ނޮވެމްބަރު ތިނެއްގައި ދިވެހިންގެ ބަޔަކާއި ލަންކާގެ ކުލީ ސިފައިން ރާއްޖެއަރައި ހިންގި ބަގާވާތުގައި، ދިވެހ ސިފައިން ބިރުން ފިލީކަމަށްބުނެ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކްޓިވް ޑިރެކްޓަރ އަދި ފައުންޑަރ ޝަހިންދާ އިސްމާއިލް ކޮށްފައިވާ ޓްވީޓަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހްސާން ރައްދުދެއްވައިފިއެވެ.

އިހުސާން ވިދާޅުވެފައި ވަނީ ޝަހިންދާތިޔަ ހުރަސްކުރީ ކޮށްގެން ނުވާނެ ރޮނގެއް ކަމަށެވެ. ޝަހިންދާގެ ޓްވީޓަށް ރައްދުދެއްވައި ކެޕްޓަން އިހްސާން ވިދާޅުވެފައި ވަނީ ޝަހިންދާ އެބުުނާ ފަދައިން އެދުވަހު ސިފައިން ކަން ކުރިނަމަވެސް ނުވަތަ ނޫންކަމުގައިވީނަމަވެސް އޭނާ އެހެން ބުނެފައި އެވަނީ ނޮވެމްބަރ ތިނެއްގައި ދިވެހި ފަސްގަނޑަށްޓަކައި ޝަހީދުވި އަބުތޯލުންވެސް ހިމަނޭގޮތަށް ކަމަށެވެ. އަދި ޝަހިންދާ އެހުރަސްކުރަނީ ހުރަސްކޮށްގެން ނުވާނެ ރޮނގެއް ކަަމަށް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޝަހިންދާ ވަނީ ނޮވެމްބަރު ތިނެއްގައި މިގައުމު ސަލާމަތް ކުރުމަށް ޖިހާދުކުރި ސިފައިންނަށް ހަޖޫޖަހައިފައެވެ. އޭނާ ކުރި ޓްވީޓުގައި ބުނެފައި ވަނީ 19 ދިވެހިން ރަހީނުކޮށްގެން ބޯޓަކަށް އަރުވައިގެން ގެންދިޔަ އިރުވެސް ޝަހީދު ހުސައިން އާދަމް ޝަހީދުކޮށްލިއިރުވެސް ސިފައިން ތިބީ ފާރުދޮށުގައި ރޯން ކަމަށެވެ.

"މިމީހުން ކޮން ވިކްޓްރީ ޑޭ އެއް ފާހަގަ ކުރާކަށް؟ ވޮޝިން މެޝިން ޑޭ ވާހަކަ؟ 19 އިންސާނުން ރަހީނުކޮށްގެން ބޯޓަކަށް އަރުވައިގެން ގެންދިޔައިރު، ޝަހީދު ހުސައިން އާދަމް ގަޔަށް ބަޑިޖަހާ މަރާލިއިރުގަ ފާރުބުޑުގަ ރޯން ތިބީ" އޭނާ ކުރި ޓްވީޓުގައި ވެއެވެ.

ޝަހިންދަ މިހެން ބުނެ ކުރި ޓްވީޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އޭނާ އަށް އަމާޒުވެފައެެވެ. އެގޮތުން ޝަހިންދާގެ ޓްވީޓަށް ފާޑުކިޔައި ކޮށްފައިވާ ޓްވީތެއްގައި ބުނެފައި ވަނީ މީގެ ކުރިން ހަމައެކަނިި ހީކޮށްގެން ހުރީ އޭނާ އަކީ އިސްލާމް ދީނާއި ހިލާފް މީހެއް ކަމުގައި ކަމަށާއި އެހެން ނަމަވެސް މިހާރު އެއީ މިފަސްގަނޑަށް އުފަން ދިވެއްސެއް ކަމާއިމެދުވެސް ޝައްކު އުފެދިފައިވާ ކަމަށެވެ.

އަދި އިތުރު މީހަކު ބުނެފައި ވަނީ ޝަހިންދާ އެހުރިހައި ވާހަކައެއް ދައްކަނީވެސް ފިލައި ހުރެގެން ކަަމަށް ބުނެފައެވެ. އަދި ﷲ އޭނާ އަށް ހެޔޮމަގު ދައްކަވާތޯ އެެޓްވީޓުގައި ވަނީ ދުއާކޮށްފައެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި ޝަހިންދާ އިސްވެ ހުރެގެން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު އޭނާ އަށް ނަފްރަތުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ބޯކިބާ

    ސަރުކާރަށް މިކަންކަން ވަރަށް ރަނގަޅަށް އެނގޭ. އެހެންވެ ފުރަތަމަ ދުވަހުން ފެށިގެންވެސް ނަފްސާނީ ބަލިތަކާއިބެހޭ ވޯޑެއްގެ މަސައްކަތް އެދަނީ ކުރަމުން.

    125
    6
  2. ނަމަ

    ޝަހިންދާ ވެސް ހިތުން ތިއޮތީ ފިލާނު

    123
    1
  3. ކާފަދ

    އެބޯޓުން ގެންދިޔަ މީނާ ގެ ބަފާ އަންބުރާ ނުގެނެވުނުނަމަދޯ

    132
    4
  4. Anonymous

    ކަލޭމެނައް އަދި ކިރިޔާ އިހްސާސް ވީ އޭނަ ބޯޑަރ ކްރޮސް ކޮއްފިކަން. ހަމަ އެކަނި ތިހެން އޭނަ ބުނީމަ ކަލޭމެން ފޮނު އަރުވަނީތި. ﷲ ސުބުހާނަހޫ ވަތަޢާލާ ނަބިއްޔާއައް ފުރައްސާރަ ކުރީމަ ކަލޭމެންނައް ތިހެން ނުބުނެވިގެން އުޅުނީ ކީއްވެތަ. ކަލޭމެންނަކީ ތަންތަން ހަލާކު ކުރަން ތިބި އަޅުންގެ އަޅުވެތި ވެފަ ތިބި ބައެއް.

    161
    8
  5. ޝަހީދު

    ޝަހިންދާ އެއީ މިޤައުމުގެ ފަރުދެއްބާ އަބަދުވެސް އޭނާ ޤައުމުދެކެ ލޯބިނުވާތާ ޤައުމަށް ދެރަގޮވުންއެދޭ މީހެއްއެއީ މިއީ މިސަރުކާރުން ފުރުސަތުދީގެން ކުރުވާކަމެއް އޭނާ ހައްޔަރުކުރޭ!

    133
    3
  6. ާަބިޖޫ

    ކިތަންމެ ރުލިއަޔަސް ހަމަ އެމް ޑީ އެން އުވާލާނެ އެނޯންގޮތެއް ސަރުކާރަކައްވެސް ނޯންނާނެ އަޑިންދާ ސަހިންދާ ވ ވ ސަލާމް ހަޅޭއްލަވަލަވާ ޖެޖޭނީ ހުންނަން ބޭބެ ނަސީދުގާތުދެން ބުނޭ ވ ސަލާމޭ

    118
    1
  7. ކަންޖޫސީ

    މި ޤައުމަށް ކުލުނެއް ބައިގަނޑެއް ވެރިކަމުގައި ވަކި ހިއްޕާލީމާ ނިކުންނަ ނަތީޖާ ތީ. އޭނާ ހައްޔަރުކޮށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން

    105
    3
  8. ޒަވިޔަނި

    ދުނިޔޭގެ އެހެން ތަނެއްގައި ނަމަ އޭނާ ހުރިތަނަކުން އުފުރާލައިގެން ގެންނާނެ. ފިނޑިވާހަކަ ނުދައްކާ ހަރުދަނާ ފިޔަވަޅެއް އަޅުއްވާ

    117
    2
    • މޯދީ

      ބޭނުންހާގޮތެއްނެހެދޭނެ! މިހާރުމިއޮތީ އަހަރުމެން ގެނައި ސަރުކާރެއް!

      4
      35
  9. ކަލޭ ވެސް އޮތީ ފިލާ

    ކަލޭގެ ބަފާ ރަހީނު ކުރި އިރު، ކަލޭ ވެސް އޮތީ ފިލާ!

    123
    1
  10. ފުރައްސާރަ

    ޝަހިންދާގެ އަސްލު ސިފަ ފެނޭ.

    114
    1
  11. ާަާމަ

    އެކަހަލަމީހުން ހުރަސްކުރާނެ ހުރިހާ ރޮނގެއް. އެއީ ހަގީގީ ހައްދުފަހަނައެޅުން.

    118
    2
  12. އިބްރާ

    ޔާﷲ. މީނަގެ ނިޔަތް މިގޮތުގައިވާނަމަ މީނަގެ އުމުރު ދިގުކުރައްވައި ، ދިރިއުޅުޅުން ދަތިކުރައްވައި ، ފަޤީރުކަމާއި ނިކަމެތިކަން އިތުރުކުރައްވައި ، ފިތުނަތަށް އިތުރުކުރައްވާންދޭވެ.

    100
    2
  13. ދިއްދޫބެ

    އިހުސާން ކުރި ހުވާގެ ތެދުކަން ސާބިތުކޮށްދީފި.... ޝުކުރިއްޔާ...
    ދިވެހި ސިފައިންނަކީ ފިލާތިބެ މުރުތައްދުވެ އުޅޭ ޝަހިންދާ އިސްމާލު ކަހަލަ ފިނޑިންނެއް ނޫނޭ... ޝަހިންދާއާއި އޭނަގެ ބައިމީހުންގެ ފިނޑިކަމުގެ އިންތިހާއަށް ގޮސްފައި އެވަނީ ﷲ ފޮނުއްވި ހައްގު ދީނުން ބޭރުވެފައިވާތީ... ފިނޑިން ގުދޯ ގުދޯ ގޮވީމަ މިވަނީ ފިނޑިންގެ ތެރޭގައި ތިބި ރަތްލާޖެހި ފިނޑިންނަށް...

    107
    2
  14. އެންދެރި

    މިހާރުން.މިކަހަލަ ހަބަރު ތައް ގެންނަށް ފަސް ޖެހެ އެވެ.

    70
    4
  15. ސ

    އަދިވެސް މިކަލޭގެ ހައްޔަރުކުރާކައް ނުވޭތަ

    91
    1
    • މުޖޭ

      އިހްސާނުތަ؟

      1
      15
  16. ކައްޕި

    މަބުނީ، ކޮން ބޯޓެއްތަ މީނަ ދުއްވަނީ.

    54
    2
  17. ޟމ

    ތިޔައީ ވެސް ފިނޑިއެއް ، އަމިއްލައަށް ދައްކާ ވާހަކަތަކަށް ޖަވާބުދާރީ ވާން ކުކެރޭ ބޮޑު ފިނޑިއެއް، ތިޔަ ގޮތައް ފިލާހުރެ ކަލެއަށް ރައްދު ދޭން ކެރޭނީ، އިސްލާމް ދީން މި ފަސްގަޑުން ފޮހެލަން މި ބައިގަނޑު ކުރާ މަސައްކަތް ނާކާމިޔާބު ކުރައްވާދޭވެ.

    54
    3
  18. تت

    هامانޝަހިންދާ އަކީ
    ام چميلة ޝަހިޏްދާއަކިتت

    27
    1
  19. Anonymous

    ގަންޖާ އަނެއްކާ އެހެން ޖަމިއްޔާއެއް ހަދައިފި

    45
    2
  20. ސީހިންދާ

    ނިކަން ތިޔަބުނާ ގަޓު ސަހިންދާ ގެ ގަޓުކަން ދައްކާލަބަލަ... ނުކެރޭނެ... ދާގަންނަ ކުއްތާއެއް ވައްވަކެއް ނުޖައްސާނެ

    46
    1
  21. Anonymous

    އަޗާ ތަޅާ ކަލޭމެން. ލާދީނީ ސަރުކާރެއް ހިމާޔަތް ކުރުމުގަ އަޅުވެތި ވެފަ

    40
    5
  22. ބިންގޯ

    މާރިޔާވެސް ތިވިދާޅުވާ ރޮނގުހުރަސްކުރި ދޯ.

    50
    1
  23. ޒަރީޜު

    ކަލޭމެންނައް ރޮނގުހުރަސް ކުރިކަމައްވަނީ ނޮވެމްބަރު 3 ގެ ވާހަކައައް ހަޖޫޖެހީމަ ދޯ. އެމީހުން ފާޅުގައި ދީނައް ހަޖޫޖަހާއިރު ކަލޭމެން ތިޔަޒާތައް ނޫސްކޮންފަރެންސެއް ނުބާއްވާ. ތީ ހަމަ ހުސް އެކައްޗެއް. ދީނައް ލޯބިކުރާ އަދި ގަދަރުކުރާ ބަޔެއް ނޫން މިތިބެނީ ޔުނިފޯމުލާފަ ގައުމާ ދީނޭ ކިޔާފަ ހުވާކޮއްގެން.

    40
    8
  24. ޢަފްލާ

    ޝަހިންދާގެ ނަން ޗަހިންދާއައް ބަދަލުކުރި ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ

    24
    1
    • ސަކިންދަަ

      ގުއިހިންދާ އަދި މާ ގުޅޭ

      12
      1
  25. އެންދެރި

    ސިފައިންގެ ތެރޭ ހިއްވަރު ގަދަ މީހުން އެބަހުއްޓެވެ.

    26
    5
  26. ހުޅުރާއްޖެ

    މިހާރަކަށް އައިސް މީހުން މިދައްކަނީ ޚިޔާލު ފާޅުކޮށްގެން އަދަބުދިނީމާ ގެނައި ބަޔެކޯލަ. އެކަމަކު މި ޝަހިންދާގެ ބައްޕަ އެމީހުން ގެންދިޔައީ ކީއްވެގެންކަން ދެނަހުރީމުތަ. އެމީހުން ހިންގަން އުޅޭ ވިޔަފާރިއަށް ހުރަސް އެޅި މީހުންގެ ލިސްޓުގައި އޮވެގެން. ކަށިމިޔަރު ތެލާއި ކަހަބުފަތް ބޭރުކުރުން މަނާކުރާތީ. އެކަން ކުރަން އެދުވަސްވަރު މި ޝަހިންދާގެ ބައްޕަ ހުރީ ޓްރޭޑް މިނިސްޓްރީގައި. އެކަމަކު މިހާރު މި މީހުން މިކިޔަނީ ޚިޔާލުފާޅުކޮށްގެން އަދަބުދީގެން ވީކަމެކޯލަ. އޮޅުވާލަން އުޅުނަސް ހަގީގަތެއް އޮޅުވައެއް ނުލެވޭނެ.

    23
    1
  27. ރަދީފް ހުސެން

    މި ބައިގަނޑަކީ ދި ވެހިންދެކެ ވަރައް ރުޅިއަރާ ކޮންމެވެސް ސަބަބަކާހުރެ ދި ވެހިންނާ ދޭރޭތެރޭ ވަރައްބޮޑު ހަސަދައެއް ހިތުގަލައިގެން އުޅޭ ބައިގަނޑެއް

    25
    1
  28. ލީލް

    ޝަހިންދައިތަ ރެފިުޖީއަކަށް ވެގެން ޖަރުމަނުގެ ފާރުބުޑެއްގެ ދަށު ފިލާއޮވެގެން މޮޔަ ގޮވަނީ. މިހާރު ދުނިޔޭން މޮޔަވުމާ ވައްތަރީ.

    28
    1
  29. އަހްމަދު

    މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ވެސްބުނި އެދުވަހު ސިފައިން ތިބީ ނިދާފައޭ. އެހެންކަމުން މާރިޔާ އެރޮނގު ހުރަސްނުކުރަނީތަ؟

    17
  30. އަލީ

    ތިއީ ހަމަ އެވެރިންގެ ގޮތް. އެހެން މީހުން ކުރާ ކަންކަމުގެ ވާހަކަ ދައްކާއިރު ތިމާއަށް ހުރެވޭނީ އެކަން ކޮށްލަކޮށްލަ. ހެހެހެހެ

  31. މަހޭޝް

    ވާ ވާ ދުނިޔެ ގިޔާމަތްވެ ނިމިއްޖެ.

  32. Anonymous

    މޮޔައެއްކަމަށް ސާބިތު ކޮށްދޭންތޯ ތިއުޅެނީ؟ ކަނޑުކޮސް މޮޔައެއް ކަން ކުރިންވެސް އޮތީ އެ ގެން.

    6
    1
  33. މިގޭ

    މިއީ ސަރުކާރުގެ ވާހަކަ. އެފަދަ ބޮޑާބަސް އޭނާއަށް ބުނުމުގެ ފުޗަތު ދިނީ ކޮންފަރާތަކުންކަން މުޅި ދިވެހި އުއްމަތަށްވެސް އެނގޭ ހާދަ ބޮޑާވެފަ ކިބުރުވެރި އޭދޯ.

  34. ގައުމީދޫ

    ޢޭން އެ އުޅެނީ މިގައުމުގެ ގައުމިއްޔަތާއި ދީނަށް ހަމަލާދިނުމުގައި އަވަދިނެތި! މިސަރުކާރުން އެކަމަށް އެކަށިގެންވާ ފިޔަވަޅެއް ނޭޅޭ! ޢޭނަޔާ ދިމާލަށް ނުކިއްސަރު ބަހެއް ބުނި މީހަކު ނަމަވެސް ހިފާ ހައްޔަރުކުރޭ! މިއީ ދެފުއް ދެގޮތް ބައެއް! ދެފުތް ދެގޮތް މީހިންނަށް މުސްލިމުން ކިޔަނީ މުނާފިގުން!

  35. މޫސް

    ފުރަތަމަ ހައްޔަރު ކުރަންވީ މިއުޅޭ ސަކިންދާ ރައީސް އެރަކީސް މިޤަވްމުގަ އުޅެގެން މިޤަވްމަކައް ހަމަޖެހުމެއް ނުލިބޭނެ

  36. 19 ނަވާރަ

    ބަލަ 19 ދިވެހިން އެދުވަހު ޝަހީދުވީ ކިތައް ދިވެހިންތޯ ރަހީނު ކުރީ. ލިޔަން ކިޔަން ނޭގޭނަމަ ނުލިޔަ ތިބޭ. މުރުތައްދު ޝަހިންދާ

  37. ޥިންދު

    ފުންނާބު އުސް ލޯޔަރު ޝަމްބެއް ކޮބާ ބައި އަނބިމީހާއަށް ނަޞޭޙަތް ދޭކަށްނުވޭބާ