މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ ދީނާއި ހިލާފު ޣައިރު މުސްލިމުން ހިންގާ ޖަމިއްޔާއެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ފަތުރަމުން ގެންދާ ވާހަކަތައް ދިފާއު ކުރަން ތައްޔާރުތޯ އެމްޑީއެންގެ ފައުންޑަރ އަދި އެގްޒެކްޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ސުވާލު އުފައްދައިފިއެވެ.

ޝަހިންދާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ޑރ. އިޔާޒް ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަން ހާމަކޮށް ސާބިތު ކުރަން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. ޝަހިންދާ މިމޭރުމުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޑރ. އިޔާޒް އެޖަމިއްޔާ އަކީ އިސްލާމް ދީނާއި ހިލާފް ޣައިރު މުސްލިމުންތަކެއް އިސްވެތިބެ ހިންގަމުންދާ ޖަމިއްޔާއެއް ކަމަށް ފަތުރާ ވާހަކަތައް ސާބިތު ކުރުމަށް އޭނާ ހުންނެވީ ތައްޔާރައްތޯ ސުވާލު އުފައްދާފައެވެ. ޝަހިންދާ ބުނެފައި ވަނީ އިސްލާމް ދީނުގެ ނަމުގައި ޑރ. އިޔާޒް ފަތުރަމުންދަނީ ނަފްރަތު ކަމަށެވެ. އަދި މި މުޖްތަމައުގެ އަމާން ކަން ގެއްލި ބައިބައިވެގެންދަނީ ޑރ. އިޔާޒްގެ ސަބަބުން ކަަމަށް އޭނާގެ ޓްވީޓުގައ ވަނީ ބުނެފައެވެ.

ޝަހިންދާ މިހެން ބުނެފައިވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓު ބޭނުންކޮށްގެން އެއްވެސް ފަރާތަކުން ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވުމާއި ގުޅިގެންނެވެ. އޭނާ މިމޭރުމުން ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން އެރިޕޯޓުގެ ޒަރިއްޔާއިން މުޖްތަމައު ހަލަބޮލި ކުރުމަށް މަސައްކަތް ކުރަމުން ދިއުމާއި ގުޅިގެންނެވެ.

ޑރ. އިޔާޒްގެ އިތުރުންވެސް ގިނަ ދީނީ އިލްމުވެރިންތަކެއް ދަނީ އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ. ޝަހިންދާ ސިފަކުރާ ގޮތުގައި ކޮންމެ ދީނީ އިލްމުވެރިޔަކީ ހަރުކަށި ފިކުރުތަކުގެ ވެރިން ކަމަށް އެތައް ފަހަރަކު އޭނާ ވަނީ ހާމަކޮށްފައެވެ. އަދި ޝަހިންދާ ތައްޔާރުކުރި ރިޕޯޓުގައިވެސް ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންނަށް ވަނީ ފާޑުކިޔާފައެވެ.

އެމްޑީއެން އިން ނެރެފައިވާ ރިޕޯޓު ތަހުގީގު ކުރުމަށްފަހު ފުލުހުން މިހާރު ވަނީ އެރިޕޯޓުގައި ދީނާއި ހިލާފު ކަންކަން ހުރިކަން ޔޫތް މިނިސްޓްރީ އަށް ހުށަހަޅާފައެެވެ. އެހެން ނަމަވެސް އެޖަމިއްޔާ އުވާލުމަށް ނިންމާފައިވާ ކަމެއް ނުވަތަ ނޫންކަމެއްވެސް އެމިނިސްޓްރީ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ަަަނޭނގެ

    ޝަހިން ދާގެ އަނގަ ފަހަންވީ.

    54
  2. ނަޝީދު

    ކެރެންޏާ ނިކަން ތިޔާހުރި ވަރެއް ދައްކާލަބަލަ ކަހިންދާ، ފިލާފަހުރެގެން ތިޔާހެން ނުބުނޭ ،،ކޮޔާ

    39
  3. ނަކަސް

    އަދިވެސް ދިވެހި އުއްމަތަށް ޣައްދާރު ވުމަށްފަހު އަނގަ ތޅނ ލަދު ޙަޔާތްކޮބާ، އެރިޕޯރޓަށް އޮޔާޒް ދައްކާ ވާހަކަ ތަކަށް ކަހިންދާ އަށް ޖާވާބުދާރީވަނީ ދިވެހި ރައްޔިތުން، މިހާރު ރައްޔިތުން އެކުރަނީ އެމަސައްކަތް

    29
  4. އިންސާނާ

    އެހެންމީހުންނައް އިބުރަތަކަށްވާފަދަ ވޭންދެނިވިގޮތަކަށް ގޮނަބައެއްގެ ލޯމަތިން ގެންދަވާފަނދޭ އާމީން

    28
  5. ކޮންއިޔާޒް

    ކީއްކުރަން ޑޮކްޓަރު އިޔާޒް؟ ޝަހިންދާ އަކީ މާތްވެގެންވާ އިސްލާމްދީން ގަބޫލު ނުކުރާ މީހެއްކަމެއް ކަން ސާބިތު ކޮށްދިނުމަށް ތައްޔާރު. ޝަހިންދާ އަކީ ﷲ ސ.ވ. ބާވައިލެއްވި ގުރުއާނަށް ހަޖޫޖަހާ އަދި އެއިލާހުގެ ރަސޫލާއަށް ފުރުއްސާރަ ކުރާމީހެއްކަމަށް ސާބިތު ކޮށްދޭން ތައްޔާރު.

    19
    1
  6. ތިމަންނަ

    ޝަހިންދާއަށް ނަރަކައިގާ ކެތްކުރެވޭނެތޯ؟

    15
  7. އަންމި

    ފަތިންދާ

  8. ސޮނިފުހެޭ

    ޔާﷲ މިނުބައި ޝަހިންދާގެ ދޫ ހިއްޕަވައި މުޅި އިސްލަަާމިީ ދުނިޔެއަށް ހުރި އިބްރަތަކަށް ހައްދަވައި އޭނަޔަށް ކޯފަަާ ލައްވައި ދިވެހިގައުމު ހިމަަާޔަތް ކޮށްދެއްވާންދޭވެ

    11
  9. ބިންގޯ

    ކަލޭ ގެ ސަބަބުން ސަރުކާރަށް މިހާރުދިމާވެގެން އުޅޭ އުނދަގޫ ތަކަށް ޖަވާބުދޭން ތަށްޔާރުތަ