"ބަޑި ބުރާސްފަތި"ގެ ނަމުގައި 3 ނޮވެމްބަރު ފާހަގަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިޔަށް ގެންދިޔަ އެއްވުން ރޫޅާލުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ގެންގޮސްފިއެވެ.

މި އެއްވުމުގެ ބައިވެރިންތަކެއް ހައްޔަރުކޮށްފައި މިވަނީ، އެއްވުން ރޫޅާލަން ފުލުހުން އުޅުމުގެ މަސްލަހަތު ގޯސްވެ ހަމަނުޖެހުން ހިނގާފައި ވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އެއްވުމުގެ ދިހަ ބައިވެރިން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މި އެއްވުން ރޫޅާލަން މަސައްކަތްކޮށްފައި ވަނީ، މިރޭ 8:30 ހާއިރު އެއްވުން ފެށުމާއެކު އެ ސަރަޙައްދަކީ އެއްވުން މަނާ ސަރަޙައްދެއްކަން އިއުލާނު ކުރުމަށްފަހުއެވެ. އެއަށްފަހު ފުލުހުން ވަނީ އެ ސަރަޙައްދަށް އެއްވެ ތިބި މީހުން ސަރަޙައްދުން ފޮނުވާލުމަށް މަސައްކަތް ކޮށްފައެވެ.

ފުލުހުން ވަނީ އެއްވުން ކުރިޔަށް ދިޔަ ސަރަޙައްދަށް ގޮސް ޕީޕީއެމް އޮފީސް ތެރޭގައި ބޭނުންކުރަމުން ދިޔަ ސައުންޑު ކަނޑާލުމަށްވެސް މަސައްކަތް ކޮށްފައެވެ.

3 ނޮވެމްބަރު ފާހަގަ ކުރަން ބާއްވާ އެއްވުމަކަށް ފުލުހުން ހުރަސް އަޅާއިރު، މި ރާއްޖޭގެ ތާރީޙުގައިވެސް 3 ނޮވެމްބަރު ފާހަގަ ކުރުމަށް ފުލުހުން ހުރަސް އަޅާ މިއީ ފުރަތަމަ ފަހަރެވެ.

-އިތުރު ތަފްސީލު އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަނީފް

    އެންމެން ވާނުވާ ޖަހާފަ ބައިތިއްބާ

    2
    26
    • Anonymous

      ކަލޭ ބޮލުގަ ނާށިގަނޑޭ ނު ކިޔާ.

      13
  2. Anonymous

    3 ނޮވެމްބަރ ބާގީންގަނޑު ވެރިކަމުގައި ތިއްބަ އެދުވަސް ފާގައެއް ނުކުރެވޭނސ ނު

    16
  3. ާއަހްމަދު

    ޢެންމެން ވާނު ވާ ޖަހާފަ ކުޑަގޮޅީގަ ބައިތިއްބާ މިނުނު ނާޅިން މެލާ.

    1
    2