އެ މަނިކުފާނުގެ ކިބައިން ރައްޔިތުންނަށް ސަލާމަތެއް ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްޙޫރިއްޔާ، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ އެމަނިކުފާނު މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފޭދޫ އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނާ ދޭތެރޭ ކުޑަކޮށް ހިތްހަމަނުޖެހުނަސް އެ މަނިކުފާނުގެ ކިބައިން ރައްޔިތުންނަށް ސަލާމަތެއް ނުވެވޭނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ތިބޭފުޅުން އަޅުގަނޑު ދެކެ ތިބޭފުޅުން ކުޑަކޮށް ހިތްހަމަނުޖެހުނަސް، އަޅުގަނޑު ތިބޭފުޅުންނާ އެއްކޮށް ދެމިހުންނާނަން، އަޅުގަނޑުގެ ކިބައިން އިރާދަކުރެއްވިއްޔާ ސަލާމަތެއް ނުވެވޭނެ. ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށް ފައްސާލެވުނަސްވެސް، ތިބޭފުޅުންގެ ހިތްވަރާއެކީގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މިހުރީ އާދެވިފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިއްޔެއަކީ ރައްޔިތުން އެމަނިކުފާނު ރާއްޖެ އާދެވޭގޮތް ހައްދަވައި ދެއްވިތާ އަހަރެއްވި ދުވަސް ކަމަށެވެ. އެމަނިކުފާނަށް އެނބުރި ރާއްޖެއަށް އައުމަށް ފުރުސަތު ލިބުނީ އެމްޑީޕީގެ ބައިވަރު މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ދުވަހަކުވެސް އެކަމުގައި ތިބޭފުޅުންނަށް ހައްގު ޝުކުރެއް އަދައެއް ނުކުރެވޭނެ. އަޅުގަނޑު އަބަދުވެސް އޮންނާނީ ތިބޭފުޅުންނަށް ދަރަނިވެރިވެފައި. އަޅުގަނޑުގެ ޙަޔާތް އަޅުގަނޑު ހޭދަކުރެވޭތޯ ބަލާނީ ތިބޭފުޅުންނާ އެއްކޮށް، ތިބޭފުޅުންގެ މަސައްކަތުގައި، މި ޕާޓީ އަށާއި، ޕާޓީގެ އެންމެހާ މެމްބަރުންނަށްވެސް އަދި ރައީސުލްޖުމްހޫރިއްޔާ އަށްވެސް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން،" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ކަތްދަ

    ރަނގަޅު ވާހަކައެއް ތިޔަ އަކުން ދިވެހިންނަށްް ސަލާމަތެއްނުވެވޭނެ.ހެހެހެ

    202
    4
    • ހުސްނު ނޫނު

      "އައްޑޫ ތައްޔިތުންނަކަށް އަޅުގަނޑުގެ ކިބައިން ސަލާމަތެއް ނުވެވޭނެ. އެމީހުންގެ ބޯ ގޯސްވާނެ.

      35
  2. މަގޭ ޚިޔާލު

    ޝައިޠާނާގެ ކިބައިން ސަލާމަތްވެވިއްޖެ ދިވެހި ކޮންމެ ރައްޔިތަކަށް ކެނެރީގޭ ނަސީދުގެ ކިބައިންވެސް ސަލާމަތްވެވޭ ހުއްޓެވެ. ދެންފަހެ، ކެނެރީގޭ ނަސީދަކީ އިންސީންގެ ތެރެއިންވާ ޝައިޠާނެކޭ ބުނާކަށް ނެތީމެވެ.

    247
    2
    • ދޮގެއް؟

      أعوذ بالله من الشيطان الرجيم !
      ޝައިޠާނާ ދުރަށް ދޭ. ގެއްލޭ. ފެއްސޭ.
      ދެން ނުކެރޭނެ ގާތް ވާކަށް.
      މިނޫން އެހެން ގޮތެއް ހޯދަން އުޅޭ މީނުނަށް ސަލާމަތެއް ނުވެވޭނެ.

      43
  3. ާަާމަ

    ހާދަހާ ބޮޑާބަސްވެސް އެބަބުނެޔޭދޯ!

    200
    1
    • ދދދދދދ

      ޝައިޠާނާގެ ވަސްވާހަށް ހެއްލިގެން ތިބި ބަޔަކަށް ސަލާމަތެއް ނުވެވޭނެ. އެނޫން މީހުން ގައިކޮޅުގައިގާދުރު!

      48
    • މުޙައްމައިދީ

      "އައްޑޫ ތައްޔިތުންނަކަށް އަޅުގަނޑުގެ ކިބައިން ސަލާމަތެއް ނުވެވޭނެ. އެމީހުންގެ ބޯ ގޯސްވާނެ.

      29
  4. ހީރާޕަން

    މިހާރު އޭނާދެކެ މީހުން ރުޅި އަންނަވަރު އެނގޭތީ ކުޑަކޮ އްވެސް ތާ އީދެ އް އޮތް ތަނަކަށް ގޮސް ފޮނިތަޅަނީ ދޯ ޖިންނިބޭގަނޑު

    200
    2
  5. އައިޝާ

    ތީ މިގައުމައް ޖެހިފަ އޮތް ވަބާޔެއް

    234
    1
  6. އައްޔު

    ބޮޑިބަތް ކެއީމަ ސަލާމަތެއްނުވާނެ

    196
    1
    • ހުސޭނުބެ 2

      "އައްޑޫ ތައްޔިތުންނަކަށް އަޅުގަނޑުގެ ކިބައިން ސަލާމަތެއް ނުވެވޭނެ. އެމީހުންގެ ބޯ ގޯސްވާނެ.

      23
      1
  7. ގަންޖާ

    އަހަރުމެން އިރާދަކުރެއްވިއްޔާ މުޅިއުމުރަށް ވެސް މިތިބީ ކަލޭގެ ކިބައިން ސަލާމަތް ވެގެން އަހަރުމެން އަބަދުވެސް ދުޢާކުރަނީ ކަލޭގެ ކިބައިން އެންމެން ވެސް ސަލާމަތް ކުރައްވާތޯ،،،،،

    241
    2
  8. އަލަންގިރި

    ދިވެހިންނަށް ހުރި އިބްރަތެއްމިއީ. ދިވެހިންނަކީ ކޮންބައެއްކަން މީނާއަށް ދައްކަންވީ ވަގުތަކީ މިއީ. މީނާ އެބުނި ބަހަކީ ވަރަށް ނުރައްކާތެރި މެސެޖެއް.
    މީނާގެ ކިބައިން ސަލާމަތް ވެއްޖެމީހަކަށް ނަސީބުހުރި ދުނިޔެއާއި އާހިރަތުގައިވެސް.

    220
    2
  9. ޗީޗީ

    ރަގަޅަށް ތިޔަބުނޭ
    ތިޔައީ ހަމަ ބޮޑު ބަލާ ވެރިކަމެއް

    186
    2
  10. އެބަވިސްނޭތަ

    ވިސްނުމެހުރިނަމަ ރަގަޅަށް ވިސްނާ ނަޝީދުގެ ވާހަކަތައް.. ތިބޭފުޅުންގެ މަސައްކަތުން މިހުރީ އާދެވިފައޭ ތިމަންނާގެކިބައިން ރައްޔިތުނަށް ސަލާމަތެނުވެވޭނެޔޭ.. ރަގަޅުވާހަކައެ މަނިކުފާނުގެ ކާފާފުޅުން ފެށިގެން ބައްޕާފުޅާ ބޮޑުބޭބެފުޅާ މުޅިއާއިލާގެ ކިބައަކުން ގައުމާ ރައްޔިތުން މިންޖުނެވެމިދަނީ.. އެހުރިހާ މީހުންކުރަންއުޅެ ނުވިކަންތައްތަ ކުރަމުންމިދަނީ މަނިކުފާނު.. ނަޝީދަށް ބުނެލަންއޮތީ ސަލާމަތްނުވެވިގެން އުޅެނީ މަނިކުފާނުފަދަ ނުވިސްނޭ ބައެއްމީހުންނަ.. ވިސްނޭމީހުން އަބަދުވެސް ގޮވަމުންދަނީ ތިއީ ނުރައްކާތެރި ވިހަގަދަ މަކަރުވެރި ހަރުފަ ހިޔަޅު ކިބޫ މިފަދަ ޖަނަވާރުތަކަށްވުރެ ނުރައްކާތެރިމީހެކޭ.. މިދުނިޔޭގެ ކެކުޅުންތަކަށް ކެތްކޮއްލެވުނަސް އާޙިރަތުގަ ސަލާމަތެނުވާނެ މަނިކުފާނުގެ ދަލުގަޖެހުނުމީހަކު..

    149
  11. ހުސެން

    ރަނގަޅޭ ކަލޭ ތިޔައީ ރައްޔިތުންނަށް ޖެހިފަ އޮތް ބަލާވެރިކަމެއް ،

    146
    • ހުސެން

      "އައްޑޫ ތައްޔިތުންނަކަށް އަޅުގަނޑުގެ ކިބައިން ސަލާމަތެއް ނުވެވޭނެ. އެމީހުންގެ ބޯ ހަމަނުޖެހޭނެ.

      21
  12. ހުދުހުދު

    އިންޝާﷲ ތި ލާދީނީ ކަލޭގެ އާއި ވައިއެޅޭ ހިސާބަކަށް ވެސް ދުވަހަކުވެސް ނުދާނަށް.

    159
  13. ާަބިޖޫ

    ނަސީދުގެ ދަށުވާނީ ކެނެރީ ދަރިކޮޅާ ސިއްކަ ދަރިކޮޅު އެލިއާ ދަރިކޮޅުވެސް ތިނަސީދުއާ އެއްގަލަކައް ނާރާނެ އަދި އަމުދުން އިސްލާމުން ތިކަލޭގެޔަކައް ވޯޓް ގަނޑުވެސްނުދޭނެ ލާދީނީމީހަކު ކަލެއައް ތަބާވެދާނެ އިސްލާމުންނައް އިނގޭނެ ހާމާންވެސް އަދި ފިރުއައުން ވެސް

    123
    1
  14. ދީވާލްޕާ

    ރަނގަޅުވާހަކައެއް ދީވާލްޕާގެ އަތްދަށުވެއްޖެއްޔާ ސަލާމަތްވުމަކީ ވަރައްއުނދަގޫކަމެއް އެކަމަކުވެސް ވަރައްވިސްނައިގެން އޭގެއަތްދަށުން ސަލާމަތްވާން މަސައްކަތްކޮއްފިނަމަ ﷲއިރާދަކުރެއްވިއްޔާ ސަލާމަތްވާނެ ތިޔައީ ދީވާލްޕާ

    93
  15. އިންސާނާ

    އޭކަލޯ ހީކުރިގޮއތް ﷲ ގެ ވާގިފުޅާއެކު އަޅުގަންޑުމެން މިތިބީ އިބިލީހުގެ އަތްދަށުންވެސް ސަލާމައްވެވިގެން އެހެންވީމާ އެކަލާނގެ ވާގިފުޅުން އިބިލީހުގެ ލާހިދަރީގެކިބައިންވެސް ސަލާމައް ވާނެ އިންށާﷲ

    79
  16. ނަމަ

    ރައީސް ނަޝީދު ބުއްދި ފިލާދިޔައީބާ ނޫނީ ހިދުކޮޅު އައީބާ

    77
    1
  17. ދާލު

    މިގައުމަށްވެސް ސަލާމަތެއް ނެތް.

    50
  18. Anonymous

    ކުރީން މަރުދިނިން އެކަމަކު މިހާރު ލައުނަތް ލެއްވުމަށް ދުއާކުރަނީ

    59
  19. ރާވެރިބެ

    ހަމަ ޔަގީނުންވެސް ކޮންމެވެސް ދުވަހަކުން މަރުވާނެނު ... އެދުވަހަކުން ﷲގެ ދަރުބާރުން ފިލައިގެން ޔަގީނުންވެސް ނުދެވޭނެ

    70
  20. ފުއްކޭ

    ސަލާމަތް ވާނެއޭ.މިހިރަ ބުޜާންޗާ ރައްޔިތުންގެ ކިބައިން ކަލޭ ސަލާމަތް ނުވެވިގެން އުޅޭތަން މާލަސްތަކެއް ނުވެ އިންޝާﷲ ފެނިގެން ދާނެ .

    69
  21. ގުނބޯ ހެއްދުން

    ތިޔަ ނުލަފާ ޝައިތާނާގެ ކިބައިން ދިވެހިންނަށް ސަލާމަތެއް ނުވެވޭނެޔޯ. ރައްޔިތުން ބޮލަށްއެރި އެމީހުން ހައްލާނަމޯ. ރައްޔިތުން ތިމަންނައަށްވުރެ މާ ގަމާރު ވާނެޔޯ.

    38
  22. ހުސޭނުބޭ

    އިބިލީހެއްވީމާ ކިހިނެއް ސަލާމަތްވާނީ!

    33
    1
  23. ބަރުގޮނު

    ނަޝީދު ރަޢިއްޔަތުން މިދެކެނީ އޭނާގެ ކިބައިން ސަލާމަތް ނުވެވޭނެ ޖަނަވާރުތަކެއް ކަމަށްތާ..!!! ނަޝީދު އުޅެނީ ރަޢިއްޔަތުން ދަލުގައި ޖައްސަން. ރަޢިއްޔަތުން އުޅެނީ ދަލުގައި ނުޖެހި ސަލާމަތްވާން. ނަޝީދު އެބުނަނީ ތިމަންނަ ގެ ކިބައިން ރަޢިއްޔަތުންނަކަށް ސަލާމަތެއް ނުވެވޭނެޔޭ.... ކިޔޭނުކިޔޭ އެއްޗެއްވެސް ނޭގޭ...

    36
  24. ރަޝީދު

    ޝައިޠާނާވެސް ބުނިފަދައެވެ.ތިޔަދަނީ މާމައްޗަށެވެ.ތިހިސާބަށް ދިޔަފަދައިން މާއަވަހަށް ތިރިވާނެވެ.

    25
  25. ބުރޯ

    މިނިވާ ވަގުގެ ކިބައިން ރައްޔިތުން ސަލާމްތް ކުރަން ޖެހޭނެ . ލާދީނީންގެ ކިބައިން ރައްޔިތުން ސަލާމަތް ކުރަންޖެހޭނެ . ޓެރަރިސްޓުންގެ ކިބައިން ރައްޔިތުން ސަލަމަތް ކުރަންޖެހޭނެ.

    27
  26. ބޯހަލާކު

    ތީ ރަންނަ މާރިޔޭ ޖެހޭނީ ކުޑަފުޅިއަކަށް ލާފަ ސަދޫ މަށް އެއްލާލަން

    22
    1
  27. ޢަލަމާ

    މިއަދު ތިހެން ފޮނިވެފަ ހުންނަވާ، އާޚިރަތުގަ ﷲ ކިބައިން ކަލޭ ސަލާމަތެއްނުވާނެ،

    20
  28. ކެނެޑީ

    މިފޮޓޯގަ ނަޝީދު ހާދަ ހާމާނާ ވައްތަރޭ އަނެއްކާ އޭނާ އެއީ ހާމާނުގެ ދަރިކޮޅުމީހެއްބާ

    16
    2
  29. އުގޭލު

    ފިރުޢައުނާއި ހާމާނުގެ ބަލާވެރިކަމުން ބަނީ އިސްރާއީލުބާގައި މީހުން ސަލާމަތް ކުރެއްވި އިލާހު, މިދިވެހި ލޮބުވެތި ވަތަންވެސް ތިޔަ ޝައިޠާނާގެ ކިބައިން ސަލާމަތްކުރައްވާނެ. އެއިލާހުއީ މުއުމިނުންގެ ދުޢާ އިޖާބަކުރަންވާ އޯގާވަންތަ އިލާހު.

    24
    1
  30. ސްމާރޓް

    ޔާﷲ މިކަލޭގެނިކަމެތިކުރައްވާފާނދޭވެ އާމީން

    23
  31. އަހުމަދު

    މިވަރުގެ ބަލާވެރިކަމެއް ދިވެހިތާރީޚުގައިވެސް ނޯންނާނެކަންނޭނގެ

    21
  32. ޟމ

    މިކަލޭގެ ކޮންމެފަދަ އެއްޗެއް ބުންޏަސް މި ދިވެހިންނަށް އެއީ ތެދުކަމަށް ޤަބޫލު ކުރެވެއެވެ. މާތް ﷲ މި ނުލަފާ ޖައްބާރު ޔަހޫދީގެ ކިބައިން މިޤައުމާއި ރައްޔިތުން ސަލާމަތް ކުރައްވާށި( އާމީން)

    13
  33. އ

    ކަލޭގެ ކިބައިން ސަލާމަތް ވާން ބޭނުން އެކަމަށް އެދި އަބަދުވެސް ދުޢާ ކުރަން ގިނަ ދުވަސް ވިއަސް އެދުޢާ އިޖާބަ ކުރައްވާނެ ﷲ މޮޅަށް ދެނެވޮޑިގެން ވަނީ ...ތިޔަ ހުރީ އިބިލީސް ބުނާކަހަލަ ވާހަކަ ތިމާ ކުފުރު ވަނީ ތިޔަ ހެރަގެން

    10
  34. ހެޔޮއެދޭ މީހާ

    އޭ ކެނެރީގޭ ފުލެޓް ދޮންބޭއެވެ. އެމްޑީޕީ ގެ ރައްޔިތުންނަށް ކަލޯގެ ކިބައިން ސަލާމަތެއް ނުވެވުނެވެ. ރާއްްޖެ އާދެވިގެން ވަރަށް އުފަލުން ހެވިދިލިފައި ކަލޯ ތިހުރީ ހިތުހުރި އެއްޗެއް ކިޔަމުންނެވެ. ބޮމުންދާއެއްޗެއް އަހަރެމެންނަކަށް ނޭންގެއެވެ. އެކަމަކު ކަލޯ ހަނދާންކުރަންޖެހޭ ކަމަކީ ކަލޯވެސް ނެތުމުގެ ތެރެއިން އުފައްދަވާ ދުނިޔެއަށް ނެރުއްވައި ގިނަގިނަހާ ނިޢުމަތްދެެއްވީ ގަދަކީރިތިވަންތަ މާތްﷲ ކަމެވެ. އެކަލާންގެ ކަލޭގެ ސަބަބުން މީސްތަކުން އިމްތިހާން ކުރައްވަނީއެވެ. ކަލޯ ހިތުހުރި ވާހަކައެއް ދައްކައި ގަދަބަސްބުނެ ތި އުޅެވޭނީ ވަކި ހިސާބަކަށެވެ. ދެން ކަލޯވެސް އެކަނލާންގެ ގެންދަވާނެއެވެ. ކަލޯއަށްވުރެ މާބަރުގަދަ ބޮޑެތި ވެރިންވެސް މީގެ ކުރީގެ އުއްމަތްތަކުގައި ހަލާކުވެ ދިޔަގޮތް ކަލޯއަށްވެސް އެނގޭނއެވެ. ވީއިރު ކަލޯއަށްވެސް އޮތީ ސަލާމަތް ބޭނުންނަމަ ހެޔޮމަގަށް ރުޖޫޢަވެ ހިތުހުރިހާ އެއްޗެސް ނުކިޔައި އާޚިރަތަށް މަސައްކަތް ކުރުމެވެ. މަރުގެ މަލާއިކަތާ ކަލޯއާވެސް އަހަންނާވެސް އަދި ޝަހިންދާއާއި އަޒުރާއާ ޑރ ޝަހީދާވެސް ބައްދަލުކުރާނެއެވެ. އޭ ހޭއަރާ ތިބޭށެވެ.

    14
  35. މާންޑޯ

    އަހަރެމެންނަށް ބުއްދި ދެއްވާފައިވޭ ވިސްނާ ގައުމަކީ ހުރިހާ ރައްޔިތުންގެ މިލްކެއް ވަކި މީހެއް ނުވަތަ ވަކި ބައެއްގެ ތަނެއް ނޫން.

  36. ޢާދަނުބެ

    ﷲ އިރާދަ ކިރެތްވިއްޔާ ތި މުސީބާތުން ރައީތުންނާ މިގައުމު ސަލާމަތްވާނެ ތީ މި ގައުމަށް ޖެހިފަ އޮތް އެންމެ ބޮޑު މުސީބާތް

    11
  37. ރައްޔިތުމީހާ

    ﷲ ގެ އިރާދަފުޅާަައެކު ލަހެއްނުވެ ތިޔަ ނުބައި ދައްޖާލުގެކިބައިން މި ޤައުމުގެ ހެޔޮވިސްނޭ ރައްޔިތުންގެމަސައްކަތާއެކު އަހަރެމެން ސަލާމަތްވާތަން ހަމަ ތިޔަ ދައްޖާލަށް ދައްކަވާށި.
    އާމީން ...

    13
  38. މަމޮޅު

    ޔާ އައްލާހު މިނަށީދުގެ ފަރާތުން ރާއްޖޭ އާއި ރާޖޭގެ
    ޜައްޔިތުން ސަލާމަޔް ކޮއްދެއްވާދޭވެ.
    ޢާމީން

  39. ޑޮކްޓަރ

    ޢުކަން މިހާރު މިއޮތީ ސާބިތުވެފައި ފުރަތަ މަވެސް އަރާ ޖީއެސްޓީގެ ނަ މުގައި ޖިޒީނަގަން ފެށީ މިހާރު އެއުޅެނީ ލިބޭ އާ މް ދަނީންވެސް ޖިޒީނަގަން ވީ މާދިވެހި ރައްޔަތުން މުޅި އު މުޅި އު މުރައް އަޅުވެތި ވީ މާ އިތުރަށް އަޅުވެތި ވާން ބޭނު މިއްޔާ ލޯކަލް އިންތިހާބްވެސްދީ ރައްޔަތުން ހޭއަރަންވީ ސަލާ މައް ވޭތޯ ގިނަ ގިނައިން މާތް ﷲއައް ދުވާކުރަންވީ މީނާގެ ކިބައިން މިގައު މު މިނިވަން ކުރއްވާ ފާންދޭވެ އާ މީން