ފުވައްމުލަކު ތުނޑި ސަރަޙައްދުގައި ނަމާދުކުރާ ގެއަކާއި ފާޚާނާ ބަރިއެއް ހެދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ފުވައްމުލަކު ތުނޑި ސަރަޙައްދުގައި ނަމާދުކުރާ ގެއަކާއި ފާޚާނާ ބަރިއެއް ހެދުމަށް ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ނޮވެންބަރު ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ނޮވެންބަރު ވާ އަންގާރަ ދުވަހުގެ 11:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

ފުވައްމުލަކު ތުނޑި އަކީ ހިތްގައި ރީތި ތުނޑިއެކެވެ. އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ހާއްސަކޮށް ހަފްތާ ބަންދުގައި ވަރަށް ގިނައިން ތުނޑިއަށް ޖަމާވެއެވެ. އަދި އެރަށަށް ޒިޔާރަތް ކުރާ މީހުން ވެސް ފުވައްމުލަކު ތުނޑީގެ ރީތިކަން ދެކިލަން ތުނޑިއަށް ދެއެވެ.

އެތަނަށް ލައްގާ ވެލިފުށްތަކުގެ ސައިޒާއި އޮމާންކަމާއި ރީތިކަން އެހެން އެއްވެސް ރަށަކަށް ލައްގާ ވެއްލާ އެއްގޮތެއް ނޫނެވެ. އަދި އެ ވެލީގައި ހިރަފުސް ހަރުލުން ކުޑަކަމާއި ވެލިފުށްތަކުގެ ބޮޑަތި ކަމާއި މި ނޫންވެސް ރީތި އެތައް ސިފަތަކެއް ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުޢޫދު

    ޜަގައަޅު ވިސްނުމެއް އެއްމެފުރަތަމަ ދީން ދެންގައަމު ތިކައުންސިލް ވާނެ އެހެން ރައްތަކައް ނަމޫނާބައަޔަކައް ހުޅުމާލެއިންފެއްނާނީ މުޅިންވެސް ކަޑަތަކެއް ބާރައްލަވަޖަހާފަ ކުލަބޮކިދިއްލާފަ ބޭރުގެ ބައެއްގަމުތަކުގަވެސް ހުރޭ ހަދާފަ އެބައެއްގެ އަޅުކަންކުރާތަންތަން އިންޑިއާގަ ވަރައްގިނަވާނެ އެއްވެއުޅޭސަރަހައްދު ތަކުގަ

  2. އަންނި ކުއްތާ

    އޮއް އޯ...ތިޔާ ގޯސްވީ، ލާދީނީ ރީނދޫ ބައިގަނޑު މޭކަރާ ގޮތް ތިޔަ ހަދަނީ. އެ ބައިގަނޑު މިސްކިތް އެޅުމާއި ދެކޮޅަށް ރިޕޯޓެއް ނެރޭނެ. ނޫން ނަމަ ތިޔަ ތާނގަ މިސްކިތާ ޖެހިގެން ނައިޓްކުލަބެއް އަޅާނެ. މާލޭގެ ޡޮއިބާ މިސްކިތް ކުރިމަތީ ފާހިޝް އަމަލުތައް ހިންގާ ތަނެއް ހުޅުވިހެން.

  3. ހަލީމް

    ކީއްކުރަން ނަމާދު ގެޔެއް. މިސްކިތެއް އެޅީމަ ނިމުނީނުން.

    10
  4. މޯޯދީ

    ތިމިސްކިތް ބިންގާ އަޅާނީ އަންނި، ތިތަންހުޅުވާނީ އިބޫ، ދެން އެއިރުން ފޮޓޯނަގާފަ ދިވެހި ނޫސްތަކުގަ ޖެހީމަ އެއޮތީ ދެމީހުންވެސް ދީނީ އިލްމުވެރިންނަށްވެފަ!

  5. އައަޝާ

    ތި ތުނޑި ތީ ގިރާ ތަނެއް ނޫންތަ

    3
    4