އދ.މަންދޫ ބޭރުން ހާލުގައި ޖެހިފައި އޮތް އިރާނު ބޯޓެއް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ރާއްޖެއިން ބޭރުގެ ލަކުޑި ބޯޓެއް އިންޖީނު ހުއްޓިގެން މަންދޫއާ ދިމާލަށް އޮޔާދާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 08:20 ކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

މި ބޯޓުގެ މަޢުލޫމާތު ލިބުމުން ފުލުހުން އެސަރަހައްދަށް ގޮސް ފުލުހުން އެ ބޯޓަށް އަރާ ބެލިއިރު މިއީ އިރާނުގެ ބޯޓެއްކަން ވަނީ އެނގިފައި ކަމަށާއި އަދި މިބޯޓުގައި އިރާނުގެ 7 މީހުން ތިބި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިހާރު އެ ބޯޓާ ގުޅޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުން އާއްމުކޮށް ފެންނަ އީރާންގެ ބޯޓުތަކުން މީގެ ކުރިން ވަނީ މަސްތުވާތަކެތި ގިނަ އަދަދަކަށް އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްދުފަހަނައަޅައިފަ

    ނޯވޭ މަސްވެރިން ނޫޅެ ދިވެހީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާގޮސްގެންނެއް، އަހަރުމެންވެސް ނުދަން އިރާނު ކަނޑުއޮޅިން މަސް ކީކުރަން އެހެންއެޗެއްވެސް ހޯދާކަށް!