގެއިން ނަސީދު ތަމްރީނުދީފަ ފޮނުވާމީހުން ހައްތަހާވެސް ހުރިހާ ނުބައެއް ހަދަނީ ރައީސް ނަސީދުކަން މިހާރު އެނގި ހާމަވެގެން ތިދިޔައީ ކަލެގެ އަނގަ ޕަތަރާސީކަމުން ދައުލަތުން ވެއްޖެނު މި އަނގަ ހިފާ ހައްޔަރުކުރަން

  20
 35. ޙަރީބު

  ކީއްވެތަ ކެނެރީ ނަޝީދު ބޭނުންހާ ވާހަކައެއް ދެއްކީމަ ޤައުމުގެ އަގު ފޭކު ވާހަކަތަކުން ދައްކާއިރު ބަލަން ތިބެނީ؟ އާދައިގެ މީހަކު އެއްޗެއް ބުނީ ގޮޅިޔަށް

  21
 36. ޢަބްދުއްލާ

  ސީރިއާ އަށް ދިވެހިން ފޮނުވަނީ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުން - ނަޝީދު

  5 ގަޑިއިރު ކުރިން ( ނޮވެމްބަރު 1, 2019 )

  މިއުޅެނީ އިންޑިޔާމީހުނާ މިބާރުތަށް ހަވާލުކުރަން.

  18
 37. އޭލިއަން

  ތިބުނީ އެ މެރިކާގެ ޓެރަރިސްޓުން ސީރިއާއަށް ފޮނުވަނީ ޓްރަންޕްއޭ ދޯ!!!

  13
 38. ާަާމަ

  މިހާރުދެން ފޮރުއްޕާކަށްނެތް ނަޝީދަކާހުރެ. ޕޮލިސް ބޮޑުމީހާ ނިސްބަތްވަނީ ދީނީ ޖަމާޢަތަކަށްބާ؟ އެމްޑީއެން އަކަށްނޫންބާ؟! މިޤައުމުގެނަން ޚަރާބުކޮއްލާފަވެސް އަމިއްލަ އެޖެންޑާ ފުރިހަމަކޮއްފަ ބަހައްޓާ!!

  13
 39. އަހްމަދު

  އެއުޅެނީ އެންމެ ފަހަށް ފުލުހުންވެސް އެރިޕޯޓްގަ ދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެގެން ނުހުރެވިގެން

  15
 40. 2023ޔާން

  2023ޔާން

  13
 41. ޒަރޫނާ

  ދިވެހި ލޮބުވެތި ރައްޔިތުންނެވެ.މިކަލޭގެ ކިބައިން މިގައުމު ސަލާމަތް ކޮށްދީ....އެންމެ ފުރަތަމަ ކަމަކަށް މީނަގެ ބާރު ފޯރުވޭ ބަޔަކަށް ލޯކަލް ކައުންސިލް އިންތިހާބު ނުދިނުން.ދެވަނަ ކަމަކަށް ދެން އަންނަ ރިޔާސީ އިންތިހާބެއްގަ މީނަ ނިސްބަތްވާ ޕާޓީއަކަށް ވޯޓް ނުދިނުން.މީނަ ރަށަކަށް ދިޔަޔަސް އިސްތިގުބާލުގަ އެއްވެސްބަޔަކު ނުނިކުތުން.މީނަގެ އަމަލު ހުންނަ ގޮތުން މުޅި ގައުމު ހަލާކުވެގެން މިދަނީ.ރައީސް ސޯލިހުއަށްވެސް ރަނގަޅަށް ވެރިކަން ނުކުރެވިގެން އެއުޅެނީ.

  15
 42. ނުރަބޯ

  މިހާރު މިގައުމުގެ (ހުވާނުކުރާ) އެކަމަކު ރައީސަކީވެސް، އަދި މަޖިލިހުގެ ރައީސަކީވެސް ޚުދުމުޚުތާރު މުނާފިގު ނަޝީދު. ތަޙުގީގީ އިދާރާ އަކީ އަދި ތަންފީޒީ އިދާރާ އަކީ ރ.މަޖްލިސް. ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބިފައޭ ބުނާގޮތަށް މުޅިގައުމު މިއޮތީ މިކަލޭގެ އަށް ހިތަކަށް ލިބިފަ.

  15
 43. ކޮރާކަކުނި

  ޓެރަރިސްޓުންނަށް ބޮޑަށް އެނގޭނީ... ޤާނޫނު ހަދާ ތަން (ކުރީގެ ބަކަރި ކޮށި) އެތަނުގެ ވާހަކަ ނުދައްކަނީ ކީއްވެބާ؟

  13
 44. ހުވަދޫ ޑޮކް

  ޕޮލިހުން އެމްޑީއެން ރިޕޯޓްގައި އިސްލާމްދީނާއި ޚިލާފު ކަންތައްތަކެއް ހުރިކަން ހާމަކުރުމުން، ތިޔައީ ސީދާ ކަނޑައެޅިގެން ރައީސް ސޯލިހަށް ދިން ބަހުގެ ހަމަލާއެއް، ޢާންމު ޚަރަބަރުތައް އުޅޭގޮތުން ބޮޑަށް ލަފާކުރެވެނީ " ދެރައީސުންގެ ތެރޭގައި ރަނގަޅުވަރެއްގެ ނުތަނަވަސްކަމެއް" އުޅޭކަމަށް!! ކިހާވަރަކުން ދާނެބާ !! ބަލަންތިބީމެވެ.

  15
 45. މޭގަޑެ

  ޢެކިފަހަރު އެކިގޮތައް މިވަނީކީއްބާ؟ މިކަންބަލަންވެއްޖެދޯ. ބުނާނެ ފުލުހުން، ދެން ސިފައިން ދީނީއިލްމުވެރިން، އަދިރިމީހުން، ގޭދޮށުމީހުން، އިމިގްރޭށަން މީހުން، ދެން ސިޔާސީ މީހުން އެއްފަހަރުވެސް ލާދީނީމީހުނޭ ނުބުނޭ. އެކަމަކު ހުރިހާ އެއްޗެއްވެސް އެގެނީ ހަމަ ލާ.........

 46. މިމީހުން

  އެންމެ ބޮޑު ޓެރެރިސްޓް ފޮރުވާގެންއުޅުނީކަލޭ

 47. ނުރައްކާއަނދިރިދައުލަތް

  މީދިވެހިރާއްޖޭގެ ޤައުމީސަލާމަތައްހުރި ވަރައްބޮޑުނުރައްކަލެއް މިކަހަލަވާހަކަތައް ރާއްޖޭންބޭރުތަންތަނުގަ ދައްކާދިވެހިރާއްޖޭ ސަލާމަތައްނުރައްކާވާފަދަވާހަކަ މީނައެއްކަމަކު ދެއްކިގެންނުވާނެ މީނާހިފާހައްޔަރުކުރޭ #އެމްޑީއެންއުވާލާ

 48. ވިސްނާ

  މީނާއަކީ މިޤައުމަށް ހުރި ވަރަށް ބޮޑު ސަލާމަތީ ނުރައްކަލެއް

 49. ސަޓޯ

  ވެލަޒިނީ ޝަހިންދާ ކަހަލަމީހުން އިތުރަށް ކާފަރު ކުރަން ޖަރުމަނީއަށް ފޮނުވަނީ ހަމަ އަންނި...

  10
 50. ހުޅުޖެހިމީހާ

  އަމިއްލައަށް ފަޟީޙަތްވަނީ....... ވިސްނޭނީ ހަމަ ސަލާމަތުން ތިބި ބަޔަކަށް. ނުވިސްނޭ ބަޔަކަށް ކިތަންމެ ތިލަކޮށް ބުންޏަސް ނުވިސްނޭނެ..