މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިސްނަގައިގެން "ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" ގެ ޝިޢާރުގެ ދަށުން ކެންޕެއިނެއް ފައްޓައިފިއެވެ.

ނޫސްމީޑިޔާތަކުގައި ދޮގު ޚަބަރުތައް ފެތުރެމުން ދާ މައްސަލަ ހައްލުކުރުމަށާއި ވަކިވަކި ފަރުދުން މިކަމަށް އަހުލު ވެރިކުރުމުގެ ގޮތުން ހޯމްމިނިސްޓްރީިއިން އިސްނަގައިގެން ފެއްޓި މި ކެންޕެއިން ލޯންޗް ކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންދިޔައީ މިއަދު ޗަންޕާ ސެންޓްރަލް ހޮޓަލުގައެވެ.

މި ރަސްމިއްޔާތުގައި ކެންޕެއިން ލޯންޗްކޮށްދީފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.ޙަސަން ހަމީދެވެ. އަދި ޖަލްސާ ޝަރަފުވެރިކޮށްދީފައި ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ.

މި ކެންޕޭނުގެ އެމްބެސެޑަރުންގެ ގޮތުގައި 7 ބޭފުޅަކު މިނިސްޓްރީއިން ކަނޑައަޅައިފައިވެއެވެ. މިގޮތުން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާނީ ވީމީޑިޔާގެ ސީއީއޯ މުޙައްމަދު އާސިފްއާއި، ޕަބްލިކް ސަރވިސް މީޑިޔާގެ ބޯޑް މެމްބަރު މަރިޔަމް ވަހީދާއާއި، މިހާރު ނޫހުގެ އެސިސްޓެންޓް އެޑިޓަރ މުޙައްމަދު ހަމްދޫނާއި، ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ ޝަމްޢާން ޝާކިރުއާއި، ކުޅިވަރު ނޫސްވެރިޔާ އަބުދުﷲ އަޒްމީންއާއި، ކުރީގެ ނޫސްވެރިޔާ ހުސެއިން ހަސަންއާއި، ވަގުތު އޮންލައިންގެ ހުސެއިން އަރުބާން ފައްވާޒްއެވެ.

މި ކެމްޕެއިންގެ ދަށުން މީސް މީޑިއާގެ މަންސަތަކާއި އެނޫންވެސް މީޑިއާގެ މަންސަތަކުގެ ޒަރިއްޔާއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރާނޭ ކަމަށް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. އަދި އެޔާއި އެކު އެމްބެސެޑަރުން ހިމަނައިގެން ތައްޔާރުކުރާ ވީޑިއޯއާއި، ވަކިވަކި ފޮޓޯ ޕޯސްޓަރުތަކުގެ ޒަރީޔާއިންވެސް މަސައްކަތްކުރާނެ އެވެ.

މި ކެންޕޭން ހިންގުމަށް ހަމަޖެހިފައި ވަނީ 4 މަސް ދުވަހުގެ މުއްދަތަކަށެވެ. އެއީ އަންނަ އަހަރުގެ މާރިޗް ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މިގޭ

    ކުރިން ކީއްވެ މިކަމާ ނޫޅެ ތިބީ. މިކަމަށް ޤާނޫނެއް ފާސްކޮށްގެން މަސައްކަތް ފެށީމާ ކަމަކު ނުދިޔަ. އެދުވަހު ތިޔަހެން ނިކުމެ މަސައްކަތްކުރިނަމަ މިއަދު މިޤައުމު އޮންނާނީ މީހުން ގެ އަބުރާ އިއްޒަތް ރައްކާތެރިކުރުމުގެ މަގުމަތީގައި. ނުހިނގާ ކަންކަމުގެ ދޮގު ޚަބަރުތައް ގެނެސްދިނުމަށް ނޫސްތައް ވެސް މިހާރު އޮންނާނީ ތައްޔާރުވެފައި.

    26
    1
  2. ހަމިއްޓޭ

    ދޮގު ހަބަރު ފަތުރަނީ އެމްޑީޕީން. މިހާރު ހިތައް އަރާދޯ ދޮގުހަބަރު ފަތުރާ މީހުންގެ އަބުރާ އިއްޒަތައްއަރާގަންނައިރު މީހުންގެ ހިތައް ކުރާނެ އަސަރު

    43
    1
  3. ޢަފްލާ

    ދޮގު ޚަބަރު ހުއްޓުވޭނީ އިސްލާމް ދީނުގަ ކަންކަން އޮންނަ ގޮތައް އަހަރެމެންގެ ނަބިއްޔާ މ ސއވމ ދަސްކޮއްދެއްވި ރީތި ނަމޫނާގަ ހިފައި އެގޮތައް ޢަމަލު ކޮއްގެން ޑިމޮކްރަސީ ތެރެއިން އެއްވެސް ކަމެއް ރަނގަޅެއް ނުކުރެވޭނެ ސަބަބަކީ ހުޅަނގުގެ މީހުން އަމިއްލައައް ތައްޔާރު ކޮއްފަވާ ބާތިލު އެއްޗަކައްވާތީ

    34
    2
  4. އިމުރޯޯޯނު ދަމާ ކުއްޖާ

    ތިކަން ވާނެ ހެނެއް ހިއެއްނުވޭ ފުރަތަމަ އިމުރޯނު އެއިިީ ދޮގު ވެރި ކުއްޖެއް ވީ ގައި ވެސް ވަރަށް ދޮގު ހަދާ ކުދިން ގިނަ ލޯބި ގާއްޓޭ ވެސް ގިނައިންހަދަނީ ދޮގު ދެން ކިހިނެތް ހަދާނީ އެކޮއި

    13
  5. ކަނބުލޮ

    ދޮގުވެރި ކަމެއްގައި އޮންނާނީ ހުސް ދޮގު

    18
  6. ފަދަކަމެއް

    ޠިޔަޢީ ލޯކަލް އިންތިހާބަށް ހަދާފަންޑިތައެއް! ޢެކަން ކާމިޔާބު ކުރަން ތިކަހަލަ ކިތައްމެ ދޮގެއް ހަދާނެ!

    16
    1
  7. Anonymous

    އަބުރު ގާނޫނު އެބައޮތްތަ؟ އެއީ ދީނުގައި އޮންނަކަމެއްތަ؟ އިމުރާނު ކަލޭ އަބަހައްދަވީތަ؟

    17
  8. Anonymous

    މި ރާއްޖޭގަހުރި އެންމެބޮޑު ދޮގުވެރިޔާ ދޮގުހެދުން ހުއްޓުވުމަށް މިނިކުތީ. ކޮބާތަ ހެކި ޢިމުރާން ކަލޭ އަތުގަހުރި. އަފްރާޝީމްގެ މަރުގެ މައްސަލައާ އަދި ރިޟްވާނުގެ މައްސަލައިގެ.

  9. ހުސެން

    ދޮގު ހަބަރު ފަތުރަނީ ސަރުކާރުން

  10. ކީއްކުރާނީ

    ވާނެ އެއްވެސް ވީމަ؟ ހަޔާތު ކަންފުޅެއްނެތި މީހުންގެ އަގުވައްޓާލައިފައި ދެންކީއްކުރަން ތިއުޅެނީ.

  11. ހުސެން

    އެންމެ ގިަނއިން ދޮގު ހެދި މީހެއް އިމްރާނަކީ ،ބަލާބަލަ އޭނާ ދައްކާފަ ހުރި ވާހަކަތައް.މި ރާއްޖޭގެ ސިޔާސީ ރަންޑިންނަށް ވުރެން ގިނައިން ދޮގު ހަދާ ބަޔަކު މި އުޑުދަށަކު ނެތެކޭ ބުނިޔަސް ދޮގަކަށް ނުވާނެ،ދެއްކި ވާހަކަތައް އެހެރީ އާކައިވުތަކުގައި ،ކާކަށް ތަ ސިޔާސީ މީހުން މިއޮޅުވަނީ

  12. މިއަދުހަވީރު

    ދޮގު ހަބަރެއް ތެދު ހަބަރެއް ހަގީގަތެއް ނުބަލައި ހަބަރު ޖަހައިގެން ފަތުރެނީ ކީއްވެކަންކަން އެނގޭ ހެއްޔެއްވެ. ކާފަރުންގެ މީޑީއާތަކަށާއި އެބައިމީހުންނަށް ކުރެވޭ އިތުބާރާއި ލޯތްބެއްގެ ބޮޑުކަމުންނެވެ. ޖާނަލިޓަމަކީ އޭގައި ދޮގު ވަކިނުވާހާގިނަ ދޮގު އޭގައި ހިމެނިގެން ފަތުރާ ވާހަކަތަކެކެވެ.

  13. ފާއިޒު

    ފުރތަމ މަޖުލީސް މެންބަރުންގެ އަނގައިގަ ތަޅުލާ. އޭރުން ތިކަން އެންމެ ފުރިހަމައަށް ދާނީ. އެހެންނޫނީ (އެމީހުން ހީކުރާ ގޮތުން) ފަތު ނުލިޔެވޭނެ ކަމަށް ދެކިގެން އެމީހުން ބޭނުންހާ ވާހަކައެއް ދައްކަނީ. ދެން މީޑިއާއިން ބުނާނެ މިވެނި މެންބަރަކު މިހެން ބުނެފިއޭ، މަޖިލީސް ރައީސް މިހެން ބުނެފިއޭ.( އެ ބުނުން އެއީ ބޮޑު ފުލޯކަކަށް ވިޔަސް ) ދެން އާއްމުން ހީވާނެ އެއީ ހަމަ ތެދެކޭ.