މެދުރާއްގެތެރޭގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކާއި ބެހުނު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އައި މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ބިދޭސީ މީހާ އަކީ އިމިގްރޭޝަން ޤާނޫނާއި ޚިލާފަށް އުޅެމުން އައި މީހެއް ކަމަށެވެ. ކުޑަކުއްޖަކާއި ބެހުނު މައްސަލައިގައި ހައްޔަރުކުރި އެމީހާ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ، އުމުރުން 34 އަހަރުގެ މީހެކެވެ.

މި މައްސަލައިގައި ހޮނިހިރު ދުވަހު އޭނާގެ ބަންދަށް މެޖިސްޓްރޭޓް ކޯޓުން ދިހަ ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެމީހާ ކުޑަކުއްޖާ އާއި ގަދަކަމުން ބެހެން އުޅުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހާދިސާ ހިނގި ރަށުގެ ފިހާރައެއްގެ ތެރޭގައެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.

ފަހަކަށް އައިސް ކުޑަކުދިންނަސް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރ މަހު އެކަނި ވެސް ޖިންސީ ހާނިކައިގެ 24 މައްސަލަ އާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ ތިން މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅުނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަލާސްޓް

    ރާއްޖޭގެ ނިސްބަތުން ގާތްގަޑަކަށް 3 މީހަކު ނާޖައިޒު ފައިދާ ނަގައިގެން އެތެރެ ކޮށްގެން އުޅޭ ބައެއްގެ އުނދަގޫ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރަމުން ދާއިރު އަދިވެސް ސަރުކާރުން އެމީހުން ރެޖިސްޓްރީ ކުރަނީ. ކަންތައް ހިނގާލެއް އަދި މަދު. ކުށެއް ނެތް ދިވެހި ރައްޔިތަކަށް ވީތީވެ އެވެސް ހައްގެއް ނެތް. ސައިޒުން ބޮޑެތި ޖަރީމާ ހިންގާ ދިވެހިންނާއި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ހައްގުތައް ރައްކާތެރި ކުރެވޭތޯ މުވައްސަސާތައް ހޭބޯނާރާ އުޅެނީ.

    16
  2. ކޮޓަރި ކުޑޭ

    އަވަހައް ތިޔަބުނާ 3 މީހުންގެ ނަން ވިދާޅުވޭ..އޭރުން އެމީހުންނައްވެސް 2 ވަނަ ފުރުސަތެއް ލިބިދާނެ..

  3. އަހްމަދު

    އޭނާ ގަލޮޅުބޯޅަދަނަޑަށް ފޮނުވާ ގަވާއިދުގެ ތެރެއަށް ވައްދާ. އޭރުން އެނިމުނީ.

  4. އެންދެރި

    ގަވާއިދާ ހިލާފް މީހުން ގަވާއިދައް ފައްތަނީ އެވެ.

    1
    2
  5. އަހްމަދު

    އޭ ތިޔައީ އަވައްޓެރި ބަންގާޅީއެއް. އޭނާއާމެދު ވަރަށް އޯގާތެރި ކޮށް ކަން ކުރާތި. ސައި ކަލުމަތީ އިން ބަންގާޅީގަޔަށް ފެންޖެހިމީހާދެ ކެ ރުޅިއައި ބައިގަޑު ވަރަށް ރުޅިގަދަވެދާނެ. އޭނާގެވެސް ހައްގުތައް ވަރަށް ގިނަވާނެ. އޭނާ އެފަދަ ކަން ކަ
    މަށް އަރައިނުގަނެ އުޅެވޭނެގޮތެއް ހަމަޖައްސައިދޭންވީނު. ކޮންމެވެސް އޭނާގެ
    ނަމާއި ފޮޓޯ ހާމަނު ކުރާތި.