އިޓަލީގެ އިޓަލީގެ ކްރޫޒް ލައިނާއަކުން 2500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަތުވެއްޖެއެވެ.

"ކޮސްޓަރ ވިކްޓޯރިއާ" ނަމަކަށް ކިޔާ ކުރޫޒްއެއްގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިއްޔަގެ ވަގުތެއްގައެވެ. މި ފަތުރުވެރިން މާދަމާ ފުރަން ހަމަޖެހިފައި ވާއިރު މި މީހުން ދަނީ މާލޭގައި ހުރި އެކި ތާރީޚީ ތަންތަނާއި މާލެތެރެވެސް ބަލަމުންނެވެ. މީގެ އިިތުރުން ބައެއް ފަތުރުވެރިން ކައިރި ރިސޯޓުތަކަށާއި ބައެއް ރަށްތަކަށްވެސް ދާނެއެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް މާލެ އައިސްފައި ވާއިރު އެމީހުންގެ ކަންކަން އިންތިޒާމްކުރުމުގައި މަސައްކަތްކުރަނީ "އެލިއަންޒް" ކިޔާ ކުންފުންޏަކުންނެވެ.

ފަތުރުވެރިންގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި މި ކުންފުނިން ވަނީ އިއްޒުއްދީން ފާލަންކައިރީގައި ޓެންޓެއްވެސް ޖަހާފައެވެ.

ކޮސްޓާ ވިކްޓޯރިއާއަކީ 1996 ވަނަ އަހަރު އޮޕަރޭޓު ކުރަން ފަށާފައިވާ ބޯޓަކަށް ވީއިރު މި ބޯޓުން ފަތުރުވެރިން ގޮވާގެން ދޭތެރެ ދޭތެރެއިން ރާއްޖެއަށް އާދެއެވެ.

މިފަހަރު ކްރޫޒްލައިނާއިން އައި ފަތުރުވެރިންގެ ތެރޭގައި އިނގިރޭސިވިލާތާއި އިޓަލީއާއި ޓައިވާންގެ ފަތުރުވެރިން ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު