އިސްލާމް ދީނާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ދިރާސާގެ ނަމުގައި ރިޕޯޓް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކާ ހުރެ ދިވެހި ރައްޔިތުންނާއި ސަރުކާރާ ޖެހިއްޖެ ކަމަށް، ދީނީ އިލްމުވެރިޔާ ޑރ. މުހަމަދު އިޔާޒް ވިދާޅުވެއްޖއެވެ.

އިޔާޒް މިގޮތަށް ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވިޓެއްގައެވެ.

އެ ޓްވީޓުގައި އިޔާޒް ވިދާޅުވީ، އެމްޑީއެންއާ ހުރެ ރައްޔިތުންނާއި ސަރުކާރާއި ޖެހި، ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ގައުމު ވެއްޓިފައިވާ ކަމަށެވެ. އެހެންކަމުން ލަސްނުކޮށް އެމްޑީއެން އުވާލަންޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ.

"ލާދީނީ ޓެރެރިސްޓް އެމްޑީއެން އަކާ ހުރެ ރައްޔިތުންނާއި ސަރުކާރާއި ޖެހި، ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ގައުމު ވެއްޓިއްޖެއެވެ. ވީމާ ލަސްނުކޮށް އެމްޑީއެން އުވާލަން ޖެހެއެވެ" ޑރ. އިޔާޒް ކުރެއްވި ޓްވިޓުގައި ވިދާޅުވެފައިވެއެވެ.

އެމްޑީއެން އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓާއި ގުޅިގެން ޑރ. އިޔާޒްގެ އިތުރުން ގިނަ ބަޔަކު އަންނަނީ، އެ ރިޕޯޓުގައި އިސްލާމް ދީނަށާއި މާތްވެގެންވާ ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެ ޖަމްއިއްޔާ އުވާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެހެން ނަމެވެސް ސަރުކާރުން އެ ޖަމްއިއްޔާ އުވާލުމުގެ ބަދަލުގައި ވަނީ ސަސްޕެންޑް ކޮށްފައެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ވިދާޅުވީ އެމްޑީއެންއާއި މެދު ފިޔަވަޅެއް އަޅާނީ ފުލުހުން ކުރަމުން އަންނަ ތަހުގީގު ނިމުމުން ކަމަށެވެ. ފުލުހުން ވިދާޅުވީ، އެ ރިޕޯޓްގައި ދީނަށް ފާޑުކިޔައި، ތައުހީނުކޮށް ފުރައްސާރަ ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ބޯހަރު

    އެހެން އެވަނީ މިހާރުމިއޮއްސަރުކާރަކީ ރައްޔިތުންގެއަޑުނާހާ ބޯހަރު ހަރުކަށިސަރުކާރަކައްވާތީ #ބޭންއެމްޑީއެން

    95
    2
    • ދދދދދދ

      އެމްޑީއެންއަކާ ހުރެ ރައްޔިތުންނާއި ސަރުކާރާ ޖެހުނީކީ ނޫން. ސަރުކާރުން ރައްޔިތުންނަށް ގޮންޖަހާފަ އެމްޑީއެން ދިފާއު ކުރަން ހަދައިގެން ގޯސްވީ. ކަލޭމމެން އަދިވެސް އޮޅުވާލަންތަ؟ ތިކަމެއް ނުވާނޭ. ކަލޭމެން ތިނެއްޗަށް ވާނުވާ ނޭނގިގެންތަ ނޫނީ ޖައްބާރުކަމުންތަ އެއްވެސް ކަމެއް ނޭނގޭކަމަމަށް ތިހަދަނީ؟ ހާދަ ނުބައިނުލަފާ އެތިވަރުތަކެކޭ މީ.

      18
      1
      • Lo

        މަވެސް ހިތަށް މި އަރަނީ އިޔާޒުގެ ރާގު ބަދަލުވަނީ ބާވައޭ!

  2. ދިވެހި

    ދިވެހީންނާ ޖެހިގަތީ ކަލޭމެން.

    81
    14
  3. އައިޝާ

    އެމް ޑީ އެންް އަކާ ހެދިޔެއް ނޫން ...ސަރުކާރު ގެ ލާދީނީ ކަމާހެދި...ލާދީނީ ސަރުކާރު
    ކޮބައިތަ ތިބޭފުޅާގެ ޞާާލިހު ރައީސް

    123
    1
  4. ޢަލި ފުތު

    އިޔާޒުމެން ރައްޔިތުންގެ ބޮލުތެރެއަށް ވަދެގެން ގެނައި ސަރުކާރަކާ ހެދި ރައްޔިތުންނާ ސަރުކާރާ ޖެހިގެން މިއުޅެނީ. އޭރުވެސް އަހަރެމެން ބުނިން މިއީ އިސްލާމްދީނާ ބީރައްޓެހި ބަޔެކޭވެސް. ޤަބޫލުނުކޮއް ފައިސާއާއި ވަޒީފާގެ ދަހިވެތިކަމުން އިޔާޒުމެން ކުރިކަމެއްގެ ހިތިނަތީޖާ މިއީ.

    109
    4
  5. Anonymous

    ރައްޔިތުންނަށް ވުރެ ސަރުކާރަށް މުހިއްމީ ލޮބުވެތި އެމްޑީއެން އޭ ބުނަން ނުކެރިގެން ކީއްވެތޯ އުޅެނީ. ނަމާއިއެއްގޮތަށް ސޯލިޙު ވީމަތޯ؟

    86
  6. ގާސިމު

    އެމްޑީއެން އުވާލާ . އަންނިވެސް.އުވާލާ. މިދޭއްޗަކީ ހެސްކިޔާފަ ދީނަށާ ރަސޫލާއައް ފުރައްސާރަ ކުރާ ދޭތި

    101
    2
  7. މުދިންބެ

    އޭރުވެސް މަމެންގޮވަމުން ދިޔައިން މިއީ ލާދީނީ ފިކުރުގެ ބަޔެކޭ. މިވެރިންނަކަށް ނުކެރޭނެ ކިތަންމެ ވަރެއްކުރިޔަސް އެމް.ޑީ. އެން އުވާލާކަށް. މިކަހަލަ ރިޕޯޓް ނެރެން ބޭރުގެ ލާދީނީ ޖަމާއަތްތަކުގެ ޕުރެސަރ އަންނާނެތީވެ. ޔާމީންގެ ސަރުކާރުނަމަ މި އެމް.ޑީ.އެން އުވާލައިނެ. ވަރަށް ޔަޤީންކަމާއެކު މިބުނަނީ. ބޭރުން އަންނާނެ ޕުރެސަރަކަށް ނުބަލާނެ. ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ޤާނޫނުގެ ތެރެއިން ވަރަށް ފަސޭހައިން ކުރެވެން އޮތްކަމެއް މިއީ.

    15
  8. Anonymous

    އެމްޑީއެން އާއި އެކު އެމްޑީޕީ އުވާލަން ޖެހޭ.

    95
    2
  9. އީސަ

    އަދިވެސް

    17
  10. Anonymous

    ތިކަން ނޭނގެނީ ވެރިކަމުގަ ހުރި . ބޯ ބުރާންތި.

    34
  11. މިއަދު

    މިސަރުކާރަކީ ރަޢިއްޔަތުންނަށް ވެރިކަންކޮށްދޭން އައިސަރުކާރެއްތޯ ނޫންނަމަ ލާދީނީ އެމްޑީއެން ހިމާޔަތްކުރަންއައިސަރުކާރެއްތޯ ސާފްކޮށްދޭން އެބަޖެހޭ

    37
    2
  12. ދޯއްތާ

    އާދޭސް ކޮށްފައި ބުނަން މި ޤައުމު ދީނާ ޚިލާފުވާ ޢަދުއްވުންގެ ކިބައިން ސަލާމަތް ކޮށްދޭށެވެ.

    35
    1
  13. އަލީލީ

    ސސަރިކާރާހެދި ސަރުކާރާ ރައްޔިތުން ޖެހިގެން މިއުޅެނީ

    20
  14. ކަޓުނަގާ

    ދެންހޮޓުވާނެ ކަމެއްނެތް. ވައްކަންކުރާ ވަގުސަރުކާރެއް އޮވެގެން ފަޔަޢް ހިނިއަރާގެން ތިޔައޮތޯ ސޯލިހުސަރުކާރެއްގެނެވިފަ. ވަރަށްރީތިވެއްޖެއެއްނު. އުރިހާ ބާރެއްމުށުތެރެއަަށްލާ ގައުމުގަ ދީނާ ދެކޮޅު ޖަމާއަތްހަދާ ޖޫޑިޝަރީ އަށް އަތާފަޔާ ބޯކޮށްޕާ ގައުމުގެ ބައިތުލްމާލު ދިރުވާލާ .ދެްނއަތްޖަހާ

    15
  15. ނަދާ

    ރައްޔިތުންނާ ސަރުކާރާ ޖެއްސުވީ އިޔާޒު އާއި ޒައިދު އާއި އަދި ދެތިން އިލްމުވެރިންނޭ ކިޔައިގެން އުޅުނު ބައެއް

    24
    3
  16. ޙިކްމަތް

    ޑރ.އިޔާޒް ތިބޭފުޅާ ވެސް އަގަ އޮތީމަ ދީނޭ ކިޔާގެން މަޝްއޫރު ވާންވެގެން އުޅެނިއްޔޭ، މިހާރު ވެސް ސަރުކާރުން މަތީ މަގާމެއް ތިބޭފުޅައަށް ދީބަލަ ވަގުތުން އަގަ މަޑު ކުރާނެ، މީ ހަގީގަތަކީ

    23
  17. ސުޢޫދު

    ޢެމްޑީއެންތަ އައްނިތަ އެކަމާ ވަކާލާތު ކުރަނީ އެމްޑީއެން އައްވުރެ ބޮޑައް އެމްޑީޕީގެ ބައެއް އިސްވެރިން ތިވާހަކަދައްކަނީ ރާއްޖޭގަ

    18
  18. ޥިސްނުން

    ޢިޔާޒު އަކީ މާކަމުދާ މީހެއްނޫން

    16
  19. ޖަޒީރާ

    ޢުވާލާނެ އެމްޑީއެން ދެންހަދާގާނޫނުތަކުން ހިންގޭގޮތަ ފުރުސަތުދީފަ އެމްޑީޕީ އެމްޑީއެން މީއެއްބައެއް ސަރުކާރު ހިންގަނީ އެމްޑީޕީއިން ތިންބާރު އޮތީއެއްވެ ސުޕަކެޓީއެއްޗަކައްވެފަ އެމްޑީއެން އިންބުނިގޮތައް ގާނޫނެއްފާސް ކޮއްފައޮތީ މިހާރުވެސް.

    20
    1
  20. ހިސެން

    އެހެން ނޫނަސް ސަރުކާރާ ރަ އްޔިތުންނާ އޮތީ މާ އެކުވެރި ގުޅުމެ އްނޫން. މި ސަރުކާރު އައިސްގެން އުޅެނީ 2008-2012 ކެވުނުވަރު ނުފުދިގެން އަމިއްލަ ޖީބައްބަރުކުރަން. މިފަހަރު ކަނީ ގާސިމާ އިމްރާން އަދި އިލްޔާސްއައް ވެސް ބައިއެޅިގެން.. މިއަހަރުގެ ބަޖެޓު ދޮވެލީ ހިނދު ކޮޅެއްގެ ތެރޭގަ. މާމުލި ވަގުން.

    20
  21. މުކި

    ކަލޭ ތީ އަޅެފަހެ ރަނޑު އަނހެނެއްތަ؟ ކޮންމެ ދުވަހަކު ކޮންމެވެސް ފީކުދާނު ވާހަކައެއް އެބަ ދައްކާ. ކަލޭގެ ހުނަރަކީ ފޮތުނަ އުފެއްދުމާ ދޭތެރެ ޖެއްސުން. އަދި މުޖުތަމާގަ ބައިބައިވުން އުފެއްދުނ

    6
    2
  22. ސަމް

    ނަމުގައި ވާފަދަ ސޯލިހް ބޭ ފުޅެއް ހުންނެވީ?ިހަމަ ހިނި އަންނަނީ.. ކިޔޭ ނުކިޔޭ އިނގޭތަ ކަލެއަށަށް

  23. ކުޑަކާށި

    ސެއިޚުންވެސް ސަހިންދާގެ ދިފާއުގައި ، ވަރަށްހިތާމަހުރިކަމެއްމި...

    9
    1
  24. ބުއްޑެވި

    ޢަހަރުވެގެންމިދަނީ! ޜިބަންފަށްކަޑާ ސެލްފީނެގުން ނޫން ކޮންކަމެއްގައުމަށް ކޮށްދިނީ! ތެދުފުޅެއް ! އައުވާނުންގެ ކޮށާރުތަށް އެހެރީ ސާލިހުކަމާއެކު ފުރާލަ ދީފަ! ސާލިހުއައްނި އެއް އެހެރީ ހަތަރު އުދަރެސް ފެނުގައިޖެހި ދިލުވާފައި! ޢެމީހަކަށް ދަސްހުރި އެއްޗެއް ކިޔަވާ ފެންމަތުރައިގެން ތިބެމާބަހީ !މިމުސީބާތުން ސަލާމަތް ވޭތޯ!

  25. ދީނީ

    ކަލޭމެން ކީއްވެތަ މިގައުމުގަ ފައިހިއްޕައިގެން އުޅެން ތިޔަ ދިމާކުރަނީ؟ މިގައުމަށް ކީތް ނުކުރެވިގެންތަ؟ ތިއޮތީ ޕާސްޕޯޓް، އެއޮތީ ސީރިޔާ. ނޫނީ އަފްގާނިސްތާނު. ސޫދާނު. ހަޅޭއް ނުލަވާ ފުރައިގެން ގޮސް ކަލޭމެން ތިޔަ ކުރަން އުޅޭ ކަމެއް ކުރަންވީނު؟

    2
    6
  26. އަބޫ

    އެމްޑީއެން އަކީ ސަރުކާރު. ސަރުކާރަކީ އެމްޑީއެން.