ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޒު މަޢުމޫނު އަބްދުލް ޤައްޔޫމު، މަރުގެ ހުކުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފިއެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއި ގުޅޭގޮތުން އޮންލައިން މީޑިޔާއެއްކަމަށްވާ "އަވަސް"އަށް ދެއްވި ބަސްތީގަތުމެއްގައި ރައީސް މަޢުމޫނު ވިދާޅުވީ، އެ ހަދިސާގެ ޝަރީއަތްތައް ނިމުނު އިރު 4 ދިވެހިންނާއި، 12 ބިދޭސީންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާ ކަމަށެވެ. އެގޮތުން ނޮވެމްބަރ 3 ގެ ބަޣާވާތާއި ގުޅިގެން 16 މީހުން މެރުމާއި ދޭތެރޭ އެމަނިކުފާނު ވަރަށް ފުންކޮށް ވިސްނާފައިވާ ކަމަށްވެސް ރައީސް މަޢުމޫނު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ހުކުމް ލުއި ކުރުމުގެ ކުރިން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި ބޭރު ގައުމެއްގެ ރައީސަކަށް ހިނގާދިޔަ ވާހަކަތައް ހިއްސާ ކުރެއްވުމުން ވަގުތުން އެމީހުން މެރުމަށް އެ ބޭފުޅަކު ވިދާޅުވި ކަމަށްވެސް ރައީސް މަޢުމޫނު ވަނީ ވިދާޅުވެފައެވެ.
ރައީސް މަޢުމޫނު ވިދާޅުވީ އެމަނިކުފާނު އޭރުވެސް ވިސްނެވީ ފަހަށް ކަމަށެވެ. އެގޮތުން މިއަދު ކުރާ ކަމެއްގެ ނަތީޖާ މިހާރު ނުފެނިދާނެ ކަމަށާއި، އެހެންނަމަވެސް އެކަމުގެ ނަތީޖާ މީގެ 10 ނުވަތަ 20 އަހަރުގެ ފަހުން ފެންނަން އޮންނާނޭ ކަމަށްވެސް މަޢުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހާދިސާގައި އިސްކޮށް އުޅުނު ދިވެހިންގެ އާއިލާތަކާއި އެމީހުންގެ ދަރިން ދުނިޔޭގައި މިއަދުވެސް ތިބޭނެ ކަމަށާއި، އެ މީހުން މެރިނަމަ، އެ އާއިލާތަކުން ހީކުރާނީ ކިހިނެއްތޯ އައްސަވާ ރައީސް މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ބޭރު ބަޔަކު މެރިނަމަ އެ މީހުންގެ އާއިލާތަކާއި، ދެންތިބި މީހުންނާ، އަނެއްކާ ރާއްޖެއަށް ހަމަލާ ވެސް ދީފާނެ ކަމަށާއި، މީހުން މަރައިގެން އެއީ ކަންކަން ހައްލު ކުރެވޭނެ ގޮތެއް ނޫންކަމަށް މަޢުމޫނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ދެވުނީ 1951 އަހަރުގައި ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައިކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ، އަދިވެސް މީހުން އެ ވާހަކަ ދައްކާ ކަމަށެވެ.
އަދިވެސް ދައްކާ މިވެނި މީހަކު އެ އޮތީ "ރައީސް" މުހައްމަދު އަމީންގެ ވެރިކަމުގައި މަރާފައޭ". މައުމޫން ވިދާޅުވިއެވެ.
މަރަށް މަރު ހިފުން ނުވަތަ ޤިޞާޞް ހިފުމާއި ގުޅޭގޮތުން މާތްﷲ ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ."
އަދި ހަމަ އެ ސޫރަތުގެ 179 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. (وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ). މާނައީ: "އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."
އަދި ޤިޞާޞް މަޢާފުކުރުމާއި ގުޅޭގޮތުން މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. (وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الظَّالِمُونَ). މާނައީ: "އެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ."
ޤައުމު ފަނާކޮށްލީ މައުމީނު؛ އެއިރު ރ.ނާސިރަށް މީނާކުރި އަނިޔާތަކުގެ ވާހަކަ އަބަދުވެސް ދިވެހިން ދައްކާނެ؛ ނާސިރުގެ ބުދުތައް ހަދުވާ ހުޅުޖަހާ އަންދާ؛ ނަސީމުއާއި؛ އަދި ނަސީމާގެ އާއިލާގެ ބޭފުޅުން އަރުވާލާ ބޮޑެތި އަނިޔާ ދިން ވާހަކަ އެބަދައްކާ... އެއްބަފާ ކޮއްކޮ ރ.ޔާމިން ފުނޑާލާ އޭނާގެ ދުވަސް ދުއްވާލަން ތިމަސައްކަތްކުރަނީ އެވާހަކަ ދިވެހިން ނުދައްކާނެކަމަށްތޯއެވެ... ޤައުމަށް މިނިވަންކަން ހޯދަން އެއްވެސް މަސައްކަތެއްކުރި މީހަކަށްނުވާއިރު ރައްޔިތުން އޮބިއަޅާއިގެން 30 އަހަރު ވެރިކަންކުރީ މީހުން ހައްޔަރުކޮށް ބޮޑެތި އަdަބުދީގެންނެވެ. ރ ނަޝީދު 17 ފަހަރަށް ޖަލަށްލީމަ އެވާހަކަ ދަރިން ދައްކާނެ... ރ. މައުމޫނަކީ ވަރަށް ޒާތީ ބޭފުޅެއް، މިހާރު ނުނިދި ދެފުށަށް ތެޅެނީ ރ.ޔާމިނަށް ހުކުމެއް ކުރެވޭނެގޮތެއްނެތި... ނޫސްތަކުން ރ.މައުމޫނުގެ އަދިރި ފަރާތުގެ ވާހަކަ ދައްކަންޖެހޭ.
ﷲ ވަހީކުރައްވާފައިވަނީ. (وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ). މާނައީ: "އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."
މީނަ މިބުނަނީ "މީހުން މަރައިގެން އެއީ ކަންކަން ހައްލު ކުރެވޭނެ ގޮތެއް ނޫން" ކަމަށް
ޗަކިންދާއެކޭ މިއެކޭ ތަފާތެއް ކޮބާ
މީނާވެސް މީ ބުއްދީގެ އަހުލު ވެރިއަކަށް ނުވަނީއެއްނު.
މީނަ ވެސް ލާދީނީ އަންނި އާ އެއްވަރުދޯ. އެ ބަޢީން ޝަހީދު ކޮށްލި ދިވެހިންގެ އާއިލާ ތަކަށް ވާނެ ގޮތް ނޭގޭތަ؟ ކަނޑައެޅިގެން ﷲގެ އަމުރު ފުޅާ ދެކޮޅު އެހަދަނީ. ނަމުން މުސްލިމް ކަމުން ލާދީނީ
މައުމޫނަކަ މާފެ ނުކުރެވޭނެ. މިހާދިސާގަ ސަހީދުވި އާއިލާތަކަ މާފްކުރެވެންޏަވެސް ކުރެވޭނީ.
މަގުމަތީ ކޮށެއްނުކޮށް ހުއްޓައި ވަޅިޖަހާ މަރާލާ އިރު މަރުވި މީހާގެ އާއިލާ ނެތީތަ.އުޅެން ޖެހޭ ހާލު ނޭނގޭތަ..ނޮވެމްބަރ 3ގައި ޝަހީދުކޮށްލި މީހުންގެ އާއިލާތަލާއި އަނބިދަރިން މައިންބަފައިން އުޅޭނީ ވަރަށް އުފަލުގައި ތަ؟
31އަހަރު ފަހުން މިއަ ދު ލިބުން ނަތީޖާ އަކީ
އެ ބާޣީން އާއިލާ މިއަ ދު ވެރިކަމު ގައި ތިބުން
އެ މީހުން ނަށް ދިވެހި ސފައިން ސެލިއުޓް ކުރަން ޖެހުން
ފިނޑި ކަބިލިތަކޭ ބުނި ޑިފެންސް މިނިސްޓަރަކަށް ހުރުން
މި ހުރިހާ ކަމެއްގެޒިއްމާ މައުމޫން ނަގަންޖެހޭނެ
ދ
މީނާ އަކީ މާކުރިންވެސް މުރުތައްދު ވެފައިވާ މީހެއްކަން އަހަރެމެންނައް އެނގޭ
ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤްރުއާނުގައި ވަހީ ކުރައްވަނީ ތިމަން ﷲ ސުބުހާނަހޫ ވަތަޢާލާގެ ހުކުމައް ހުކުމް ނުކުރާ މީހާއަކީ މުރުތައްދުވެފައިވާ ކާފަރެއްކަން. ޝެއިޙް އުސްއިމީން ވިދާޅުވަނީ މިއާޔަތުގެ ޝާރަހައިގައި ﷲ ސުބުހާނަހޫ ވަތަޢާލާގެ ހުކުމައް ހުކުމް ނުކުރާ މީހާއަކީ މުރުތައްދުވެފައިވާ ކާފަރެއްކަން އެއީ އޭނަ ނަމާދުކޮއް ޒަކާތްދީ ރޯދަ ހިފައި ހައްޖު ކުރި ކަމުގައިވީނަމަވެސް އޭނާ ކާފަރުވާނެކަން. އޭގެ މިސާލެއް ޒަކާތްދޭން ދެކޮޅުހެދި މީހުންނަކީ ނަމާދުކޮއް ރޯދަހިފާ ހައްޖުވެސް ކުރަމުންދިޔަބައެއް އަދި ހަމަ އެކަނި އެބައި މީހުން ދެކޮޅުހެދީ ހަމަ އެކަނި ޒަކާތް ދޭން. އޭގެ ސަބަބުން އެބައިމީހުން މުރުތައްދުވެގެންދިޔައީ. އަބޫބަކުރުގެ ފާނު އެބައިމީހުނާ ހަނގުރާމަ ކުރެއްވީ ޒަކާތްދޭން ދެކޮޅު ހެދުމުގެ ސަބަބުން
3ނޮވެމްބަރުގަ ސަހީދުކޮއްލި މީހުންގެ އާއިލާތައް މިއަދު ދުނިޔޭގަ ނެތީތޯ އެމީހުމެރިވާހަކަ އެމީހުންގެ އާއިލާތަކުން އެވާހަކަ ނުދައްކާނެތޯ ﷲ ސުބުހާނަހޫ ވަތައާލާގެ ހުކުމްފުޅުތައް ބަދަލުކުރުމުގެ ބާރުލިބުނީކުންއިރަކުތޯ އެއިލާހުގެ މައްޗައް ގަދަވެގަތުމުގެ ބާރުހުރި އިލާހެއްކަމައް ކަލޭ ދައުވާ ކުރަނީތޯ މީހައްތަހާވަސް މައުމޫނޭ ކިޔާޖާހިލުއާ ކުރަންބޭނުން ސުވާލު މިސުވާލުތަކައް ނިކަން ޖަވާބުދީބަލަ މޮޅިއްޔާ ލަދީނީ މައުމޫން
ގައުމު ދުއް އެއްމެނުލަފާމީހާ ތީ މީވަރައްވާހަކަ
މައުމޫނުގެ ވެރިކަން ވައްޓަން ހިންގުނު ޖަރީމާގައި އެތައް ދިވެހިން ޝަހީދުވި، އެޝަހީދުން މަރާލުމުގެ ރޭވުންތައް ރޭވި މީހުންގެ ތެރެއިން ބަޔަކަށް ހިތްވަރުލިބޭގޮތަށް ގާއިމުވި ވެރިކަމުގެ އެއްބައިވެރިޔެއް، ވީމާ މައުމޫނުގެ މި ޢަމަލުތަކާއި މެދު ރައްޔިތުން ވިސްނާނެ. މަރަށް މަރު ކަނޑައެޅިފައިވަނީ އިސްލާމީ ޝަރީއަތުގައި، އިސްލާމީ ޝަރީޢަތާއި ޚިލާފަށް މަޢާފެއްވެސް ނުދެވޭނެ. މި އޮތް ފެންނަނީ އެކަމުގެ ނަތީޖާ. އަދި ރަހަ
ޢަމިއްލައައް ހޫނުފެނައް
އާޔަތުގެ މާނަ މައުމޫނު ވިދާޅުވަނީ އިތީ ދިވެހިބަހުންނޭ! އަރަބިބަސް އގޭނީ ތިމަންނަށޭ!
އެ ހަމަލާގއި ޝަހީދުވެ ދިޔަ މީހުންގެ އާއިލާވެސް އެބއޮތް. އެމީހުން ހީކުރާނީ ކީކޭތޯ މައުމޫނު ވިސްނާލެއްވިނަމަ. އެމީހުންނަށް އިންސާފުލިބުނުތޯ.މާފުދެއްވީ ވާރިސުންގެ ހުއްދަހޯއްދަވައިގެންތޯ
ބަލަގަ ގޮޅަބޯ ގޮޅާބޯ މުދުނިޔެއައްފޮނުއްވި ފަރާތުން އަމުރުކުރައްވާފަނޫންތައޮތީ މަރައްމަރުހުފަން އެފަރާތުން އަންގަވާފަނެތޭ މަރައްމަރުހިފުމުން އެމީހުނގެއާއިލާއިން ދެވަނަހަމަލައެއްދީފާނެއޭ އެމީހުންގެ ދަރިން ހިތައް އަރާނީކީކޭހޭ ބޮޑު ފިތުނަވެރި ގޯޅާބޯ
އެކަމުގެ ނަތީޖާ މިހާރު އެބަ ފެނޭ! ޚުދު ކާފަވެސް ތިހުރީ ބާޣީންގެ ފަޅީގައި!
ހެޔޮނުވާނެ ކަލޭ އަގަމަޑުން ލައިގެން ހުރެބަލަ ތިދައްކާ ވާހަކަ އަޑުއަހާނެ ބަޔަކު މިގައުމަނެތޭ،
މުރުތައްދުވިޔަސް އެގެނީ ކީއެންނޫން މީނާ ޖާމިލް އަޒުހަރުން ކިޔެވީ ދަނޑު ގޮވާން ކުރުން ކަން ނޭގެ.
ޤިސޯސް ގެ މާނައަކީ އެއްވަރެއްގެ ބަދަލެއް ދިނުން ކޮންމެހެން މަރަށް މަރު ހިފުމެއް ނޫން . ބައްލަވާ ބަޤަރާ ސޫރަތުގެ 178 ވަމަނަ އާޔަތް. މިނިވަނަކަށް މިނިވަނެކެވެ . އަޅަކަށް އަޅެކެވެ އަންހެނަކަށް އަންހެނެކެވެ . މި އާޔަތުގައި. ފިރިހެނަކު އަންހެނަކު މަރައިފިއްޔާ ނުވަތަ މިނިވަނަކު އަޅަކު މަރައިފިއްޔާ. ވާންވީ ގޮތް ނެތީ އޭގެ މާނައަކީ އެެއްވަރެއްގެ ބަދަލެއް ދޭންޖެހޭނެ ކަން އޭގެން އެނގެނީ . ފައިސާއިން ވިޔަސް އަދި އެހެންގޮތަކުންވިޔަސް / އަދި ދެން އެއާ ޖެހިގެން އަންނަ 179 ވަނަ އާޔަތުގައި ވަލީވެރިޔާ އަށް ބާރެއް ލިބިގެންވާ ކަމަށް އަންގަވާފަ އޮތުމުމުން އެނގެނީ. ވަލީވެރިޔާ އަށް އެބައޮތް ކަން މަރަށް މަރޭ ބޭނުމީ ބުނުމުގެ ބާރު
މިކަލޭގެ މިވަރުގެ ވާހަކައެއް ދެއްކީތީ ވަރަށް ހައިރާން ވެއްޖެ.... ކުރި ހުރިހާ ތާއީދެއް އަނބުރާ ގެނަސްފިން..
ނޮވެމްބަރ3 ގެ މަސްއަލާގައި މަރަން ޙުކުމް އިއްވުނު މީހުންނަކީ ބޮޑެތި އެތައް ކުށަކާ ގުޅިގެން މަރުގެ ޙުކުމް އިއްވުނު ބައެއް. ޙަޤީޤަތުގައި އެ އެންމެންގެ ޙުކުމް މައުމޫނު ލުއިކޮށްދެއްވީ މައުމޫނުގެ ނަންފުޅަށް އަރާފާނެ ހުތުރަކަށް ޓަކައި. އެކަމާ ގުޅިގެން ސީދާ މައުމޫނު ރޭޑިއޯ/ ޓީވީ އިން ބަޔާނެއް ދެއްވާފައިވެސް ވާނެ. މަރުގެ ޙުކުމް ތަންފީޛު ކުރުމަކީ ރާއްޖޭގައި އެންމެ ފަހަރަކު ކޮށްފައި ހުއްޓާލެވިފައިވާ ކަމަކަށްވާތީ މިޖީލުގެ ޒުވާނުން ގެ ލޭ އޮހޮރުވުމުން އެކަން އަލުން ފަށާކަށް މިސަރުކާރު ބޭނުމެއްނޫނޭ ވިދާޅުވި. އެކަން އެގޮތަށް ދޫކޮށްލެވުމުން މަރުގެ މަސްއަލަތައް ގިނަވެފައިވޭ.
ދިވެހިންގެ ބަޔަކު ކްރިސްޓިއަން ދީނަށް ވަނުމުގެ މަސްއަލައެއްވެސް އެއްފަހަރަކު ވަރަށް ހޫނުވި. އެމީހުންގެ ތެރޭގައި ތީމުގޭ މުވައްޒަފުންގެ ބަޔަކު ހިމެނޭތީ އެމީހުންނާމެދު ޝަރީޢަތްކޮށް މުރުތައްދު ވުމުގެ ޢުޤޫބާތް ނުދީ ނަސޭހަތްދީފައި މަސްއަލަ ނިންމާލެވުނު. އެހެން އެކަން ކުރެވުނު ކަމުގެ ހިތިކަން މިހާރު ފެންނަމުން މިދަނީ.
މިފަދަ ކަންކަމުގައި ބަރާބަރަށް ޙުކުމް ތަންފީޛު ކުރެވުނުނަމަ މިއަދުގެ ޙާލަތު މާރަގަޅުވީސް.
ޔާމީނު ހިންގާ މިފޮޅީގައި މައުމޫނޭ ކިޔާފައި ކޮންމެވެސް ހާސަރެއް ދެމިއަސް ޔާމީނު ވައްކަން ނުކުރާ ކަމަކަށް ނުވާނެ! ހެހެ! ހެހެ!
ދަގަނޑު އަލިފާނުގައި ލީމާ އަލިފާނުގެކުލަ ދަގަނޑަށް އަރާފަދައިން މިކަލޭގެ ފާސިދުންގެބައިގަނޑަށް ބައިޢަތުހިފައި އެހުރީ ފާސިދުވެފައި! ﷲ ތަޢާލާގެ ޙުކުމްފުޅަކަށް ފާޑުކިޔާ ގޮތްކިޔާ އެ ޙުކުމްފުޅު ހިންގީމާ ދެންވެދާނޭ ދެރަގޮތް ކިޔަން މިކަލޭގެ މީ ކިހާވަރެއްގެ މީހެއްހެއްޔެވެ؟ ޤަތުލު ވާޖިބުވެފައިހުރި މީހެއް މީނައަކީ! ޙަދީޘްފުޅެއްގައި އޮންނާނެ ދީން ބަދަލުކޮށްފިމީހާ ޤަތުލުކުރަން! މާތްﷲގެ ވަޙީބަސްފުޅަށް ފާޑުކިޔުމަކީ މުރުތައްދުވުން.
މައުމޫނު ދައްކާފައިހުރީ ރަނގަޅުވާހަކައެވެ. އެއީ މަގުމަތިންދާ މީހާ ގަޔަށް ވަޅިޖެހީމާ އެކަންކުރިމީހާ ނުމަރާ ވާހަކައެއް ނޫނެވެ. ޓެރަރިސްޓްހަމަލާއެއްގައި ކަނޑައެޅިގެން މީހާމަރުވީ ކާކު އަތުންކަން ނޭނގުންއެކަށީގެންވެއެވެ. މައުމޫނު ވާހަކަދެއްކެވީ އެއަށް ނިސްބަތްކޮށެވެ.
އިސްލާމީ ޝަރީއަތުގައިވާ ޙުކުމަކާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަކީ ތަންދޮރު ނުދަންނަ ޖާހިލުންނެވެ.30 އަހަރުގައި އިންދި ގަސްތަކުން މިއަދު ޤައުމަށް ލިބުނީ ހިތިމޭވާއެވެ.
ޢިބްރާ އެކޭ މައު މޫނެކޭ ހަ މަ އެކައްޗެއް އިބްރާވެސް ޤުރުއާނަށް ޝައްކު އުފެއްދި މައު މޫނަށް ކަ މަކު ނުދިޔަ ގިސާސް ހިފުން މަހިތައް އަރާ ޤުރާން ކިޔަވާއިރު ގިސާސް އާޔަތް ފެނުނީ މަ އާޔަތް މަތީ އަތް އަޅަނީ ކަ މެއް ޔަގީން ކުރަން އިބްރާއަށް ގުޅަނީ ކަ މެއް ނޭނގެ
ޢެމީހުން ނުމެރުމުގެ ސަބަބުން އެފަދަ ދެވަނަ ހަަާއެއް އައިސް ކުށެއްނެތް ދިވެހިނތަކެއްގެ ފުރާނަ ގެއްލިދާނެކަުގެ ބިރެއް ނެތްތޯ؟
ދިވެހިން ހަޑުލު ގުޅަ ކާހިތެއް މިހާރު ނުވެ.
ތިޔަ މޫނު ބަލާ ފޫހިވެއްޖެ. އެމްޑީޕީ އާ ގުޅިގެން ހިސާބުން
ޑިވެހި އަބްތާލުން ޝަހީދުކޮށީ ކޮން ބާޢީއެއްކަން ޔަގީން ނުވާއިރުވެސް މަރުގެ އަދަބު ދެވިދާނެތޯ ދީނީ ޢިލްމުވެރިއަކު ސާފުކޮށްދެއްވުން އެދެން.
ދިވެހި އަބްތާލުން ޝަހީދުކޮށީ ކޮން ބާޢީއެއްކަން ޔަގީން ނުވާއިރުވެސް މަރުގެ އަދަބު ދެވިދާނެތޯ ދީނީ ޢިލްމުވެރިއަކު ސާފުކޮށްދެއްވުން އެދެން.
ކަލޭ ރޯދަ ހިފަންތަ؟ އެއީ ކީއްވެ؟ يا أيها الذين آمنو كتب عليكم الصيام. މިހެން އޮންނާތީތަ؟ ދެން ކީއްވެ قصاص ގެ އާއި ބެހޭ ގޮތުން އައިސްފައި އޮންނަ يا أيها الذين آمنو كتب عليكم القصاص. މިޔަށް ފުރަގަސް ދެނީ 20 އަހަރު ފަހުން ކޯއްޗެއް ހޯދަންތަ؟ ކަލެއަށް ވެސް ﷲ ގެ ވަހީބަސްފުޅު ނޫން އެހެން އެއްޗެއް ފެންނަން ފެށީތަ؟ ﷲ އެންގެވި މަގުން ނޫންތަ ދުނިޔެ ނިމިގެން މިދަނީ؟ ކަލެޔަށް އެ ބަދަލް ކުރެވޭނެތަ؟ ދިމިގްރާތީގެ ދަށުން.؟ ހައްގުމަގު ވަންހަނާ ކުރަން ނޫޅޭ އިނގޭ.
ﷲ ވަހީކުރައްވާފައިވަނީ. (وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ). މާނައީ: "އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."
މީނަ މިބުނަނީ "މީހުން މަރައިގެން އެއީ ކަންކަން ހައްލު ކުރެވޭނެ ގޮތެއް ނޫން" ކަމަށް
ޗަކިންދާއެކޭ މިއެކޭ ތަފާތެއް ކޮބާ؟
ގިސާސް މާފްކުރުން ހުރީ ވެރިމީހާ އަކަށް ނޫން ގިސާސް މާފު ކުރެވޭނީ މަރުވި މީހާގެ ވާރިސުންނަށް އެކަނި މި މީހުން މާފުކުރުމަކީ މައުމޫނު ހެއްދެވި ގޯހެއް.
ރައީސް މައުމޫނަކީ މިގައުމުގެ ހަލާކެވެ. 30 އަހަރު ވެރިކަންކުރެއްވީ، ދީން އައްޑަނައަކަށް ހައްދަވައިގެންނެވެ. މިއަދު އަނގައޭ ވިދާޅުވަމުން، ތިމާގެ ހަގީގީ ކުލަދައްކަވައި ރައްޔިތުންނަށް 30 އަހަރު ވެލެއްވި ހަރާމްކޯރުކަމުގެ ވާހަކަތައް ތިގޮތަށް ވިދާޅުވުމުން، އެނގި ކަށަވަރުވަނީ، މަނިކުފާނުގެ ނުބައި ނުލަފާކަން އޭރު ކިޔައިދިން މީހުންއަދި ބައެއް މަދުކޮށް ކިޔައިދިން ކަމެވެ.
މަރާލެވޭމީހާގެ އަނބިދަރިންނާއި ޢާއިލަގެ މީނުން އެވާހަކަހުއްޓަނުލާދައްކަފާނެކަމަށް ނުވަރަ އެމީހުންގެ ދަރިންނަށް ލިބިދާނެ ނިކަމެތިކަމަކަށްބަލާފައި 3 ނޮވެމްބަރުގެ ޣައްދާރު ނުމެރީކަމަށް މައުމޫނުގެ ވަހަކައިން މިއެނގެނީ އެހެންވިއްޔާ ކޮބައިތޯ އެޣައްދާރުންގެއަނިޔާވެރި ޝިކާރައަކަށްވި 19 ދިވެހިންގެ ޢާއިލާއާއި އެމީހުންގެ އަނބިދަރިން ބަޤަރާސޫރަތުގެ 178،179 އަދި މާއިދާސޫރަތުގެ 45 ވަނަ އާޔަތުގެ މާނައިން އަޅުގަނޑަކަށް ދެނެއެއްނުގަނެވުނު އެއީ ގައުމުގެ ވަލިއްޔުލް އަމުރުއަށް ލިބިގެންވާ ބާރެއްކަމެއް
ނޮވެމްބަރ 3ގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތައް، އެމީހުންގެ މައިންބަފައިންވެސް ދުނިޔޭގައި އެބަތިބި. އެމީހުންމެރި މީހުންގެމައްޗަށް އިއްވިމަރުގެހުކުމް ތަންފީޒު ނުކުރުމުން އެމީހުން ގެ މައިން ބަފައިން ހިތުގައި މިހާރުވެސް ވަނީ ކޮން އެއްޗެއްތޯ އެމީހުނާ ބައްދަލުކޮށް މަނިކުފާނު ސުވާލު ކުރައްވާފާ ވިދާޅުވެ ދެއްވަންވީ ނޫންތޯ؟ ހަމަޔަގީނުންވެސް އެމީހުން މަނިކުފާނަކަށް މައާފެއް ނުކުރާނެ. ވާރިސުން ނުދޭ މައާފެއް މަނިކުފާނކަށް ނުދެވޭނެ. މަނިކުފާނު ތިވަނީ އެއާއިލާތަކުގެ ވިންދާ އިހްސާސް ތައް ކަތިލާފާ. އިސްލާމްދީން އެމީހުނަށް ދީފާފައިވާ ހައްގުތަކެއް ނިގުޅައިގެންފާ. ނުކެރޭނެ އެމީހުނާ ބައްދަލުކޮށް ކޮބައިތޯ ތިޔަބައި މީހުން ދެކޭގޮތަކީ އަހާކަށް. ސުވާލުކުރި މީހާއަކަށްވެސް ނުކެރުނޭ އެމީހުންގެ މައިން ބަފައިން އެބަތިބިކަމާ އެމީހުނާ ތިސުވާލުކުރައްވަންވީނޫންތޯ ބުނާކަށްވެސް.
ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށްވުރެ ބާޣީންގެ އާއިލާ މުހިއްމުވީތޯ؟؟؟؟؟؟