މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ހައްޔަރުކޮށްފައިވާ ޝައްމާންގެ ބަންދަށް އަނެއްކާވެސް ހަތް ދުވަސް ޖަހައިފިއެވެ.

އޭނާ ހައްޔަރުކޮށް، ކުރިން ޖަހާފައި ވަނީ 15 ދުވަހުގެ މުއްދަތެކެވެ. އޭނާގެ ބަންދަށް ޖަހާފައިވާ 15 ދުވަހުގެ މުއްދަތު ހަމަވީ މިއަދުއެވެ. އެހެންވެ އޭނާ މިއަދު ކޯޓަށް ގެންދިއުމުން އިތުރު ހަތް ދުވަސް ވަނީ ޖަހާފައެވެ.

މިދިޔަ މަހު ޝައްމާން ހައްޔަރުކުރިއިރު، އޭނާއާ ގުޅޭގޮތުން ފުލުހުން އެއިރު ވިދާޅުވީ، އޭނާ ހައްޔަރުކުރީ މުޖުތަމަޢުގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނައަށް ގެއްލުންދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ނިރުބަވެރި ޖަމާޢަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް މީސްމީޑިއާގައި އާންމުކޮށް ހާމަކުރަމުން ދިޔަ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ.

ޝައްމާން ފޭސްބުކްގައި ޝެއާކުރި ފޮޓޯ އިން ފެންނަނީ ކުޑަކަކޫ މައްޗަށް މީހަކު ތިރިކޮށްފައި ކައިރީގައި މީހަކު ވަޅި ހިފައިގެން ހުއްޓައެވެ. ކުޑަކަކޫ މަތީގައި އިންނަ މީހާގެ މޫނު އެޑިޓްކޮށް ވަނީ ޝަހިންދާގެ މޫނު ފެންނަ ގޮތް ހަދާފައެވެ. އެފޮޓޯ ޝައްމާން ޝެއާ ކުރި ނަމަވެސް އެއީ އެހެން މީހަކު އެޑިޓްކޮށް، އާއްމުކޮށްފައިވާ ފޮޓޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަންބެގެއިލްތިމާސް

    ޢަދަބު ދެވި ބަންދުކިރެވެނީ ނިކަމެތި ސޮރު! ޢިސްލާމްދީނަށް ނިބުރަވެރި ހަމަލާއެއް ދިން ލާދީނީ ޓެރެރިސްޓުން ހިފައި ހައްޔަރުކުރަނީ ކޮން އިރަކު؟ ނިބުރަވެރި ލާދީނީ ޖަމާއަތުގެ މީހުން ދައުލަތުގެ މަގާމުތަކުން ބޭރުކުރޭ !

    78
  2. ކިޔާމީހާ

    ނިކަމެތި މީހާގެ ވާހަކަ ދައްކާލާނެ މީހެއްނުވޭ. އެމްޑީއެން ރިޕޯޓު ލިޔުނުމީހުން ހައްޔަރު ކުރޭ!!!

    61
  3. ސިޔާސީ ލީޑަރުން

    އާންމު ނިކަމެތި ރައްޔިތުން ހައްޔަރު ކުރާ ސަރުކާރެއް.

    22
  4. ކިޔާމީޙާ 2

    މެޑީއެންގެ މީިހުން ހައްޔަރު ކުރެވޭނީ މިސަރުކާރުގެ ފަސް އަހަރު ނިމުނީމަ!! ނަޝީދު އެ ހުންނަނީ އެމީހުން ނިކުމެވިއްޔާ!

    11
  5. ޚޮއްޖު

    ޅާދީނީ މީހުންނަށް އަދަބު ދިނުން މާމުހިންމު