ކަރަންޓާއި ކާބޯތަކެތީގެ އަގު ހެޔޮ ކުރަން ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

މިއަދު ހުށަހެޅި ބަޖެޓްގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.9 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ ކަރަންޓުގެ އަގު ހެޔޮ ކުރުމަށް 350 މިލިއަން ރުފިޔާ އާއި ކާބޯތަކެތި އަގު ހެޔޮކުރުމަށް 254 މިލިއަން ރުފިޔާ އެެވެ.

މިހާރު ހިނގަމުންދާ މިދާ އަހަރުގެ ބަޖެޓުގައި ކަރަންޓު އަގު ހެޔޮ ކުރުމަށް 272 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އަދި ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް 230 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާ އެވެ. އަދި ޚަރަދުގެ ގޮތުގައި 35.6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ދަރަނިތައް އަދާކުރުމަށް 1.9 ބިލިއަން ރުފިޔާ ހުށަހަޅާފައިވެއެވެ.