މަހަށް ނިކުމެ އުޅުނު އުމުރުން 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުސެއިން ސަނީހް ނަމަކަށް ކިޔާ ކ.ގުރައިދޫ ޒުވާނެކެވެ.

އޭނާ ނިޔާވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި އާއިލާ މީހުންގެ ދޯނީގައި މަސްވެރިކަން ކުރަން ނިކުމެ އުޅެނިކޮށް ވ. އަތޮޅު ހިސާބުންނެވެ. ސަނީހު ނިޔާވި ވަގުތު ދޯނި ދިޔައީ މަސް ބާނަންށެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ގަޑިން 3:30 ހާއިރެވެ.

"އެން ދަމައިގެން ބޮޔަށް މަސް ބާނަން ދިޔަ މަގުމަތީ އެން ވަތް ބަލަހައްޓަން ޑިއުޓީ ކުރަން ހުރީ ސަނީހް. އޭނާ ވަތް ތެރެއަށް އެރިފަ ދެން އެފަހުން ހަބަރެއް ނުވެގެން ބެލި އިރު ވަތު ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ" މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ސަނީހު ނިޔާވިކަން އެނގުނީ ދޯނި ތެރޭގައި އޮތް ހޮޅިއެއް ބަލައި ދިޔަ ފަހުން ހަބަރެެއް ނުވެގެން ގޮސް ބެލުމުން ކަމަށެވެ.

"ވަރަށް ބަސް އަހާ ރަނގަޅު ކުއްޖެއް އެއީ" ދާދި ފަހުން ސްކޫލް ނިމުނު ސަނީހު އާއި ބެހޭ ގޮތުން އެރަށު މީހަކު ބުނެފައި ވެއެވެ.

ސަނީހުގެ ހަށިގަނޑު ގުރައިދޫ އަށް ގެންގޮސް މިހާރު ވަނީ ވަޅުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ީތޮތޖ

  ކިތަ އްމެ ބަސް އެހި އަސް ހަގީގަތް ބަލާފަ އި ވަޅުލަން ޖެހޭނީ.
  ރޭގަ ތިނަދޫއިން ޕޮލިހުންނަށް ހަމަލާދިން ކަ އުންސިލަރުގެ ގޭގަ އިވެސް ޒުވާނަކު މަރުވި. ނަމަވެސް ވީގޮތެ އް އެހާ ރަނގަޅަށް ނުބަލަ އި ވަޅުލީ. ކިޔާތީ އަޑު އިވޭ އެވެސް ޕާޓީ ޑްރަގް އޯވަޑޯޒް ވެގެންވީ މަރެ އްކަމަށް.

  23
  7
  • ދަޑެކޮޑާ ތިނަދޫ

   ތިނަދޫއޭ ކިޔައިގެން ފާޑުފާޑު ވާހަކަ ނުދައްކައްޗޭ ތިނަދޫގަ ޑްރަގް ބޯބަޔަކުވެސް ވިއްކާބަޔަކުވެސް ނޫޅޭނެ. އަދި ތިނަދޫގަ ސަރުކާރުގެ މަތީމަގާމުތަކުގައާއި ސިޔާސީ ބޮޑުންގެ ގޮތުގަ ތިބި އެކަކަށްވެސް ތެލަކީ ކޯންޗެއްކަން ނުވެސްއެގޭނެ . ތިނަދޫގަ ތިބޭ ޕޮލިހުންށްވެސް އެގޭނެ ތިނަދޫއަކީ ޑްރަގްފްރީ ރަށެއްކަން. ތިނަދޫގެ ޒުވާންކުދިން ބީއެމްޑަބްލިޔު ކާރާއި އަގުބޮޑު ދިރިއުޅުން އުޅެމުން އެދަނީ ހަމަ އެކުދިން ބުރަމަސައްކަތް ކޮއްގެން ހޯދާ ފައިސާއިން އެގިއްޖެތަ. ތިނަދޫ އަކީ އެމްޑީޕީ ރަށެއް އެމްޑީޕީ މީހުން އަމުދުން އެކަހަލަ ހަޑިމުޑުދާރު އަމަލެއް ނުހިންނާނެ. ތަމްދީހު ދޫކޮއްލާ

   14
   45
 2. އަހާށޭ ބުނާބަސް

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  70
  1
 3. Anonymous

  ‎إنا لله وإنا إليه راجعون އާއިލާ އަށް ކެތްތެރިކަން ދެއްވާ ސަނީހުގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވާދޭ އާމީން

  87
 4. ޢަހްމަދު

  މަރުކޮމިޝަނުން ބަލާތަހުޤީޤް ކުރަންވާނެނު

  28
  5
 5. އެކުވެރިޔާ

  ސަނީހް އަކީ ވަރައް އަޚްލާގް ރަނގަޅު އެކުވެރިއެެއް..އެހާމެ އެކުވެރި އެއްމެނައްވެސް އެހީވާ ޒުވާނެއް ސަނީހް އައް ސުވަރުގެ މިންވަރު ކުރައްވާށި އާމީން

  60
 6. އަޙްމްދު

  އޮޅިއްޖެ. މަހަށް ނި ކުތީ ފަތިހު. ނިޔާވެފަ އޮއްވާ
  ފެނުނީ ތިންގަޑި ތިރީހުގަ. އަރަތެއްތޯ. ޕޯސްޓްމޯޓަމެއް ހަދަންފެނޭ.