ޖުމްހޫރީ ޕާޓީން ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑު ކިޔާފައި ނުވާނެ ކަމަށާއި ފާޑުކިޔާފައި ވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.

ޖުމްހޫރީ ޕާޓީން މިހެންބުނީ ސަރުކާރަށް ޖުމްހޫރީ ޕާޓީން ފާޑު ކިޔާ ނަމަ ސަރުކާރު ކޯލިޝަނުން އެ ޕާޓީ ނުކުންނަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިއްޔެ ވިދާޅުވުމުން އެކަމަށް ރައްދުދީ އާއްމުކުރި ބަޔާނެއްގައެވެ.

ފޭސްބުކްގައި ޖުމްހޫރީ ޕާޓީން އާއްމުކުރި ބަޔާނުގައި ބުނީ ނަޝީދަށް ބައެއް ފަހަރު ފާޑު ކިޔަނީ އެމަނިކުފާނު އިސްލާމްދީނާއި ދިވެހިންނާ ބީރަށްޓެހި ބައެއް ވާހަކަތައް ދައްކަވާތީ ކަމަށެވެ.

ޖުމްހޫރީ ޕާޓީ އަކީ މި ސަރުކާރު ދަމަހައްޓަން ވަރަށް ބޮޑަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި މި ސަރުކާރު ގެނައުމަށް ކޯލިޝަން ހެދީ ވެސް ޚިޔާލު ތަފާތުވާ ކަންކަމުގައި މަޝްވަރާގެ އުސޫލުން ކަންކަން ނިންމާ ލީޑާޝިޕެއް ގެނައުމަށް ކަމަށް ބަޔާނުގައިވެއެވެ.

ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅުތަކަށް އެ ޕާޓީ އާއި އެ ޕާޓީގެ ލީޑާޝިޕުން ފާޑު ކިޔާފައިވަނީ ދިވެހިންނާ ނުގުޅޭ އަދި ގައުމީ އަދި ދީނީ އެއްބައިވަންތަކަން ގެއްލޭ މިންވަރަށް ނަޝީދު ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށާއި ސަރުކާރު ކޯލިޝަންގައި އޮތަސް، އިސްލާމްދީނާއި ރާއްޖޭގެ ހިމާޔަތުގައި ޖުމްހޫރީ ޕާޓީން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެ ޕޭޖްގައި ލިޔެފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުގެ އެކި ކަންކަމަށް ނަޝީދު މިހާރު ފާޑު ވިދާޅުވާއިރު، މި ސަރުކާރަކީ ނަޝީދާއި އެމްޑީޕީ ހިމެނޭ ސަރުކާރެއް ނޫން ކަމަށް އާޒިމްގެ އެ ވާހަކަތަކުން ދޭހަ ނުވޭތޯ ވެސް އެ ޕޭޖްގައި ސުވާލު އުފައްދާފައިވެ އެވެ.

ސަރުކާރަށް ޖުމްހޫރީ ޕާޓީން ފާޑު ކިޔާ ނަމަ ސަރުކާރު ކޯލިޝަނުން އެ ޕާޓީ ނުކުންނަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާޒިމް ވިދާޅުވިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ ލިބޭ ކޮންމެ ފުރުސަތެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކެކެކެ

  ކަޅުސޮރަކު އެއްޗެއް ބުނެލާއިރަށްވެސް މަހުޖަނު ސޭޓު ގަޔަށް ރެވިފަ. ފުކެއް ބޮޑުވަރު.

  35
  6
 2. Anonymous

  ސަރުކާރައް ފާޑުކިއްޔާ ކީއްތަވާނީ. 7 އުޑުމަތިން އައިސްސަ އޮތްގޮތައްވެސް ފާޑު ކިޔައިފި، އެމީހުން ހެވިފަ. ދެން ސަރުކާރައް ފާޑުކީމަ ބޮޑުވަރަކައް ކ ޖަލައް

  49
 3. ދަންޑެހިލް

  އޭބަލަގަ މީދަ ބޯގަޅި ސޭޓާ ކަލެއަށް އިބޫ ބައިވަރުގަނޑު ދިނީމާ ސަރުކާރުން ހިންގާ ޖަރީމާތައް ނުފެންނަ ކުނުމީހަކަށް ހެދިގެން އުޅުމަކުން ރައްޔިތުން އެކަމެއް ބަލައިނުގަންނާނެ ކަލޭމެން ވޯޓުން ވައްކަންކޮށްގެން ވެރިކަމަށް އާވުނީމަ ހިތަށްއަރަނީ ހަމަޖެހިގެން އުޅެވޭނެކަމަށްތަ އޭމަހްޖަނު ކަލެއްކަމުގައި މާތްﷲ ވޮޑިގެންވާކަން ޤަބޫލުކޮށްބަލަ
  ކަލޭމެން ހިންގާފައިވާ އެފަފަ ޖަރީމާތަކުގެ ޖަޒާ މާތްﷲ އިރާދަކުރެއްވިއްޔާ ކަލޭމެންނާވެސް ކުރިމަތި ކުރައްވާނެ

 4. ދިލްކޮކީ

  ޖޭޕީ ހާދަބިރަކުން ސަރުކާރުން ބޭރުކޮއްފާނެތީ!! ޖޭޕީ އެމްޑީޕީއާ މައުމޫނާ އަދާލަތާ އެކުވެގެން ވެރިކަން ލިބުނީ މިހާރު އެމްޑީޕީ ނުދެނަހުރި އެކަމެއް މިހާރު ގައުމުހިންގަނީ ރައްޔަތުންގެ މަޖިލީހުން އިބުރާހީމް ބޭރުބަލަން ބުރުޖަހަނީ ވެރިކަން ކުރުމުގެ ބަދަލުގާ ބަލާވެރިކަން ލަދުންބޯހަލާކު ވޯޓުދެވުނީތީވެސް ލަދުގަނޭ

 5. ހަސަދު

  މަހުޖަނު ސަލާމަތްވީ ނަޝީދާ ހެދި. ހަމަ ސަލާމަތްވާ އިރަށް އެއްކަލަ ވެރިކަމުގެ ފައިސާ ގަނޑު ފެންނަން ފެށީ.

  3
  10
 6. ާަބިޖޫ

  ނަސީދުއައް ފާޑުވެސްކިޔާނަން ބަވަންވެސް ބަވާނަން ނަސީދަކީ ލާދީނީ އެދުރެއްމިގައުމައް ޖެހިފަހުރި ބަލާވެރިކަމެއް ނުލަފާ ނަސީދުގެ ކިބައިން މިގައުމުގެ ރައްޔިތުން ސަލާމަތް ކުރައްވާށި އާމީން

  16
  1
 7. އައިޝާ

  ސަރުކާރައްވެސް ފާޑު ކިޔާނަން
  ސޭޓު ކަލޭ ހުރޭ ބިރުން
  މި ލާދީނީ ސަރުކާރައް ވާގި ވެރި ވާނީވެސް ލާދީނީ މީހުން
  ލާދީނީ ގާސިމް
  ލާދީނީ ޖޭޕީ

 8. ޝޭޚްރުޝްދީ

  ގާސިމަކީ ހަމަ ހިޔަޅެއް.. ހިޔަޅުގެ މަކަރުވެރިކަން ކުޑަކުދިންނަށް ވެސް އެނގޭނެ..