އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ނިމުމަކަށް ގެނަން ޖެހޭ ކަމަށާއި އެއްވެސް ފަރާތަކުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިކަމަށް އެދިވަޑައިގެންފައި ވަނީ މިއަދު ޕެރެޑައިސް ރިސޯޓުގައި ބޭއްވި "އާންމު ސިއްހަތުގެ މަހާސިންތާ" އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި ވިދާޅުވީ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އަދި އެކަމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުންވެސް ދުރުހެލިވާން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑު ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލަން ބޭނުންވޭ، އާންމު ތަންތަނުގައި އެހެން މީހުންގެ ސިއްހަތަށް ގެއްލުން ލިބޭފަދަ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން އަޅުގަނޑުމެން ނިމުމަކަށް ގެންނަން ޖެހޭ" ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލްވިދާޅުވީ ކިތަންމެ ކުރާ ހިތްވާ ކަމެއް ކަމުގައި ވީނަމަވެސް އެކަމުން އެހެން މީހުންނަށް ލިބިދާނެ ގެއްލުމާއި މެދު ވިސްނަންޖެހޭ ކަމަށެވެ. އަދި ދުންފަތުން ލިބޭ ގެއްލުމުން މުޖްތަމައު ސަލާމަތް ކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަމިއްލަ މަންފާއަށްޓަކާ ކުރާ ކަމަކުން އެހެން މީހަކަށް ގެއްލުމެއް ލިބީ އަނެކާގެ ހައްގު ނިގުޅައިގަނެވޭނަމަ އެކަމެއް ވަގުތުން ވަގުތައް ހުއްޓަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުން ދުރުހެލިވެ ތިބެއްޖެ ނަމަ ގައިންގައިން ނާރާ ބޮޑެތި ބަލިތަކުން ސަލާމަތް ވާނެ ކަމަށާއި މި ރާއްޖޭގައި ދިގު މުއްދަތަށް ބޭސްފަރުވާ ކުރަން ޖެހި ޅައުމުރުގައިވެސް ބަލިއެނދުގައި މީހުން ތިބެންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު ކުރިއަރައިފައިވާ ކަމަށާއި އަދި މި ސަރުކާރުންވެސް ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުއިއެރުވުމަށް އެތައް މަސައްކަތްތަކެއް ރޭވިފައިވާކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުން ޒަމާނުއްސުރެ ސިއްހީ ހިދުމްތައް ހޯދުމަށް އުފުލަމުން އައި ބުރަ ކުޑަކުރުމަށްޓަކާ އެތަށް ކަމެއް ޕްލޭންވެފައިވާކަަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަންތަރީސް

    މަރުހަބާ މަރުހަބާ އަވަސްކޮށްދެއްވާ މިހަަރުވެސް ލަސްވެއްޖެ

    8
    3
  2. ބެއްޔާ

    ކޮންކަމަކާ ތިއުޅެނީ. ތިއަށްވުރެ މުހިއްމުކަންކަން އެބަހުރި ދައުލަތުން ކޮށްދޭންޖެހޭ. ރައްޔިތުން މިތިބަ ބިކަވަނީ. ވެރިން ދައުލަތުގެ މުއްސަނދިކަމުގަ އުޅުނަސް ރައްޔިތުންނަށް ތަނަވަސްކަމެއް ނުލިބޭ.

    8
    6
  3. ދެރަކަމެއް

    ވަރަށް ބޮޑު ތެދުފުޅެ އް. މަގުމަތީގަ ހިނގަން އުނދަގޫ.

    10
    2
    • ހފ

      ގޭގެއޮވެބަލަ

      3
      4
      • މަޑިފުށި

        ކަލޭ އޮވެބަލަ ދުން ނާރުވާ ގޭގަ

    • Anonymous

      ސިނގިރޭޓު ބޯމީހުން ގޭގަ އޮވެބަލަ މަގުމައްޗަކީ އެންމެންގެ ތަނެއް. އެހެން މީހުން ޞިއްޙަތު ހަލާކުނުކޮށް ގޭގަ އޮވެބަލަ.

  4. Anonymous

    ސިނގިރޭޓު ދުމުގަ ނުޖެހި މާލޭގެ މަގުމަތީ މިހާރު ހިނގޭކަށްނެތް.
    ސިނގިރޭޓު ބޮމުން މަގުމަތިން ހިނގާފައުޅޭ ބަންގާޅިން ގިނަވެއްޖެ.

  5. އަލީ އިބްރާހިމް

    އަހަރުމެތއް އެއައްވުރެ މާ އުދަގޫވޭ މަގުމަތީގައި އޮރިޔާމުން ހިނގާތީވެ

    4
    5
  6. މޫސާ ފަތުހީ

    ސިނގިރެޓާ އަޅައިގަނެގެން ނުނެއްޓިގެން އުޅޭ ބައެއްމީ

    4
    5
  7. މުނައްވަރު

    ސިނގިރެޓް ބޯ މީހުން ގެ ހައްގު ކޮބާ އެމީހުނައް އެ އަތްފޯރާ ފަށައްގެންނަޖެހޭ އަގުބޮޑަސް ލިބޭ ލާރި ކޮޅުން އެ ބޯން ބޭނުވާ މީހުން ބޯނެ އޭގެ ސަބަބަުން އާއިލާ އަށް ހަރަދު ކުރަން ހުންނަ ލާރި ކޮޅު މަދުވަނީ މީ ކިހާ ދެރަ ކަމެއް...

    2
    3
    • Anonymous

      ސިނގިރޭޓު ބޯމީހުންނަށް އެބޯން އެއްވެސް ހައްގެއް ދޭކައްނުޖެހޭ. ސިނގިރޭޓު ބޯ މިހުންނަކީ އެހެން މީހުންގެ ޞިއްޙަތު ހަލާކޮއް އެހެންމީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ބައެއް. ސިނގިރެޓު އެތެރެކުރުން ހަމަ މަނާކުރަންވީ.