ސިފައިންގެ ފައުޖުތައް އަބަދުވެސް އޮންނާނީ އަތުވެދާނެ ހަމަލާއަކުން ދިފާޢުވުމަށް ތައްޔާރަށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ނޮވެމްބަރ 3 ގައި އުދުވާނީ ހަމަލާދިން އިރު ރާއްޖެ އޮތީ އެފަދަ ހަމަލާއަކަށް ތައްޔާރުވެގެން ނޫންކަމަށެވެ. ނަމަވެސް މިހާރު ސިފައިންގެ ފައުޖުތައް އޮތީ އޭރާ އަޅާބަލާއިރު ތައްޔާރަށް ކަމަށާއި ދިވެހި ސިފައިންނަކީ މިއަދު ތަމްރީނުތައް އަބަދު ލިބިލިބި ތިބި ބައެއްކަމަށް މާރިޔާ ވިދާޅުވި އެވެ.

މިފަހުން ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ ސްރީލަންކާއަށް އެފަދަ ހަމަލާއެއް ދީފާނެކަމަށް އެއްވެސް ބަޔަކު ހީނުކުރާކަމަށެވެ. ރާއްޖެ އަބަދުވެސް އޮންނަނީ ތައްޔާރީ ހާލަތެއްގައި ކަމަށާއި އެފަދަ ކަންކަމުގެ މައުލޫމާތުތައްވެސް ރާއްޖެއަށް އަބަދުވެސް ލިބެމުންދާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

"ވަދެގެން އަންނައިރުވެސް އަޅުގަނޑުމެންގެ ރާޑަރ ސިސްޓަމްތަކާ އެއްޗެހިވެސް ރާއްޖޭގައި ބަހައްޓަމުން ދަނީ. އެހެންވީމާ ސިއްސައިގެން ދާ ގޮތަކަށް ވަދެވިގެންވެސް ނުވާނެ. އަޅުގަނޑަށް އިވޭ އެކިބޭފުޅުން އެކި ގޮތްގޮތަށް ރާޑަރތައް ބަހައްޓާތީ ވާހަކަ ދައްކަމުންދާތަން. އެކަމަކު ހަޤީޤަތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނޭންގޭ ބޯޓުތަކެއް ވަދެގެން މިހިސާބަށް އަންނައިރު އެނގޭނެ ގޮތަށް ތައްޔާރުވުމަށްޓަކައި ބެހެއްޓޭ ރާޑަރުތަކެއް އެއީ. އެހެންވީމާ ކުރިޔަށްވުރެ ތައްޔާރަށް އަޅުގަނޑުމެން ތިބޭނޭ" މިނިސްޓަރ ވިދާޅުވިއެވެ.

ސިފައިން މިހާރު މަސައްކަތް ކުރަމުންދަނީ ވަރަށް ޕްރޮފެޝަނަލް ކޮށް ކަމަށާއި ސިފައިންގެ ސަފުތަކަކީ ބަދަހި ސަފުތަކެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް ފާހަގަ ކުރައްވާފައެވެ.

"މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުގައި އޮވޭ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް. އެތަނުން ހަމަ ބުރަ މަސައްކަތެއް ކުރައްވަމުން ގެންދަވަނީ ރައްޔިތުން ހޭލުންތެރި ކުރައްވަން. މަދަރުސާތަކުގައިވެސް ވަރަށް ބައިވަރު ސެމިނާރ ވޯކްޝޮޕްތައް އޮންނާނެ ބޭއްވިފައި. ނޭޝަނަލް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ހެދި އޭގެ ދަށުން ޕްލޭން ހެދެމުންދަނީ ހަމަ ރައްޔިތުންގެ ކޮންސަލްޓޭޝަނާއެކީ ގައި މިހާރު އެންސީޓީން ހުޅުވާލާފައި އެބައޮތް އެ ނޭޝަނަލް ސްޓްރެޓެޖިކް ޕްލޭން ތަންފީޒުކުރުމަށްޓަކައި އެކްޝަންގެ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ނަޟްރުގެ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް ސިފައިންގެ ފައުޖުތައް އަބަދުވެސް އޮންނާނީ ހޭލާ ތައްޔާރަށް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއިރު 1988 ވަނަ އަހަރުގެ ހަމަލާ ރާއްޖެ އަށް އަމާޒުވިއިރު ސިފައިން ތިބީ "ފިނދަނަތަކެއް ހެން ބޮނދައި ކަމަށް" މިނިސްޓަރ މާރިޔާ ވިދާޅުވެފައި ވާތީ އެކަމަނާ އަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    އެހެވެދޯ ސިފައިންގެ ހިނގާލުމަކަށް ވަދެ އެމީހުންނާ ދިމާލަށް ހިތުހުރި ހަޑިހުތުރު އެއްޗެތި ގޮވީ. މާރިޔާ....... ލަދު ކޮބައި؟

    65
    • ކެކެކެ

      އާނއެކޭ އާނއެކޭ ލައްބައޭ ލައްބައޭ އަނގަމަތީ ޖަހާ ފަޅާލަން ވެއްޖެއްޔާ ހަމަ ފަޅާލާނީ ދެންވެސް.

      22
      1
  2. މމ

    މިހާރު ސިފައިން ވަރެއް ނެތް، އޮދިކޮޅުގަ ތިބިއިރު، ގޮވީ ސިފައިން ތިބީ ފިލަޔޯ

    48
  3. ާަެއޮބީ

    މާރިޔާ އިސްތިޢުފާ ދީފަ ފައިބާ

    44
  4. މާފާނު

    މާރިޔާ ރަކިވީތަ

    40
  5. Anonymous

    މިއެމްޑީޕީ މަތީ ފަޑީގަ މިތުބެނީ ހާ ދަ ޖަންގަލީ މީހުންނޭ

    43
  6. ރާއްޖެ

    ބަލަ އެމީހުން ނޮވެމްބަރ 3ގަ ތިބީ ފިލާ އޭ ބުނީ ވެސް ހަމަ ތި އަގައިން.

    48
  7. އެމްޑީޕީ ކަލޯ

    މިއަށްވުރެ ލަދުޙަޔާތް ކުޑަ އަންހެނަކު މި ޤައުމުގައި ނުހުންނާނެ. ލަދު ޙަޔާތުގެ ކަންފުޅެއް ހުރިނަމަވެސް މިއަންހެނާ އެމަޤާމުގައި ނުހުންނާނެ.
    ސިފައިންނަކީ ފިނޑިން ކަމަށާއި، ސިފައިންނަކީ 3 ނޮވެމްބަރ ދުވަހު ބިރުން ފިލި ބައެއް ކަމަށް ޕޯޑިއަމްތަކުގައި ގޮވި އަންހެނާ މީ.
    ސިޔާސީ ބޭނުމަށްވެސް ދައްކަންޖެހޭ ވާހަކައާއި ދައްކަން ނުޖެހޭ ވާހަކަ ވަކިކުރަން ނޭނގޭ، ބާޣީންނަާއި ލާދީނީ އަދި ޤައުމު އިނދަޖައްސާލަން މަސައްކަތްކުރާ ފަރާތްތަކަށް ވާގިވެރިވާ ހަޑިމުޑުދާރު އަންހެނެއް.

    49
  8. ލާއިލާ

    ލަދު ހަޔާތް ކުޑަ. ސިފައިންނަކީ ފިނޑިން ކަމަށާއި، ސިފައިންނަކީ 3 ނޮވެމްބަރ ދުވަހު ބިރުން ފިލި ބޮނދައިގެން ތިބި ފިނދަނަތަކެކް ކަމަށް ޕޯޑިއަމްތަކުގައި ގޮވި އަންހެނާ މީ.

    35
  9. ކާފަ

    "އަހަންނަން ފެންނަނީ ތަޅާނެ ކުދިންކޮޅެއް ހޯދައިގެން ތަޅަން" ނަޝީދު

    35
  10. ޑެއިލް

    ފިނޑި ފިދަނަތަކެއް ފަހަތަށް ލައިގެން އެމީހުންގެ ހިމާޔަތުގައި ވަގު ކަނބިއްޔެއް ހެން ތިހިރީޔޯ.

    33
  11. ލައިލާގެ ރައިވަލް

    ހަނދާނަށް އަންނަނީ އަގްލީބެޓީ އިންޑިޔާ ޓީވީ ޗެނަލަކަށް ދިން އިންޓަވިއު މަތިން.
    ހޭބަލިވެފައި ތިބޭ ބައެއް. ގައުމުގެ ފަޚްރު ކަމުގައިވާ ދިފާއީ ބާރަށް ކުޑައިމީސް ބަހެއް ބުނި ދައްޖާލަކަށް އަހަރެން ދުވަހަކުވެސް މައުފެއް ނުކުރާނަށް.

    24
  12. ހަޒަމް

    ސިފައިން ލަދުގަންނަންޖެހޭ.. ކަލޭމެންނައް ޖޯކު ޖަހަން ސަރުކާރު ތިހިރަފެންނަނީ މާރިޔާ ކަލޭމެންގެ މިނިސްޓަރައް ހަދާފަހުއްޓާ..

    19
    1