ދިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު ހެންވޭރު ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެދޮރު ގެއްލުނު އެއްވެސް މީހަކު މަގުމަތި ކޮށްފައި ނުވާނޭ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެންމެއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އެހާދިސާގައި ހާލުގައި ޖެހިގެން ގެދޮރު ގެއްލުނު އެއްވެސް ފަރާތެއް މަގުމަތިކޮށްލާފައި ނުވާކަމަށެވެ. އަދި އެފަރާތްތަކުގެ ކުއްޔަށް އެކަނިވެސް އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ދައްކާފައިވާ ކަަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، މިހާރުވެސް 31 އާއިލާއެއްގެ 145 މީހުން އެއޮތޯރިޓީގެ ބޯހިޔާވަހި ކަމުގައި އެބަތިބި ކަމަށާއި، އޭގެތެރެއިން 31 މީހުންނަކީ އަލިފާން ރޯވެ އެނދި ގެތަކުގެ ވެރިން ކަމަށާއި އަދި 24 މީހުންނަކީ އެއިމާރާތްތަކުގައި ކުލިދައްކައިގެން އުޅެމުންދިޔަ މީހުން ކަމަށެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ، އެއާއިލާ ތަކަށް އާ ތަންތަން ހިފައިގެން ދެވޭނެ ގޮތް ތަނަވަސް ކޮށްދިނުމަށްޓަކައި 3 މަހުގެ ކުއްޔާއި އެކު ކެއުންބުއިމުގެ ހަރަދުވެސް އެއާއިލާތަކަށް ދީފައިވާނޭ ކަމަށާއި، އަދި އެއެހީތައް ދީފައިވާނީ މީގެ ކުރިން ދިރިއުޅެމުންދިޔަ ތަންތަނުގެ އަގަށްބަލައި އެއަށްވުރެ މަދު ނުވާނޭހެން ކަމަށެވެ.

އެއޮތޯރިޓީ އިން މިހެން ބުނެފައި ވީނަމަވެސް ދާދިފަހުން "ވަގުތު" އަށް މީހަކު ހިއްސާކޮށްފައިވާ ގޮތުގައި ގޭގެ ވެރިފަރާތާއި އެއާއިލާްއަށް އެއްވެސް މުއައްސަސާ އަކުން އެފައިސާ އެފަރާތަށް ދީފައެއް ނުވެއެވެ.

އޭނާ ބުނެފައިވަނީ މީގެ ކުރިން އެމީހުން ހަދާފައި ވަނީ 5 އަހަރުގެ ކޮންޓްރެކްޓެއް ކަމުން ގިނަ އަދަދެއްގެ ފައިސާ އެ އެޕާޓްމަންޓް ހިފުމަށް ހަރަދުކޮށް އެހެން ނަމަވެސް، ކޮންމެ ގެއަކުން އެހީލިބޭނީ އެއްފަރާތަށް ކަމަށްބުނެ އެއާއިލާ އަށް 3 މަހުގެ ކުލި ދޫކޮށްފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަޓޯ

    ކުރީމަދޯ ކުރިވަހަކަ ބުނަނީ.. މިއީ އެންމެ ދޮގުހަދާ މަކަރުވެރި ހިޔަޅު ސަރުކާރު..

    16
    1
  2. ށަނޫން

    މިވާހަކަ ތައް ތެދު ދޮގު ހާލުގަ ޖެހުނު ފަރާތް ތަކުން ދިވެހި ރައްޔިތުން ނަށް ސާފް ކޮއްދިނުމަށް ނިއުސް ކޮންފަރެންސެއް ބާއްވަ ދެއްވުން އެދެން
    ޓުވީޓާ އެކައުންޓެއް ހުޅުވާފަ ހުރިހާ ނޫހެއް ޓެގް ކުރޭ އަދި ތަނަކާ ގަޑި އެއް ވެސް ބުނޭ. ދާނަން އަދި ތި އަހުން ނާ އުހުތުންގެ އަޑު އިއްވާނަން އަހަރެމެން ހުރިހާ ނޫހަކުން ވެސް. މިހާރު ނޫހުގެ ގޮތެއް ނޭގޭ ބުނެދޭކަށް . ޙަމަ ނޭގޭތީ ބުނެލީ. ޢެއި ބޭން އެމްޑީ ގެ މައްސަލައިގަ އެބޭފުޅުން ވ މަދުން ވާހަކަ ދެއްކީވެސް

  3. ބިންގޯ

    މަގު މައްޗެއް ނުކުރޭ.

  4. ކެކެކެ

    މަގުމައްޗެއް ނުކުރޭ. އެހީތެރިކަން ނުދިނީ ދޯ!

  5. ެއަލި

    ހިސާން ކާރީގަ އަހާބަ ކަޅުހުރާ 1 ވަނަ ފަންގިފިލާގަ ދިރިއުޅުނު މީހިން ނަކީ އެގޭގެ ކުއްޔައް އުޅުނު ބަޔެއްތޯ 10 އަހަރު ދުވަހަށް އެތަނަށް އިންވެސްޓް ކޮއްގެން ދިރި އުޅެނިކޮށް އަލިފާނުގަ އަދާގެން އެތަން ދިޔައީ އަދި ބާކީ ހިލޭ އުޅެވެން 4 އަހަރު އެބައިން ......ތިބުނާ މިހާރު ތިބި ވަގުތީ ހިޔާ ތަކުން އޮކްޓޯބަރ 31 ވަނަ ދުވަހު ނިކުން ނަން ޖެހޭ ދެން ހުންނަ ކޮއްމަދުވަހަކަށް 90 ޑޮލަރުގެ ރޭޓުން ލާރި ދައްކަން ޑެހޭ އަދި ފެން ކަރަންޓް ވެސް ......

  6. 19 ނަވާރަ

    ބައެއް އާއިލާތަކަށް ދީފައިވާ އެޕާޓްމަންޓްތަކުން ނުހައްގު ފައިދާ ނަގާ. 5ދަރިންނާ ދެ މަފިރިންނަށް 2 ކޮޓަރި އެޕާޓްމަންޓް. ދަރިއަކުނެތް ދެމަފިރިންނަށް ވެސް 3 ކޮޓަރި އެޕާޓްމަންޓު ގާކޮށިންދީފައި އެބަހުރި