މީގެ ތިން އަހަރު ކުރިން ވަގަށްނަގާފައިވާ ސައިކަލެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ސައިކަލު ފެނިފައިވަނީ މިއަދު ގަލޮޅު ޕޮލިސްގެ ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށެވެ. މި ސައިކަލް ފެނިފައިވަނީ މިއަދު އިރުއޮއްސި 18:01 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ސައިކަލަކީ 2016 ވަނަ އަހަރު ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވާ ސައިކަލެއް ކަމަށެވެ. ފުލުހުން ވަނީ މި ސައިކަލް ހޯދައި، ސައިކަލްގެ ފޮޓޯއެއް މީސްމީޑިއާގައި އާންމުކޮށްފައެވެ.

މި ސައިކަލް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯ ކޮށްފައެވެ.

ފަހަކަށް އައިސް ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ސައިކަލް ފުލުހުން ހޯދަމުން ދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން، ޚާއްސަކޮށް މާލެއިން ގިނަ އަދަދެއްގެ ސައިކަލް ވަގަށްނަގާ މައްސަލަ ފެންމަތިވެއެވެ.