ހެލްމެޓް އަތުން ހިފައިގެން ސައިކަލެއްގައި ސިނަމާލެ ބުރިޖު ހުރަސްކުރި މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

އެކަން ފުލުހުން ހާމަކޮށްފައި ވަނީ، ސައިކަލެއްގެ ފަހަތުގައި އިން އަންހެނަކު ބުރިޖު މަތިން ދަތުރު ކުރިއިރު، ހެލްމެޓް އަޅާފައި ނެތުމުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުންނެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލާގައި ފިޔަވަޅު އަޅާފައިވާކަމަށެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯއަކުން ފެންނަނީ، ބުރިޖު ހުަރަސްކުރަމުންދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެނަކު، އޭނާގެ އަތަށް ހެލްމެޓް ލައިގެން އިންނަ މަންޒަރެވެ. ބެލެވޭގޮތުގައި، ބުރިޖަށް އެރި ގަޑީގައި އެ އަންހެން މީހާ ހެލްމެޓް އަޅަން ހަނދާން ނެތުނީއެވެ.

ސިނަމާލެ ބުރިޖާއި، ބުރިޖާއި ގުޅިފައިވާ ހަލި މަގު (ހައިވޭ)ގައި ހެލްމެޓާ ނާޅާ ސައިކަލު ދުއްވުމަކީ މަނާ ކަމެކެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ.

އަދި މި ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިންވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެންދެރި

    ސްޓިކާ ޖެހުމުގަ ހައްދުން ބޭރު ވެފަ އެވެ. ނަސޭހަތް ދޭން ޖެހޭ ހާލަތުގަ ވެސް ހަރުކަށި އަދަބު ދެނީ އެވެ .

    21
    5
  2. ޢލި

    ޝައުދީ އެމްބެސަޓްރަށް ފިޔަވަޅު އަލަން ނުކެރުނު. ނިކެތި ދިވެހި ރައްޔިތެއް ވީމާ ފިޔަވަޅު އަޅާ ޖޫރިމަނާކޮއްލީ ވަގުން. ސުކުރިއްޔާ

    24
  3. ޅަބޭ

    އެކަހަލަ އަންހެނުންގެ އެއްވެއް ގޮތެއް ފޮތެއް ނުހުންނާނެ.

    1
    1
    • ކލ

      ކޮންކަހަލަ؟

  4. އިބްތި

    ހަނދާން ނެތުމަކީ އުޒުރެއް?‍♀️
    ގަސްތުގަ ނަަމަ ދެން އޯކޭ ދޯ އަދަބެއް ދޭން.