އދ.މަންދޫ ބޭރުން ހާލުގައި ޖެހިފައި އޮތް އިރާނުގެ މަސް ބޯޓު ބަލާ ފާސްކުރުމުގެ ތެރޭގައިި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި މަސްބޯޓަށް ސިފައިންނާއި ފުލުހުން އަރައި، ބެލިބެލުމުގައި އެބޯޓުގެ ތެރެއިން، މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.

އެ ބޯޓުން ފެނިފައި ވަނީ ކިހާ މަސްތުވާތަކެތިކަން ސިފައިންވެސް އަދި ފުލުހުންވެސް ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންްޑީއެފް އިން ވިދާޅުވިގޮތުގައި، އެ މި މަސްބޯޓު ހިފަހައްޓާފައިވަނީ، ގޮތްނޭނގޭ އުޅަނދެއް ރާއްޖޭގެ ސަރަޙައްދުން ދަތުރުކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.

އެ ބޯޓު ފެނިފައި ވަނީ، އއ.މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުގައި އޮއްވާއެވެ.

އެމްއެންޑީއެފާއި ފުލުހުން މިހާރު ދަނީ އެ ބޯޓު ބަލާ ފާސް ކުރަމުންނެވެ.

މަސްތުވާތަކެތި ފެނުނު އީރާން ބޯޓު - ފޮޓޯ އެމްއެންޑީއެފް

ރާއްޖޭގެ ސަރަހައްދުން އާއްމުކޮށް ފެންނަ އީރާންގެ ބޯޓުތަކުން މީގެ ކުރިން ވަނީ މަސްތުވާތަކެތި ގިނަ އަދަދަކަށް އަތުލައިގެންފައެވެ.

އެގޮތުން ދާދި ފަހުން މިދިޔަ އޮގަސްޓް މަސް ތެރޭގައި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެނެފައި ވެއެވެ. އަދި އެމައްސަލައާ ގުޅިގެން 13 މީހަކު ހައްޔަރުކޮށް، މައްސަލަ ދަނީ ކުރިއަށެެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، އެ ބޯޓުގައި ތިބި ހަ މީހުންނާއި މަސްތުވާތަކެތި ބަލާ ދިޔަ ދޯނިން ހައްޔަރު ކުރި ދެ ދިވެހިންނާއި ދެ ބިދޭސީންގެ އިތުރުން އިތުރު ތިން މީހެކެވެ.

އެމްއެންޑީއެފް އާއި ފުލުހުން ހިންގި އެ އޮޕަރޭޝަނަކީ އިންޑިއާގެ ސަލާމަތީ ބާރުތަކުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. އެގޮތުން އެ ކަނޑުބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނުކަމަށް ފުލުހުން ވިދާޅުވެއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތޯތާ

    މިއީވެސް ގޮތްނޭނގޭ ވާހަކަ އޮށްބާލަން ވެގެންދޯ

    14
    1
  2. އެންދެރި

    އަދަބު ދެޥޭނަމަ ތިޔައީ އުފާ ވެރި ހަބަރެކެވެ.

  3. މުހައްމަދު

    ލާދީނައްޔަތު ނައްތާލާ!!!!