ސަރުކާރުގެ ފަރާތުން ނަސްރުގެ ދުވަސް ފާހަގަނުކުރާ ކަމަށްބުނެ ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ސަރުކާރަށް ފާޑުކިޔައިފިއެވެ.

ޝުޖާއު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ނަސްރުގެ ދުވަސް ފާހަގަކޮށްލަން ނުކެރޭ ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ކަމަށެވެ. ޝުޖާއު ވަނީ އެކަން ފާހަގަކޮށް "ޖޯކެއް" ޓްވީޓު ކޮށްފައެވެ.

"ނަސްރުގެދުވަސް ފާހަކަކޮށްލަން ނުކެނުނު ސަރުކާރު، ކޮން ސަރުކާރު؟ ޖަވާބު: އިބޫ ސަރުކާރު" ޝުޖާއުގެ ޓްވިޓުގައި ވަނީ ވިިދާޅުވެފައެވެ.

އިިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސް ސޯލިހް އަށް ނަސްރުގެ ދުވަސް ފާހަގަ ކުރައްވަން ކެރިވަޑައި ނުގަންނަވަނީ ބަޑި ބުރާސްފަތީގެ މޭސްތިރިއަކީ އެމަނިކުފާނުގެ "ބަފައިބެ" ކަމުގައި ވުމުންނެވެ.

މިއީ އެތައް އަހަރެއް ފަހުން ނަސްތރުެ ދުވަހުގެ ޖަލްސާ ނުބާއްވާ ހަމައެކަނި އަހަރެވެ. މީގެ ކުރިން މިޤައުމަށްޓަކާ ޖިހާދުކޮށް ޝަހީދުވެގެންދިޔަ އެންމެހާ އަބުތޯލުންގެ ޒިކުރާ އާކުރުމުގެ ގޮތުން އޭރެއްގެ އޮންނަ ސަރުކާރުންނާއި، ސިފައިން އަދި ފުލުހުން ގުޅިގެން ނަސްރުގެ ދުވަހާއި ދިމާކޮށް ބޮޑު ޖަލްސާއެއް ބާއްވައެވެ.

މިއަހަރުގެ ނަސްރުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މިއަދު އެއްވެސް ހަރަކާތެއް ރޭވިފައިވާކަމެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އިއްޔެގެ ނިޔަލަށް ދެދުވަހު ސިފައިން ވަނީ މިއަދުގެ މުނާއްސަބަތުގައި އެކި ހަރަކާތްތައް ބާއްވައިފައެވެ.

މީގެ އިތުރުން މީގެ އިތުރުން މީގެ 29 އަހަރު ކުރިން ދިވެހިންނާއި ބައްދަލުކުރި ނާމާން އަދި ބިރުވެރި ދުވަހުގެ ހަނދާންތައް އާކުރުމުގެ ގޮތުން ރޭ އިދިކޮޅު އިއްތިހާދުން ވަނީ "ބަޑި ބުރާސްފަތިގެ" ނަމުގައި އެއްވުމެއް ބާއްވައިފައެވެ. އެހެން ނަމަވެސް އެއެއްވުމަކީ ސަރުކާރުން ހުއްދައާއި ނުލައި އެއްވުން ބޭއްވުން މަނާ ސަރަހައްދެއްގައި ބާއްވައިފައިވާ އެއްވުމެއް ކަމުން ވަކި ހިސާބަކުން ފުލުުން ވަނީ އެއްވުން ރޫޅާލައިފައެވެ. އެއެއްވުމަށް ހުރަސްއެޅުމުން އިދިކޮޅުގެ ގިނަ ބަޔަކު ވަނީ މިސަރުކާރަށް ފާޑިކިޔާފައެެވެ.