ގއ.އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ ފަތުރުވެރިޔަކު، އެރިސޯޓްގެ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދިވެހި ޒުވާނަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

އަނިޔާ ލިބިފައި ވަނީ 18 އަހަރުގެ ޒުވާން ފިރިހެނަކަށެވެ. އޭނާ އަކީ ރެސިޑެންސް މޯލްޑިވްސް ފަޅުމާފުށި ރިސޯޓްގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ޒުވާނެކެވެ.

އޭނާގެ ބައްޕަ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފަތުރުވެރިޔާ އޭނާގެ ދަރިފުޅަށް ހަމަލާދިނީ ރޭ 19:00 ހާއިރު ކަމަށެވެ.

"ދަރިފުޅު ނެގި ފޮޓޯއެއް ދައްކަބަލާށޭ ފަތުރުވެރިޔާ ބުނީ. އެފޮޓޯ ނުދެއްކިގެން އުޅެނިކޮށް ކުއްލިއަކަށް ތަޅައިގަނެ މަރާމާރީ ހިންގީ. 25 ވަރަކަށް ފަހަރު ދަރިފުޅުގެ ގައިގަ ޖެހި. އޭރު އެތަނުގައި ރިސޯޓްގެ އެސިސްޓެންޓް މެނޭޖަރާއި ބައެއް ފަތުރުވެރިން ވެސް ތިބި. ނަމަވެސް އެއްވެސް މީހަކު ނޫޅުނު ފަތުރުވެރިޔާ ދުރުކުރާކަށް." ބައްޕަ ބުންޏެވެ.

އަނިޔާ ލިބުނު ޒުވާނާގެ ބައްޕަ ބުނީ މާރާމާރީ ހިންގުމުން ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ވަގުތުން ރިޕޯޓް ކުރި ކަމަށާޢި ނަމަވެސް ފުލުހުންގެ އެއްބާރުލުމެއް ނުލިބުނު ކަމަށެވެ. ރޭ ތިން ފަހަރެއްގެ މަތިން ފުލުހުންނަށް ގުޅުމުން ވެސް މައްސަލަ ބަލަން ފުލުހުން މަސައްކަތެއް ނުކުރި ކަމަށް ޒުވާނާގެ ބައްޕަ ބުންޏެވެ.

އަނިޔާ ލިބުނު ޒުވާނާ ޑޮކްޓަރަށް ދެއްކުމަށް ވިލިނގިއްޔަށް ފޮނުވައި ދިނުމަށް އެދުމުން ވެސް ރިސޯޓުން އެކަން ކޮށްނުދިން ކަމަށާއި އެންމެފަހުން ވިލިނގިއްޔަށް ދިޔައީ ވެސް އަމިއްލައަށް ލޯންޗެއް ހަމަޖައްސައިގެން ކަމަށް ޒުވާނާގެ ބައްޕަ ބުންޏެވެ.

ވިލިނގިއްޔަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ވަނީ ޒުވާނާގެ ބުރަކަށީގެ ޑިސްކަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް ބުނެފައެވެ. މިހާރު ޒުވާނާ މާލެ ގެނެސްފައިވާ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

އޭނާގެ ބައްޕަ ބުނީ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ރިސޯޓާއި ގުޅިގެން މައްސަލަ އޮއްބާލަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މިރޭ ވެސް ޕޮލިސް ސްޓޭޝަންގެ އިންޗާޗް ފޯނުކޮށް މައްސަލަ ދޫކޮށްލައި ދިނުމަށް ފަތުރުވެރިޔާގެ ފަރާތުން އެދުނު ކަމަށެވެ.

"ޕޮލިސް ސްޓޭޝަން އިންޗާޗް ގުޅާފައި ބުނީ މައްސަލަ ދޫކޮށްލާށޭ. ފަތުރުވެރިޔާ ބޭނުން ވަނީ މައްސަލަ މިކޮޅުން ދޫކޮށްލާށޭ. ނަމަވެސް އަޅުގަނޑުމެން ބޭނުން ވަނީ ޤާނޫނީ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ކުރަން. މިހާރު ޤާނޫނީ ވަކީލަކު ވެސް ނަގައިގެން މަސައްކަތް ކުރަމުން މިގެންދަނީ." އޭނާ ބުންޏެވެ.

މާރާމާރީ ހިންގި ފަތުރުވެރިޔާ އަކީ މާދަމާ ރާއްޖެ އިން ފުރަން ހަމަޖެހިފައިވާ މީހެއް ކަމަށް ވެއެވެ. އަނިޔާ ލިބުނު ޒުވާނާގެ އާއިލާ އިން އެދެނީ އޭނާ ފުރުން ހުއްޓުވުމަށް ފަހު މައްސަލަ ތަޙްޤީޤު ކޮށްދިނުމަށެވެ.

މިމައްސަލަ އާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ވެސް ރިސޯޓްގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ށިޔާށި

    ދޫނުކުރާ ތި އަމިއްލަ ގައުމުގަ އިންސާފު ނުލިބި ވަރަށް ދެރަ ކަމެއް

    146
    3
  2. މާމިގިލީ މީހާ

    ސަރުކާރުން މިމައްސަލަ ބަލާންޖޭހޭ. މީގަ އިހުމާލުވި މީހުނަނައް ހައްގު އަދަބުދޭންޖެހޭ. މައްސަލަ ނުބަލައިފިޔާ ދެނެއް ވޯޓެއް ނުދޭނައް އެމްޑީޕީ ސަރުކާރެއް ހޮވާކަށް. ގުންޑާ ސަރުކާރު.

    159
    2
  3. ޔަހްހީ

    އެހެން ފޮޓޯ ނެގޭތަ މީހުންގެ ހުއްދަނެތި..ކޮންކަހަލަ ފޮޓޯއެއްތަ ނެގީ...ރިސޯޓްތަކުގައި ކެމެރާހިފައިގެން ފޮޓޯ ނަގަން އުޅެވޭތަ ބޭނުންހާ މީހަކު...

    7
    51
    • ރިސޯޓް ބޯއި

      ބަލަ ހުއްދަ ނެެތިއެއް ނޫނޭޭ ފޮޓޯ ނެގީ، ރިސޯޓް ތަކުގައި ބޭނުންހާ މީހަކަށް ފޮޓޯއެއް ނުނެގޭނެ

      19
      • އޭނާރކީ

        ހުއްދަ ނެތި ފޮޓޯ ނެނގީ. ބުނުނމުން ނުދެއްކީ ކީއްވެގެން؟؟އެ ސުވާލު ކޮއްބަލަ އޭނާއަށް

        1
        9
  4. ނާން

    ކޮންގައުމެއްގެ ފަތުރުވެރިއެއްތަ. އިޒްރޭލް ޫނީ އެމެރުކާ ވީމަތޯޗެ ގައުމު ހާމަނުކުރީ. ނޫނީވެދާނެ އިންޑިއާ ކަމަށްވެސް

    42
    2
  5. ދީނަށްޓަކައި

    މިސަރުކާރުގައި ލާދީނީ މީހުންނަށް އިންސާފު ލިބޭނީ؟މިއީ ސޯނިބެ ސަރުކާރު

    35
    2
  6. މަންޖެ

    ތިކަމުގެ ހަޤީޤަތެއް ނޭންގެ އެއްނު. ފޮޓޯ ނެގީ އޭނަގެ ނުގަބޫލުގައިތަ؟؟

    16
    11
  7. ރިސޯޓު މުވައްޒަފު

    މީގެން ދޭހަވަނީ ރިސޯޓް މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކަމެއް ނެތްކަން

    38
    1
  8. ރިސޯޓް ބޯއި

    ތިޔަ ކަމެއް ހިނގީމަ ރިސޯޓް މެނޭޖް މަންޓުން އެކުއްޖާ ޔަށް އެންގީ ކޮޓަރިން ބޭރަށް ނުދިޔުމަށާއި ވަޒީފާ ޔަށް ނުނިކުތުމަށާއި އަދި ރިސޯޓުން ބޭރަށް ނުދާން. ނަސީބެއްނު ތިކުއްޖާގެ ޢާއިލާޔަށް އެނގުނުކަން. ދެރައީ މިގައުމުގަ އިންސާފު ލިބެނީ ވަކި ބަޔަކަށް ކަަން ?

    39
    1
  9. އަހުމަދު

    ފުރަތަމަ މަސްއަލަދޫކޮއްލަން ފުލުހުން އެދުމުންވެސް އެބައެނގޭ އަމިއްލަގައުމުގެ ހާލަތުދިޔަމިންވަރު

    37
  10. ފިޔަލަ

    ވޯޓުދިނީ ކަލޭއެކަނިތަ

    1
    24
  11. ލައިލާގެ ރައިވަލް

    ފަތުރުވެރިޔާ ފުރައިގެންދާނެ.
    ދެން ބުނާނެ ރަސްމީކޮށް މައްސަލަ ހުށަހަޅާފައި ނެތޭ.

    35
  12. ރަދީފް ހުސެން

    ކޮންމެ ގައުމެއްގެ މީހެއް ވިޔަސް މައްސަލަ
    ބެލެން ވާނެ. ޓޫރިސްޓުން ވިޔަސް ކޮންމެ ވެސް އަހުލާގެއް ހުންނަން ވާނެ. ކަމެއްދިމާ ވެދާނެ "ގެސްޓް އިސް ނޮޓް އޯލް ވޭސް ރައިޓް".

    42
  13. ބޮލި މުލައް

    ކޮބާ ރިސޯޓަށްއަރާ އޭނަ ހިފަހައްޓާ އޭރުން ފުލުހުން ދާނެއްނު.

    13
  14. ހަދާއެއްޗެއްއެގިދާނެތާ

    ތި މައްސަލަ ބަލައިނިންމުގެ ކުރިޔަކުން އަހަރެން ނުބުނާނަން ތިމައްސަލަ ބަލާނެޔެކޭ. މަރާމާރި ހިންގިމީހާ ފުރު ވާލާނީ ކަމަށް ގަބޫލުކުރެ ވެނީ. ވަޒީފާގެ މާހައުލުގައި ޖިސްމާނީ ރައްކާތެރިކަން ޔަގީންކޮށްދިނުމަކީ ވަޒީފާދޭ ފަރާތުން ކުރަންޖެހޭނެ ކަމެއް. ފަތުރު ވެރިޔެކޭ ކިޔާފަ ޖިނާއީ ކުށްތައް ހިންގަން ދޫކޮށްލެ ވިގެން ނު ވާނެ

    18
  15. ޓުއަރިޒަމް

    25 ވަރަކަށް ފަހަރު ދަރިފުޅުގެ ގައިގަ ޖެހި. އޭރު އެތަނުގައި ރިސޯޓްގެ އެސިސްޓެންޓް މެނޭޖަރާއި ބައެއް ފަތުރުވެރިން ވެސް ތިބި. ނަމަވެސް އެއްވެސް މީހަކު ނޫޅުނު ފަތުރުވެރިޔާ ދުރުކުރާކަށް."

    13
    1
  16. ޓުއަރިޒަމް

    އަނިޔާ ލިބުނު ޒުވާނާގެ ބައްޕަ ބުނީ މާރާމާރީ ހިންގުމުން ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ވަގުތުން ރިޕޯޓް ކުރި ކަމަށާޢި ނަމަވެސް ފުލުހުންގެ އެއްބާރުލުމެއް ނުލިބުނު ކަމަށެވެ. ރޭ ތިން ފަހަރެއްގެ މަތިން ފުލުހުންނަށް ގުޅުމުން ވެސް މައްސަލަ ބަލަން ފުލުހުން މަސައްކަތެއް ނުކުރި

    13
  17. ބޯ ޕާޓީ ޑީޕީ

    ޓުއަރިޒަމް އަށް އޭގެން ނޭދެވޭ އަސަރެއް ކޮށްފާނެތީވެ ނުކެރުނު ހުއްޓުވާ ފިޔަވަޅެއް އަޅަންވެސް، އަދި ސަރުކާރު މުއައްސަސާ އަށް ވެސް.

    16
  18. ބޮއިކޮޓް ކުރެވޭކަށް ނެތް

    ރިސޯޓު ތަކުގަ ތިބެނީ ޓުއަރިސްޓުންގެ އަޅުންދޯ. ކޮން ގައުމެއްގެ ފަތުރުވެރިއެއްތޯ ތަޅައިގަތީ؟

    13
  19. ފަތުރުވެރިޔާގެ ހައްގު

    ޓުއަރިޒަމަށް އަސަރެއް ކޮށްފާނެތީ ނުކެރޭނެ ކަމެއް ކުރާކަށް.

    12
    1
  20. ހުސްނު

    ބަލަ އެމީހުން ދޭ ލާރިން ކައިގެން ބޮއެގެން އުޅެންޔާ ނުކެރޭނެ ދޯ މައްސަލަ ބަލާކަށް... ރައްޔިތުމީހާއަށް އަނިޔާ ވެރިވެފާ ބޭރު ސާރިދޯޅަކަށް ސަޕޯޓް މިދެނީ.. މީ ގައުމުގެ ހާލަތު

    14
  21. ކަރީމުބެ

    ރިސޯޓްދާއިރާގައި ދިވެހިންނަށް ހަދަނީ ހަދާނެގޮތެއް. ފަތުރުވެރިއެއްވެއްޖިއްޔާ އެމީހުން އިޙްތުރާމްވެސް ކުރަނީ އިންތިހާއަށް. އެކަމަކު ދިވެހިން އެއަރޓެކްސީން މާލެދާން ބޭނުންވެގެން ރިސޯޓަށް އަރާލިޔަސް ބޯނެ ފެންފޮދެއް ނުދީ އަވީގައި އެތައްގަޑިއިރު ހުންނަންޖެހި އެންމެފަހުން މީހުން ގިނައޭކިޔާ ކެންސަލްކޮށް ރަށަށް ފޮނުވާވެސްލާފައި އެބަހުރި. އެތައްގިނަ ލާރި ގެއްލިގެންދާތަން އާދޭ. ވަރަށް އިހާނެތިކޮށް ދިވެހިންނަށް ހަދާ ރިސޯޓްތައް އެބަހުރި. ދިވެހި ރާއްޖޭގައި ދިވެހިންނަށް ވަރަށް އިހާނެތިކޮށް ކަންކުރަނީ މިއުޅޭ ރިސޯޓްތކުގެ ބައެއް ވެރިން.

    16
  22. ގައުމުގެ ދޫ

    ދީނަށްޓަކައި ނަކަމަށް ޖަހައިގެން މީހުންގެ ހުންނަ އައިބުކިޔުން ކަމަކީ، ނަން ކޮންމެ ގޮތަކަށް އޮތަސް ދީނުގެ ރީތި ސިފަތައް އެއްވެސް ވަރަކަށް އެނގިފައިނުވާ ކަމީ ހިތާމަ ހުރިކަމެއް. އިސްލާމުދީން ކުރިއަރަނީ ދީނުގެ ހުރި ރީތިމާތް ސިފަތަކުގެ ސަބަބުން، އެކަން އެހެން ގޮތަކަށް ދެއްކުމަށް އިސްލާމުންގެ ނަމުގާ ދީނުގެ ނަމުގާ ބައެއް ބޭކަލުން މަސަައްކަތްކުރޭ!

  23. ޝޮޓްގަން

    ނުވާނެ ތިކަމެއް! މިހާރު އެއޮތީ ކުށްވެރިން ބަދަލުކުރާ އެތީގައި މިދެގްރޫޕް ސޮއިކޮށްފައި. އެވެސް އެވެރިން މިވެރިންގެ ބޮލަށް އެރިގެން ގަތް ގަނޑެއް. ހުރިހާ ފައިދާ އެއް އެވެރިން ނަށާ މިތާވެރިންގެ ޖީބަށް. ރައްޔިތުމީހާ ވާނީ ހަނާ!

    10
    1
  24. ސަޓޯ

    ގއ މުސްކުޅިން ވަރަށް ދޮގު ހަދާނެ !!

  25. ހީކުރިގޮތަށްވީ

    ބައެއް ފަރާތްތަކުން ހަމަ ލަފާކުރި ގޮތަށް، ތިޔަ ފަތުރުވެރިޔަކު ތިޔަވީ އިންޑިޔާ މީހަކަށް. އެހެން ގައުމުތަކުގެ މީހުން މާރަގަޅެކޭ ނޫން؛ އެކަމަކު ގިނަ އިންޑިޔާ މީހުން ވަރަށް އަތް އިސްވާނެ. ދެލާރި އެއްތާ އޮއްވާ ފެނިއްޖެއްޔާ ހީވާނީ އެހެންމީހުންނަކީ ތިމާމީހާގެ އަޅުންނޭ. ހިންދީ ފިލްމުތަކުންނާއި ޑްރާމާތަކުން އެދައްކައިދެނީ އެމީހުންގެ އަމިއްލަ ގައުމުގެ ހާލަތު.

  26. ރޭޕިސްތާން

    އާނ ލާހިކައެއްނޫން ރޭޕިސްތާނު ގެ ގގގފގ ގެރިއަކު ކަމެއް ކޮށްފިއްޔާ އެއަކަށް ނުކުރާނެ ކަމެއް އެއީ މޯދީ ގެ ގެރިއެއް.

  27. ނަދުރު

    ބަލަ ގޭގަ ނިދަންތިއްބާތަ އެމީހުން ލާރިދެނީ ކޮއްމެ މަސައްކަތެއްކުރާމީހެއް ކަމުވިއަސް އެމީހެއްގެ ގަދަރާ އިއްޒަތެއް އޮންނާނެ ފަތުރުވެރިއަކަސް ދަތުރުވެރިއަކަސް ގަޔައް ބޮލަކައް ނޭރޭނެ ތިކުއްޖާއައް އިންސާފް ލިބެންޖެހޭނެ ކޮބާ އަލީވަހީދު

  28. ބަޗީ

    ތިފަދަ ޢަމަލުތައް ރާއްޖޭގައި ހިނގާތީ ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ނޫނެކޭ އެ ބުނަނީ. ކޮބާ އިންސާފު؟.

    4
    1
  29. ހިއްވަރު

    ދޫނުކުރާތި ހިތުހުރިހާ ގޮތެއް ނެހެދޭނެ ގެރި މޯދީ ރަށުމީހާ ފުރިއަ ދީގެން ނުވާނެ މައްސަލަ ބަލަންޖެހޭނި އިންސާފް ލިބެންވާނެ