ހުޅުމާލެ އިން މާލެއަށް އައުމަށް ދަތުރު ކުރަމުންދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓް ވެއްޖެއެވެ.
އެކްސިޑެންޓް ވެފައި ވަނީ ޕާސަނަލް ކޮމްޕިޔުޓާސްގެ ވޭނެކެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ، ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ކޮންކްރީޓް ފެންސް ގައި ޖެހިގެން ކަމަށެވެ.
މިއަދު މެންދުރު ފަހު 3:50 ހާއިރު މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކުރިއިރު، އެ ވޭނަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެ ވޭން ދުއްވަން އިނީ ލައިސެންސް އޮތް މީހެއް ކަމަށާއި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.
އޯލް ޔުއަރ އައިޓީ ނީޑްސް އިސް ސްޕީޑް. ސްޕީޑް ތްރިލްސް
ހޭފުޅު ބަލިވީމާ ތިޔަހުރިހާ ގޮތެއްވެސް ވާނޭ .