ގުދުރަތީ ގޮތުން ގެއްލުން ލިބިދާނެކަމަށް ބެލެވޭ ތަރިކަތަކާއި ގުޅޭ މައުލޫމާތު ތަރުތީބުކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ރައްކާތެރި ކުރުމަށް އޮކްސްޕޯޑު ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު ޝިހާމެވެ. އަދި އޮކްސްޕޯޑު ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓާއި ހަވާލުވެ ހުންނެވި ޑރ މައިކަލް ފީނޭރ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިހާމް ވިދާޅުވީ ދިވެހިންނަކީ ޒަމާނީ ދިގު ތާރީހަކަށް ކުރިއަރާފައިވާ ތާހީރީ ހަޞޯރަތެއް އޮތް ބައެއް ކަމަށާއި ދިވެހިންގެ ކުޅަދާނަ މަސައްކަތްތެރިކަމާއި ދޮށިކަމުގެ ވާހަކަ ގިނަ ތާރީހީ އިލްމުވެރިންތަކެއް ލިޔެފައިވާ ކަމަށެވެ. އަދި މި ވާހަކަތަކުގެ ހަގީގަތް ސާބިތުކޮށްދޭނެ ކަންކަމާއި ތަންތަނަކީ އަޅުގަނޑުމެންގެ ކާބަފައިން ދޫކުރައްވާފައި އަޅުގަނޑުމެންގެ ތަރިކަތައް ކަމަށް މިނިސްޓަރ ޝިހާމު ވިދާޅުވިއެވެ.

އޭގެ އިތުރުން ބައުނަވަންތަކަމަށް ހުޅުވިފައިވާ މި ދިވެހިރާއްޖެ އަކީ އިމެއް މިނެތް ނެތް ހޯދުންތަކާއި ދިރާސާތަކަށް ހުޅުވިފައިވާ ގައުމެއް ކަމަށާއި ގައުމުތައް ވަކިވަކިން ކަންތައް ކުރުން މިއަދު ދުނިޔޭގައި މި އަންނަނީ މަދުވަމުން ކަމަށް މިނިސްޓަރު ޝިހާމް ވިދާޅުވިއެވެ. އަދި އެއްގައުމަކަށް ދިމާވާ މައްސަލައެއްގެ އަސަރު އެހެން ދުނިޔޭގެ ގައުމަކަށް ކުރުމަކީ މިއަދު އާންމުވެފައިވާ ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އެގޮތުން ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ މިއަދު ހަމައެކަނި އެ ނިސްބަތްވާ އަހުލުވެރިންގެ އިތުރުން އެކަމަށް ޝައުގުވެރިވާ ގިނަ ބައެއްގެ މަސައްކަތަކަށް މިހާރުވަނީ ވެފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ހެރިޓޭޖް ސާވޭ" ގެ ނަމުގައި ސާވޭއެއް ކުރެވޭނެއެވެ. އެގޮތުން މި ސާވޭގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ގެއްލުން ލިބިދާނެކަމަށް ބެލެވޭ ތަރިކަތަކާއި ގުޅޭ މައުލޫމާތު ތަރުތީބުކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ރައްކާކުރެވޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އޭގެ ތެރޭގައި މިސްކިތްތަކާއި މަހާނަ ގައުތަކާއި ހަތްތެލިތައް ފަދަ ތަންތަނުގެ ފޮޓޯ ނެގުމާއި ތްރީޑީ ޓެރިސްޓެރިއަލް ސްކޫން ކުރުމާ، ޖިއޯސްރަފިކް އިންފޮމޭޝަން ސިސްޓަމް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ދެ އަހަރު ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސާވޭގައި، އޮންލައިން ޑޭޓާ ބޭސްވެސް އެކުލަވައިލުމަށް ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު