ގއ.އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގެ ފޮޓޯގްރާފަރަކަށް ހަމަލާދިނީ އިންޑިއާ ފަތުރުވެރިއެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޒުވާނާ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފުލުހުންގެ ފަރާތުން ފުރަތަމަ އެއްބާރުލުމެއް ނުލިބުނު ޚަބަރު ފުލުހުން ވަނީ ދޮގުކޮށްފައެވެ.

އިންޑިއާ ފަތުރުވެރިޔާ ދިވެހި ޒުވާނާ އަށް ހަމަލާ ދިނީ ރެސިޑެންސް މޯލްޑިވްސް ފަޅުމާފުށި ރިސޯޓްގައެވެ.

ފުލުހުން ވިދާޅުވީ ރެސިޑެންސް މޯލްޑިވްސް ރިސޯޓްގައި މަސައްކަތްކުރާ ފޮޓޯގްރާފަރެއްގެ ގައިގައި, އެ ރިސޯޓްގައި ހުރި އިންޑިއާ ފަތުރުވެރިއަކު ތަޅާ މާރާމާރީ ހިންގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މިމާރާމާރީގައި ފޮޓޯގްރާފަރުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ފޮޓޯގްރާފަރު އަމިއްލައަށް ވިލިނގިއްޔަށް އައިސް ކަމަށާއި، މައްސަލަހުށަހެޅުމާއެކު ފުލުހުން ރިސޯޓަށް ދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް އަނިޔާ ލިބުނު ފޮޓޯގްރާފަރުގެ ބައްޕަ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އިއްޔެ ރޭ ތިން ފަހަރެއްގެ މަތިން ފުލުހުންނަށް ގުޅައި މައްސަލަ ރިޕޯޓް ކުރުމުން ވެސް ފުލުހުންގެ އެއްބާރުލުމެއް ނުލިބުނު ކަމަށެވެ. އޭނާ ބުނީ ފުލުހުން ރިސޯޓަށް ދިޔައީ ފޮޓޯގްރާފަރު އިއްޔެ އަމިއްލައަށް ވިލިނގިއްޔަށް ގޮސް ފުލުހުންނަށް ބަޔާނެއް ދިނުމުން ކަމަށެވެ. އޭގެ ކުރިން ފުލުހުން ބުނަމުން ގެންދިޔައީ ރިސޯޓަށް އެރުމުގެ ހުއްދަ ފުލުހުންނަށް ނެތް ކަމަށް ކަމުގައި ވެސް ފޮޓޯގްރާފަރުގެ ބައްޕަ ބުންޏެވެ.

ފަތުރުވެރިޔާ މާރާމާރީ ހިންގި މައްސަލަ އޮއްބާލަން ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ އިންޗާރޖު ފޮޓޯގްރާފަރުގެ ބައްޕަ އަށް ގުޅައި މަސައްކަތް ކުރި ކަމަށް ފޮޓޯގްރާފަރުގެ ބައްޕަ ބުނި ނަމަވެސް ފުލުހުން އެކަން ދޮގު ކުރެއެވެ. ފުލުހުން ބުނީ އެފަދަ ކަމެއް ފުލުހުން ކޮށްފައި ނުވާނެ ކަމަށެވެ.

މާރާމާރީ ހިންގި އިންޑިއާ މީހާ މިއަދު ރާއްޖެ އިން ފުރާނެ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަސީދު

    ޢަދި މި އިންޑިޔާ ބާނު ފެށެން މިއުޅެ ނީ ފުހުލުހުންނައް ގޯވާލަން މިއިންޑިޔާ މީހާ ހައްޔަރު ކުރަން

    75
    2
  2. ހާފިޒް

    ފަހުންނަގާރާޅު މާބޮޑުވާނެ ވިސްނާނެކަމަށް ހީކުރަން ރިސޯޓްތަކުން މިކަހަލަ ކަންތައް ނުބެލިއްޖެއިޔާ........

    39
    1
  3. ކަންނެލި އޮޑި

    ދިވެހި ރައްޔިތުން! ވިސްނަވާތި. މިތަނުގައި ދިވެހިރައްޔިތުންނަކީ، ދެވަނަ ދަރަޖައިގެ ބައެއްކަމަށް ވެގެން ދާނެ. މީގެ ކޮޅުމަތި މިހާރު ފެންނަމުން މިދަނީ.

    44
    2
  4. ޖިންނި

    އިންޑިއާ ހަރާމީ ހައްޔަރުކުރޭ

    39
  5. ޒާން

    ހަޤީޤަތާ ޚިލާފަށް ވާހަކަދައްކައި މުޢައްސަސާއެއްގެ އަގުވައްޓާލުމާއި ދޮގުހެދުމުގެ ރިވެތި ނަމޫނާ ދަރިއަސް މިދައްކައިދިނީ ދެން އެދަރި ބައްޕަގެ އަމަލުން ލިބިގަންނާނީ ނުބައިހިތްވަރު މިއީ ދަރި ދޮންފުތު ކުރުން.

    3
    44
  6. ޒާން 4-11-2019

    ހަޤީޤަތާ ޚިލާފަށް ވާހަކަދައްކައި މުޢައްސަސާއެއްގެ އަގުވައްޓާލުމާއި ދޮގުހެދުމުގެ ރިވެތި ނަމޫނާ ދަރިއަށް މިދައްކައިދިނީ ދެން އެދަރި ބައްޕަގެ އަމަލުން ލިބިގަންނާނީ ނުބައިހިތްވަރު މިއީ ދަރި ދޮންފުތު ކުރުން.

    3
    36
  7. ޢާޒިމް

    ޢިންޑިއާ މީހާ ފުރައިގެން ދެވިގެން ނުވާނެ..ފުރުވާަލަިފިނަމަ އިންޑިއާ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރަންވާނެ..އިންޑިއާ ސަރުކާރު ދަށުވެގެން އެމްޑީޕީ އޮވޭ އިންސާފު ލިބެންޖެހޭނެ

    50
  8. އަވަރ ބެކްޔާޑު

    ސާބަހޭ މިސަރުކާރަށް ވޯޓުދިން މީހުންނަށް. ޖަޒީރާ ވެރިކަމެއްގައި އޮންނާނީ އިންޑިއާގެ ބާރުގެ ދަށުގައި.

  9. ގލޅ

    އެމީހާ ފުރިއަދީގެންނުވާނެއެވެ އިންޑިއާމީހުން ރާއްޖޭގެ ރައްޔިތުންނަށް އަނިޔާކޮށް މާރާމާރީ ހިންގަނީ މިހާރުއޮތްސަރުކާރުގެ ވާގިވެރިކަމާއި އެކުގައެވެ ސަރުކާރު
    ވެރިކަމަށް އަންނަން އިންޑިއާއިން ހޯދި ގިނައެހީތަކަށް އަގު ދެއްކުމެގެ ތެރެއިންނެވެ. ދިވެހިންގެ ގަޔަށް ބޮލަށް އަތްލާ ހިސާބަށް އިންޑިއާ އިސްފައިވަނީ ސަރުކާރުގެއްވެސް އަގެއް އެމީހުންގެ ކުރިމަތީގައި ނެތަތީއެވެ. ނަސީދު އިސްތިއުފާ!

    10
  10. ބަލަންތިބެމާ

    ބަލަންތިބޭ ކަންތައް ދާގޮތް. އިންޑިޔާމީހާއަށް އެއްވެސް ފިޔަވަޅެއްނޭޅޭނެ. ފުރައިގެން ދާނީ. ދިވެއްސަކު އިންޑިޔާގަ ކޮށްލި ކަމެއްނަމަ "އުލުބައިންދާނެ ".

    11
  11. ޒާ

    އެއްވެސް ޤާނޫނެއްގައި ނޯންނާނެ ޖިނާޢީ ކުށެއްގެ ތުހުމަތަކުވެސް ފުލުހުންނަށް ރިސޯޓަކަށް ނޭރޭނެކަމަކަށް. ދެންއޮތީ އިންޑިއާ މީހާގެ ވާހަކަ. އިންޑިއާއަކީ އެގައުމުގައިވެސް ދަށްފަންތީގެ މީހުން އުޅޭކަމަށް ލޭބަލްކޮށް އެމީހުންނާމެދު ލާއިންސާނީ ޢަމަލު އެންމެގިނައިން ހިންގާ ގައުމު. އެހެންވީމާ އެމީހުން ދިވެހިންނާމެދުވެސް އެފަދަ ދަށުދަރަޖައިގެ ޢަމަލު ހިންގާނެ. އިންޑިއާ މީހުންނަށް ސައިޒް އޮޅުނީ މިވެރިމުގައި ތިބި އިންޑިއާގެ ތައްޕާހާލައިގެން ނޫނީ ނޫޅެވޭނެކަމަށް ދެކިގެންއުޅޭ މީހުންގެ ސަބަބުން. އޭނާ ފުރުން މަނާކޮށް މައްސަލަ ބަލަން ގޮވާލަން.