ސުޕްރީމް ކޯޓަށް ލިބިދީފައިވާ އިހްތިސާސްގެ ބޭރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދައުރަށް ހުރަސް އަޅާ ކަމުގެ ޝަކުވާތައް ސާފު ކުރުމުގެ ގޮތުން އެ ދެ މުއައްސަސާއެއްގެ އިސް ވެރިންނާ ބައްދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުއްލިގޮތަކަށް ޖުޑިޝަރީ ކޮމިޓީން ބައްދަލުވުމެއް ބާއްވާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ބައިވެރިވެވަޑައިގެން ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި، ޖޭއެސްސީ އަދި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށް ބުނެއެވެ.

ކޮމިޓީގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ އެކަންކަމުގެ ސައްހަކަން ބަލާ މައުލޫމާތު ސާފްކުރުމަށް ތިންކަމެއް ހުށަހަޅުއްވާފައެވެ. އެގޮތުން ކޮމިޓީއަށް ލިބިފައިވާ މައުލޫމާތު ސާފްކުރުމަށްޓަކައި އެކަން ހިނގާތޯ ދެނެގަތުމަށްޓަކައި ޑީޖޭއޭ އަށާއި ޖޭއެސްސީއަށް އެފަދަ ޝަކުވާތަކެއް ލިބިފައިވޭތޯ ސާފްކުރުމަށް ސިޓީ ފޮނުއްވުމާއި، އެފަދަ ޝަކުވާތަކެއް ލިބިފައިވާނަމަ އެ ޝަކުވާތަކަށް އަވަހަށް އަމަލުކުރުމަށް ޖޭއެސްސީގައި އެދިވަޑައިގަތުމަށް ޖީހާން ހުށަހެޅުއްވިއެވެ. އަދި ޖޭއެސްސީއާއި ޑީޖޭއަށް ފޮނުވާ ސިޓީގެ ޖަވާބު ލިބުމާއެކު ވީ އެންމެ އަވަސް ފުރުސަތެއްގައި ޖޭއެސްސީއާއި ޑީޖޭއާ ބައްދަލުކޮށް މިކަން ސާފުކުރުމަށް ވެސް ޖީހާ ހުށަހެޅުއްވިއެވެ.

ޖޭއެސްސީގެ ޤާނޫނަށް ގެނެވުނު އިސްލާޙަށް ޢަމަލު ނުކުރުމަށް ނުވަތަ އެ އިސްލާޙުގެ ބާރު ކެނޑޭގޮތަށް ނުވަތަ ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ވަނީ ނިންމާފައެވެ.

ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއްގައި މިގޮތެއް ނިންމީ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް މިރޭ ކުރިއަށްދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. އެބައްދަލުވުމެއްގައި ޖޭއެސްސީގެ ޤާނޫނަށް ދާދިފަހުން ގެނައި އިސްލާހުތައް ބާތިލް ކުރާނެ ކަމަށް ވެސް އަޑުފެތުރިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެއު

    ބިރުދައްކައިގެންވެސް ބޭނުންވާނީ ކަންކަންކުރަން. ހުރިހާކަމެއްއެކުރަނީ ހަމަ އެހެން

  2. ެައަންނި

    މި ސިއެސްޓާ މެން ހީކުރަނީ މިވެސްގާނޫނީ މީހުންކަމައް، އަދި މިސިރާޖުވެސް، ޅަކުއްޖެއްވެސް މީނަޔައް ވުރެ ރަގަޅައްވާހަކަ ދައްކާނެ، ފަޑިޔާރުންނާ އަޅައިގަނެފަ ތިބޭވަރުން މަޖިލީހުގަވެސް ގޮވެނީ އިއްޒައްތެރި ފަޑިޔާރު، ވާނުވާނޭގޭ ބައިގަޑެއް، މަކަރުން ވެރިކަމައް އާދެވުނީމަ ކޮއްފަ ނުކުރާނެކަމެއް ނޭގިގެން މިއުޅެނީ، ކަލޭމެން ކޮންބަޔަކައް ބިރުދައްކަންތަ ތިއުޅެނީ، ކަލޭމެން ގާނޫނާ ޙިލާފައް ތިކުރާ ކަންތައްތައް އެކައުންޓެބްލް ކުރެވޭނެ ދުވަސް އަންނާނެ، ޖޭއެސްސީ ގެ ކޮމްޕޮޒިށަން ބަދަލުކުރަން ޖެހޭނެކަމައް ބުނިމީހުން ، މޑޕ ގެ ލޯފާމަކައް އެތަންހަދައިގެން ތިއުޅެނީ، ދެންކޮން އިސްލާހެކޭ ތިކިޔަނީ، ރައްޔިތުނައް އެގޭކަލޭމެން ތިކުޅޭޑްރާމާ، ފުރަތަމަ ޖޭއެސްސީ މިނިވަންކުރަން އަހަރެމެން ރައްޔިތުން ނިކުންނަން މިއުޅެނީ،