އުނގޫފާރު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާ ވެއްޖެއެވެ.

އެކްސިޑެންޓުވެފައި ވަނީ އުނގޫފާރު "ވިލުބާނި" ލޯންޗާއި އުނގޫފާރު "ހިތްވަރު" ދޯންޏެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ އުނގޫފާރު އުތުރުފަރާތު ބޭރުން އުނގުލާ އުނގޫފާރާއި ދެމެދުން ދަތުރު ކުރަމުން ދަނިކޮށެވެ.

އެކްސިޑެންޓްގައި އަނިޔާވި އެކަކަށް ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ. އޭނާގެ އިތުރުން އިތުރު ބައެއް މީހުންނަށް ވެސް އެކްސިޑެންޓްގައި އަނިޔާވިއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެއެވެ.

މިއެކްސިޑެންޓާއި ގުޅިގެން ރަސްމީ އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.