1988 ވަނަ އަހަރު ނޮވެމްބަރު 3 އަކީ ދިވެހިން ތަޖުރިބާ ކުރި ހިތްދަތި، ކަޅު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިހު މިގޮތަށް ވިދާޅުވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާއެއް ވާހަކަފުޅު ދައްކަވަމުންނެވެ.

"3 ނޮވެމްބަރަކީ ދިވެހިން ތަޖުރިބާކުރި ހިތްދަތި، ކަޅު ދުވަހެއް. މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއް، އެއަށްވުރެ މާ އުޖާލާ ފަތިހަކަށް ނިމިގެންދާ އުސޫލަކުން ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ އައީ ދިވެހި އުޑުގައި ކާމިޔާބީގެ ރަންދޯދިތައް އުތުރަމުން. ނަސްރާއި، ނަސީބާއި ކާމިޔާބީގެ ރެޔަކަށް އެ ރޭ ވެގެން ދިޔައީ އަސްކަރިއްޔާގެ ހިތްވަރާއި، ދިވެހި ރައްޔިތުންގެ ފަންވަރުން." ރައީސް ޞޯލިޙު ވިދާޅުވިއެވެ.

ރައީސް ވަނީ އެދުވަހުގެ ހާދިސާގައި ޝަހީދުވި ފަރާތްތަކަށް ސުވަރުގޭގެ ނިޢުމަތް ލެއްވުން އެދި ދުޢާ ކުރައްވާފައެވެ.

"އެދުވަހުގެ ނުރައްކާތެރި ހަމަލާގައި ދިވެހި ޤައުމުގެ ދިފާޢުގައި ޖިހާދު ވެވަޑައިގަތް ސިފައިންނާއި، އަދި ޝަހީދުވި އާއްމުންގެ މީހުންގެ ފުރާނަޔަށް ހެޔޮ ރަޙުމަތް ލައްވައި، ސުވަރުގޭގެ ނިޢުމަތް ލެއްވުން އެދި ދުޢާކުރަން. ވަކިން ޚާއްސަކޮށް އެ ދުވަހުގެ އުދުވާން ނާކާމިޔާބު ކޮށްލި މައި އައްޑަނަ، ޤައުމީ ބަތަލް، ޝަހީދު ހުސައިން އާދަމްގެ ފުރާނަފުޅަށްވެސް ހެޔޮ ރަޙުމަތް ލައްވައި، ސުވަރުގޭގެ ނިޢުމަތް ލެއްވުން އެދި ދުޢާކުރަން." ރައީސް ޞޯލިހު ވިދާޅުވިއެވެ.

އެ ނުރައްކާތެރި އުދުވާން ހުއްޓުވަމަށް އޭރުގެ ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްޤައްޔޫމް އަށާއި، އަދި އަވައްޓެރި ޤައުމުތަކުން ވެދެއްވި އެހީތެރިކަމަށްވެސް ރައީސް ޞޯލިހު ވަނީ ޝުކުރު އަދާކޮށްފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިހު ވަނީ ދާދިފަހުން މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ އާއި ގުޅިގެން މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑަލް ހާސިލްކުރެއްވި ސިފައިންގެ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ. "ތިބޭފުޅުން އެ ނުރައްކާތަކާ ކުރިމަތި ނުލެއްވިނަމަ، އާއްމު ރައްޔިތުންގެ ގިނަ ބަޔަކުގެ ފުރާނަ ގެއްލުނީސް. ތިބޭފުޅުން ދައްކުވައިދިނީ ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންގެ ހައްގުގައި ފުރާނައިން ޤުރުބާންވުމުގެ އަޒުމް ތިބޭފުޅުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ކަން." ރައީސް ޞޯލިހު ވިދާޅުވިއެވެ.

ރައީސް ވަނީ މިރޭ ސިފައިންގެ ހިތްވަރުގަދަކަމުގެ ކުލަ ހާސިލްކުރެއްވި ސިފައިންގެ ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވާފައެވެ. އަދި ސިފައިންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކޮށް، ސިފައިންގެ އާއިލާއާއި ގުޅިވަޑައިގަތް އެންމެހާ ބޭފުޅުންނަށްވެސް ރައީސް މަރުޙަބާ ދެންނެވިއެވެ.

"ތި ބޭފުޅުން ހުވާ ކުރެއްވި އިރު، ވަރަށް މުހިއްމު 3 ކަމަކަށް ހުވާ ކުރައްވާފައި ވަނީ. ޤާނޫނު އަސާސީ ދިފާޢު ކުރުމަށާއި، ދިވެހި ޤައުމާއި، އިސްލާމްދީން ދިފާޢުކުރުއްވުން މަތީ ދެމިތިއްބަވާނެ ކަމަށް ތިބޭފުޅުން ވަނީ ހުވާކުރައްވާފަ، އެހުވާގެ މަތީގައި ޘާބިތުވެތިއްބަވާ، ދެމިހުރުމަކީ އެއީ ތިއައިން ކޮންމެ ބޭފުޅެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް." އަލަށް ސިފައިންގެ އާ ގުޅިވަޑައިގަތް ސިފައިންނާ މުޚާތަބުކޮށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިޙު ވިދާޅުވީ ނޮވެމްބަރު 3 ގެ އުދުވާނުން އެތައް ޢިބުރަތްތަކާއި، ފިލާވަޅުތަކެއް ލިބިފައިވާ ކަމަށާއި، ދެވަނަ ފަހަރަކަށް އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންތައްތައް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސިފައިންގެ ޤާބިލުކަމާއި، ކުރިއެރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ސިފައިންގެ ވަސީލަތްތައް ފުރިހަމަ ކުރުމަށްވެސް މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ޚާއްސަކޮށް ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރަން ޖެހޭ ކަން ފާހަގަ ކުރެއްވިއެވެ.

"މި ރާއްޖޭގެ ފަސްގަނޑަކީ ޤައުމީ އެތައް ބަތަލުންގެ ފުރާނައާއި ލެއިން، ދިރުން ލިބިގެންވާ ބިމެއް. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައިވެސް ދިވެހި ރައްޔިތުންނާއި، ސިފައިންގެ ގުޅުން ފެނިގެން ދިޔަ. އޭގެ ފަހުން ސުނާމީގެ ކާރިސާގައި ވެސް، އަދި ދާދިފަހުން ދިމާވި އަލިފާނުގެ ހާދިސާގައި ވެސް ފެނިގެން ދިޔައީ އެ އަޚުވަންތަކަން.
އަސްކަރިއްޔާ އާއި ރައްޔިތުންނާ ދެމެދު އޮންނަ ބަދަހި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ގެންދާނަން." ރައީސް ޞޯލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާާާޢަލީ

    ކަލޯ ކޮންބަޔަކު ކުރިކަމެއްތަ؟؟؟ އެހެންނުބުނަންދޯ ހެހެހެހެހެހެހެ..ސީކޮން ލަދުކޮބާ ކަލޭމެންގެ...ބުނަންވެސް ޖެހިއްޖެވިއްޔަދޯ ތިހެންްް......

    30
  2. ޙަސަން

    ޜޭގަ ޕީ.ޕީ.އެމް މުޒާހަރާ ގަބުނި 3 ނޮމެމްބަރ ވވވވވޥާހަކަ ދެއްކުން މަނައޭ ދޯ ދެންކިހިނެތް މިވޥީ

    17
    2
  3. އަހުމަދު

    އެ ދުވަހުގެ މޭސްތިރިންނަކީ ކަލޯގެ ބަފާމެން.........

    37
    2
  4. ޢަހުމަދު އަލީ

    ރައިސް އިބޫ އާއި ސީޕީ ހަމީދު ގެ ބަފާކަލޭގެ ސިއްކަ އަހްމަދު އިސްމާލު މަނިކު އިސްކޮށްހުރެ ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގަ 19 ދިވެހިން ޝަހީދު ކުރި.

    39
  5. ސަޓޯ

    ނޮވެމްބަރު 3 ތަ ކަޅުދުވަހަކީ ؟؟ މިހާރު މިޖެހިގެން އުޅޭ ޝަހިންދާ އޭ ކިޔުނު މުސީބާތް ކުޑަތަ ؟؟؟

    39
  6. ކެޔޮޅު

    ތިޔަދުވުގެ މޭސްތިރިއަކީ ރައީސް ސޯލިހުގެ ބަފައިބޭ (ބޮޑުސިއްކަ) ނޫންތަ؟

    35
  7. ތެދު

    ތިބޭފުޅާގެ ބަފާކަލޭގެ ދެއްތޯ..މީހުންމެރީ...

    35
  8. ޖިންނި

    ދިވެހިރާއްޖެ ދުއް އެންމެ ބޮޑު ޕަޕެޓް !

  9. ބުރޯ

    އެ ދުވަހުގާ ކަޅުކުލަ ޖެއްސުމުގާ އަނދިރި ސަރުކާރުގެ ވެރިޔާ އާއި އޭނާގެ ބައިވެރިންގެ އަތެއް ވެސް ހިމެނޭނެ އެކަމަކު ތިބީ ފިލާ. ހިންނަވަރުގާ ތިބެ ވަގު ކުކުޅު ކޭ ގްރޫޕްގެ އެންމެންވެސް ކަޅުދުވަހުގާ ސާމިލްވޭ

  10. 19 ނަވާރަ

    މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއް، މި ޅެން ބައިތުގެ އަނެއްބައި ލިޔުނު މީހާއަށް ނޭގުނީތަ ނޫނީ ޤުދުރަތުގެ ވާހަކަ އޮތީމާ ކިޔަން ނުކެރުނީތަ.