ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ މައްސަލައިގެ ޝަރީއަތަށް ވަކީލަކު އައްޔަން ކުރަން ތިން ބޭފުޅުންނަށްވެސް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފިއެވެ.

ވަކީލަކު އައްޔަން ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް 10 ދުވަސް ދެއްވީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ މިއަދު ހަވީރު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައެވެ. މި ތިން ބޭފުޅުން ވެސް މިއަދު ބޭއްވި އަޑުއެހުމަށް ވަޑައިގެންނެވީ ވަކީލަކާ ނުލައެވެ.

މިއަދުގެ އަޑުއެހުމުގައި ވަކީލަކު އައްޔަން ކުރެއްވުމަށް އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ވަނީ 10 ދުވަހުގެ މުއްދަތަކަށް އެދިވަޑައިގެންފައެވެ. އަދި ރައީސް މައުމޫން ވަކީލަކު އައްޔަން ކުރެއްވުމަށް އެދިވަޑައިގެންނެވީ 15 ދުވަހުގެ މުއްދަތަކަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ދެވޭނީ 10 ދުވަސް ކަމަށެވެ. އަދި 10 ދުވަހުގެ ތެރޭގައި ވަކީލަކު ހަމަނުޖެހިއްޖެނަމަ ސަބަބު ބަޔާންކޮށް ހުށަހެޅުމުން އިތުރު ފުރުސަތެއް ދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ތިން ބޭފުޅުންވެސް ވަކީލަކު ހަމަޖެއްސުމާއި، ވަކީލަކު ހަމަޖެއްސުމަށް ބޭނުންވާ އާއިލީ ބައްދަލުވުންތައް ބޭއްވުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވުމަށް އެދި، ބަންދުކޮށްފައިވާ މުއައްސަސާއަށް ކްރިމިނަލް ކޯޓުން ސިޓީ ފޮނުވާނެކަމަށެވެ.

މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ނިންމަވާލެއްވީ ތިން ބޭފުޅުންނަށް ދިފާއީ ވަކީލުން ހަމަޖެއްސުމަށް ފުރިހަމަ 10 ދުވަސް ދިނުމަށްފަހު 11 އަށްވާ ދުވަހު އިތުރު އިބްތިދާއީ އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރެއްވުމަށްފަހުއެވެ.

ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރާންތި

    ލޮލް

  2. ވެންއިޓް

    ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރަން ކަމަށް އަނީސާ މެން އެބުނަނީ ވެން އިޓް ކަމްސް ޓު އެމެންގެ އަމިއްލަ އެދުން އެމެންނަށް މަމެންގެ ރައީސް ކަމަކު ނުދިޔައީ އެކަމަކު އަނީސާ މެން ބުނެދީފާނަންތޭ ތަމެން މިނިސްޓަރު ކަން ކުރަމުން ބާއަތޮޅު މެމްބަރު ކަން ކުރަމުން ދިޔައިރު ކިއެއްވެތޭ މާލޭގައި ގެދޮރު ނެތް ބާ އަަތޮޅު އެންމެންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ނުދެވުނީ ނުދެވުނު ނޫންތޭ. ވެން އިޓް ކަމްސް ޓު ޔޫ ތަމެންގެ ކެޕޭސިޓީ އެބަހުރިތޭ ރިއަލީ މަގާމާއި އެކަށީގެންވާ ޓެކްނިކަލް ކެޕޭސިޓީ ވޮންޓް ޔޫ ޑޫ އަ ވެލިއު އިންޖިނިއަރިންގް ތަމެންގެ ޕާރފޯމެންސް. ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް..

  3. ވެންއިޓް

    އަނީސާ މެންގެ ވާހަކަ ތަކުން ދޭހަވަނީ ވެން އިޓް ކަމްސްޓް މައުމޫނު ޖަލަށް ވެސް ގޮސް ގެން ނުވާނެ ކަމަށް ކުށެއް ކުރި ނަމަވެސް ދޯ. އެހެނެއް ނުވާނެއޭ ގާނޫނުގެ ކުރިމަތީގަިއ ހުރިހާ މީހުން ހަމަހަމަ ވާނެއޭ ތަމެން ބުނެދީބަލަ ފެބް އެކެއްގައި ބޮޑު ދެހުކުމޭ މެން ނެރުނު ދަ ނަހަލާލު ކޯޓް އަމުރު ސައްހަ ވާނެ އެއްވެސް ގޮތެއް ނޯންނާނެއޭ ގާނޫނީ ނަޒަރަކުން ބަލާއިރު އަދި ދުނިޔޭގައި ތިބި ބަޔަކު މުޅި ދިވެހި އުއްމަތް މިކަމަށް ހެކި ވާނެ ތަން ތަމެން ދެކޭނެއޭ މިހާރު ލީބިޔާ ރައްޔިތުން އެބަ ބުނޭ ގައްޒާފީގެ ވެރިކަން ވައްޓާލުން އެއީ ލީބިޔާ އެމެން އަމިއްލަ އަތުން ފުނޑާލުން ފަދަ ކަމެކޭ. ހަމަ މިގޮތަށް ރާއްޖޭގެ ރައްޔިތުން އެންމެން އެެއްބަސްވާނެއޭ އަދި ފެބް އެކެއްގައި ބޮޑު ދެހުކުމޭ މެން ނެރުނު ދަ ނަހަލާލު ކޯޓް އަމުރު ސަރުކާރުން ތަންފީޒު ނުކުރުން އެއީ މިގަައުމު އިންޑިއާގެ އަޅުވެތި ކަމަށް ނުގޮސް ސަލާމަތް ކުރެވުނު ހަމަ އެކަނި ގޮތޭ ވޮންޓް ޔޫ ނޯ އިޓް. ޑާންސް ޑާންސް ޑާންސް..

  4. ވެންއިޓް

    ރައީސް މައުމޫނަށް ވެއްޖެނަމަ ޝަރުއީ ކޯޓަކުން ހުކުމް ކޮށްގެން ޖަލު ބަންދުގައި ހުރެގެން ކޯޓަށް ހާޒިރު ކުރުމުން އޭނާ އާއި ޝަރީއަތާއި ގުޅޭ ސުވާލު ކުރުމުން އިންސާނިއްޔަތަށް ޓަކައި ގެއަށް ބަދަލު ކޮށްދޭންވީ އާދައިގެ މީހުން ނޮން އިންސާނިއްޔަތަށް ޓަކައި ބައިތިއްބަންވީ ޖަލުގައި ދޯ. ހާދަ ހެއްވައޭ ދޯ. ވެން އިޓް ކަމްސްޓު ޔޫ ތަމެން އެއިން ބަރީއަވާންވީ ދެއަރ އިޒް ނޯ ކްރައިމް އޮފް ޔޫ ދޯ. ނުވާނެ ތިޔާ ކަމެއް ތިޔާ ކަމެއް ޑޯންޓް ބީ ބްލައިންޑް..