އިދިކޮޅު ފަރާތްތަކުން މިރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިޔަށްގެންދާ އެއްވުމަށް ހުރަސްނޭޅުމަށް ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ފުލުހުންނަށް ގޮވާލައިފިއެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން ކުރިޔަށްގެންދާ އެއްވުމަކީ ނޮވެމްބަރު 3 ފާހަގަކުރުމަށް "ބަޑި ބުރާސްފަތި" ގެ ނަމުގައި ކުރިޔަށްގެންދާ އެއްވުމެކެވެ.

މި އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތް ކޮށްފައިވާއިރު، އެއްވުމުގެ ބައެއް ބައިވެރިން ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޭރެންސީން މިރޭ ބުނީ، ސުލްޙަވެރި އެއްވުންތައް ކުރިޔަށް ގެންދިއުމަކީ އިދިކޮޅު ފަރާތްތަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން މިރޭ ކުރިޔަށްގެންދާ އެއްވުން ރޫޅާލައި ބާރުގެ ބޭނުން ނުކުރުމަށް ގޮވާލާ ކަމަށް ޓްރާންސްޕޭރެންސީން ބުނެފައި ވެއެވެ.

ފުލުހުން މި އެއްވުން ރޫޅާލަން މަސައްކަތްކޮށްފައި ވަނީ، މިރޭ 8:30 ހާއިރު އެއްވުން ފެށުމާއެކު އެ ސަރަޙައްދަކީ އެއްވުން މަނާ ސަރަޙައްދެއްކަން އިއުލާނު ކުރުމަށްފަހުއެވެ. އެއަށްފަހު ފުލުހުން ވަނީ އެ ސަރަޙައްދަށް އެއްވެ ތިބި މީހުން ސަރަޙައްދުން ފޮނުވާލުމަށް މަސައްކަތް ކޮށްފައެވެ.

ފުލުހުން ވަނީ އެއްވުން ކުރިޔަށް ދިޔަ ސަރަޙައްދަށް ގޮސް ޕީޕީއެމް އޮފީސް ތެރޭގައި ބޭނުންކުރަމުން ދިޔަ ސައުންޑު ކަނޑާލުމަށްވެސް މަސައްކަތް ކޮށްފައެވެ.

3 ނޮވެމްބަރު ފާހަގަ ކުރަން ބާއްވާ އެއްވުމަކަށް ފުލުހުން ހުރަސް އަޅާއިރު، މި ރާއްޖޭގެ ތާރީޙުގައިވެސް 3 ނޮވެމްބަރު ފާހަގަ ކުރުމަށް ފުލުހުން ހުރަސް އަޅާ މިއީ ފުރަތަމަ ފަހަރެވެ.

-އިތުރު ތަފްސީލު އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބިޖޫ

    ސަރުކާރައް ހަޖަމްނުވީދޯ ހަޖަމް ހަޖަމް

    86
    4
    • ޒިކް

      ޤާނޫނު ވާނީ ޤާނޫނަށް ހަޖަމު ވިޔަސް ނުވިޔަސް ޤާނޫނު ތަންފީޒުކުރުން ވާޖިބު ވާނެ ފުލުހުންނަށް.. ޕީޕީކުދިން އަމިއްލައަށް ފޭއްސި އިލޮށި އަމުއްލަ ލޮލަށް ހެރިފަ ތިއޮތީ..އެއީ އަދި ދެމީޖުންނާ ފަޅި ތިބި މުޒާހަރާއަކަސް އެކަން އޮންނާނީ އެހެން

      • Anonymous

        ޕޮލިހުންވެސް ތިބީ އެމްޑީއެން ހަމީ ދު ދެކެ ވަރަށް ރުޅިއައިސްފަ، ރޭގެ މުޒާހަރާ ތެރެއިން އެކަން އެގިއްޖެ،

  2. ޢަފްލާ

    މިރޭ ޖެހީ ޕެޕަރ ސްޕްރޭއެއްނޫން ބާޣީ މެޑަމް ފެން

    38
    2
  3. މަޒް

    ދެމީހުންނާއި ފަޅި ތިއްބަސް ފުލުހުން ވަރަށް ބޮޑު ކޮއްލާނެ..

    34
    1
  4. ސފރޖދ

    ވަރަށް ޓްރާންސްޕޭރަންސީކޮށް ބޭއްވުނު އެއްވުމެއް ސީޕީ ހަމީދާ ދާޚިލީ ވަޒީރު ޣައިގާނޫނީ އެންގުން އަންގައިގެން ޕޮލިހުން އައިސް ރޫޅާލި. އެތާކު އެއްވެސް ހަމަނުޖެހުމެއް ބަޔަކުހިންގީކީއެއްނޫން. މީގެކުރީގެ ރޭތަކުގައި ވެސް އެކުދިން އެއްވުން ބާއްވާ ވާހަކަވެސް ދައްކާ. މިރޭގެ އެއްވުން މިސަރުކާރަށް މުހިންމުވީ ކީއްވެ؟ ނަސްރުގެ ދުވަހުގެ އަސްލު މިހާރުގެ ޖީލުތަކަށް އަޑުއިވިދާނެތީ އެވާހަކަ ދެއްކުމަށް ފުރުސަތު ނުދޭންވެގެން. ޙާލަތަކީ ބަދަލުވާ އެއްޗެއް. އިރާދަކުރައްވައިފިއްޔާ ލަހެއް ފަހެއް ނުވެ މިހާރުގެ ޙާލަތު ބަދަލުވެދާނެ.

  5. ޙަމަހަމަ

    ޓްރާންސްޕޭރަންސީ މާ މާތް ބައެއްގެ ސިފަޖެހެން ނޫޅޭ ! ޢެނގެޔޭ ތިއީ ހަގީގަތުގަ މޑނ ޒާތު ބައެއްކަން.

  6. ޢާސީ

    މާގިނަ ބަޔަކު ތިބޭ ކައް ނުޖެހޭނެ

  7. ސަޓޯ

    ހުދުމުހުތާރު ލާދީނީ އެމްޑީޕީ ކާހިނު ސަރުކާރުން ރައްޔިތުން ފިއްތާވަރު ފެނިގެންމިދަނީ... ބިރުން ތެޅިބާލަނީ

    3
    1
  8. ސޮއްބެ

    ވެއްޓިދާނެތީވެ ބިރުން ކާހިނު ސަރުކާރު. ހައްހައްހާ