މާދަމާ ވެގެން ދާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތާއި ގަދަރު މިރާއްޖޭގެ މެދުއުޑުގައި ފިޔަޖަހާނެ ދުވަހަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މާދަމާ ރައީސް ޔާމީން އަށް ހުކުމް އިއްވުމަށް ސުޕްރީމް ކޯޓަށް ހާޒިރުކުރާ ދުވަސް ވެގެންދާނީ އެމަނިކުފާނުގެ އިއްޒަތާއި ގަދަރު މެދުއުޑުގައި ފިޔަޖަހާނެ ދުވަހެއް ކަމަށެވެ.

އަދި އެންމެންވެސް ތިބީ އުންމީދުގައި ކަމަށާއި، މިހާތަނަށް ޝަރީއަތަށް ރައީސް ޔާމީނާއި ދެކޮޅަށް އެމަނިކުފާނު ކުށަކަށް އަރައިގެންފައިވާފަދަ ކަމެއް ސާބިތުވާ ހެއްކެއް ގަރީނާއެއް ހުށަހެޅިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ނޮވެމްބަރު ފަހެއް ވެގެންދާނީ، ރައީސް ޔާމީންގެ އިއްޒަތާ ގަދަރު މި ރާއްޖޭގެ މެދު އުޑުގައި ފިޔަޖަހާލާ ދުވަހަކަށޭ. އެ ޔަގީންކަމުގައި މިތިބީ. އަޅުގަނޑުމެން ކުރިމަތީގައި ޝަރީއަތް ހިނގާދިޔައީ. އަޅުގަނޑުމެންނަށް ވެސް އިނގޭ ޝަރީއަތުގައި ރައީސް ޔާމީންގެ މައްޗަށް ކަމެއް ސާބިތު ކުރެވޭ ވަރަށް އެއްވެސް ހެއްކެއް ގަރީނާއެއް ނެތްކަން" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވަނީ ގާޒީ ހައިލަމް އާއި ދެކޮޅަށް ދެކެވެމުންދާ ވާހަކަތައް ކުށްވެރިކުރައްވާފައެވެ. އަދުރޭ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީ އިން ހައިލަމްގެ އަގުވައްޓާލަން މަސައްކަތް ކުރާ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޖުޑިޝަރީގެ ތެރެއަށް އަތް ބޭނުމަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ މިސަރުކާރުން ކުރާ ކޮންމެ ކަމެއް ދެން އަންނަ އިދިކޮޅު ކޯލިޝަނުގެ ވެރިކަމެއްގައި ބަލާނެ ކަމަށެވެ. އަދި އެއްވެސް ކަމެއް ކުރުމުގެ ކުރިން ފަހުން ޖަވާބިދާރީ ވާން ޖެހޭނެކަން ވިސްނުމަށް އަދުރޭ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާއެވެ. އެމައްސަލަ އާއި ގުޅިގެން ޝަރިއްޔަތަށް އެކަން ސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ފަލަޑޭ ގެ ހިކިޑޭ

  އަދުރޭ ޕުލީސް އަޅެ އެއްޗެކޭ ނުކިޔާ ހުރެބަލަ. އަހަރުމެންވެސް ޔާނު އަށް ދެރަޔެއްލިބޭކަށް ބޭނުމެއްނޫނޭ. ތިގޮތަށް އަނގަ ތަޅަނިކޮށް އަދުރެމެޓިކްސް ވެދާނެތީ ބިރުގަންނަނީޔޭ...

  34
  2
 2. ސަޕޯޓަރ

  ރައީސް ޔާމީން ދާދި އަވަހަށް ރާއްޖޭގެ ވެރިކަމާ ހަވާލްވެ
  ވަޑައިގަންންވާނެއެވެ ރައީސް ޔާމީން ވެރިކަމުގެ ފުރަމަ
  100 ދުވަހުގެ ތެރޭގައި މިސަރުކާރުގެ މަތިފަޑީގައި ތިބި
  ކުށްވެރިން ހިފާ ހައްޔަރުކޮށް ތަހްގީގު ހިންގައި އަދުލު
  އިންސާފް ގާއިމުކުރައްވާނެއެވެ ނަސީދު ހިންގާފައިވާ ޖަރީމާ
  ތައް، ރާއްޖޭގައި ހުޅުޖައި އަންދާލި ޓެރަރިޒަމްގެ ކުށް ވަކިން
  ތަހްގީގުކޮށް ޝަރީޢަތް ހިންގޭނެއެވެ.

  34
  20
 3. ބޯބުރި

  ހީހީ ހަލާކު.....

  16
  22
 4. ޢަބްދުއްލާ

  މާދަމާ ޔާމީންގެ އިއްޒަތާ ގަދަރު މި ރާއްޖޭގެ މެދު އުޑުގައި ފިޔަޖަހާނެ - އަދުރޭ

  56 މިނެޓް ކުރިން ( ނޮވެމްބަރު 4, 2019 )

  މާދަމާގެ ހުކުން ވާނީ އެންމެންގެ ލޯމަތީ ކުރެވުނު ހުކުމަކަށް . ގާނޫނީވަކީލުން ވަކާލާތުކޮށް

  މައްސަލަ ރައްދުވާ ފަރާތުގެ ހިއްވަރުގަދަކަމާ ރައްދު ދިނުމުގައި ހުރި ކެރުމާ ޘާބިތުކަން

  ދައްކާ ދިން ޝަރީއަތަކަށް. މިފަދަ ލިޔާގަތަކާ ގާބިލިއްޔަތެއް M D P ކިބަޔަކުނެއް.

  ދައި މިގޮތަށް ވަކާލާތުކުރެވޭވަރުގެ ވަކީލަކުވެސް M D P އަކުނެއް.

  އެމީހުނަށް އެނގެނީ ހައްގުތަކަށް އަރައި ގަތުމާ ، ގާނޫނު ތަށް މުގުރުމާ، ކޯޓްތަކަށް

  އަތްބޭނުމާ ، އިންޒާރުދިނުމާ ، އަސްލާމްދީނަށް އެއްޗެހިގޮވުމާ، ލާދީނީ ހަންފެރުރުން.

  ރައީސް ޔާމީނުގެ ޢަޒުމާ ހިތްވަރަށް އައްސަރިބަހުން ސާބަސް. ހުކުން ކޮން،މެގޮތަކަށް އަޔަސް

  މަނިކުފާނުގެ ވާޖިބު އަދާވެއްޖެ. މާތް ﷲ މަނިކުފާނު މަނިކު ފާނުގެ ޢަމަލް ގެއްލެނި

  ނުކުރައްވާށި آمين اللهم آمين يارب العالمين
  ެ

  22
  9
 5. ލަކީ

  ޙެހެ ތީ ދެން ވާނެ ވަރަކީ

  2
  2
 6. ނސދ

  ވާގޮތް ބަލަމާ........ ?

 7. ޓިނު

  ކަލޭގެ އަނގަ އިން މިހަރު ހުކުން ވަރަށް ސާފް

  5
  2
 8. ާަބިޖޫ

  ސިޔާސީގޮތުން 15 ކީއްކުރަން 20 25 އަހަރުގެ ހުކުމެއްވެސް އިއްވިދާނެ އިންސާފްގެ މަގަކުން ނެއް 5މިނިޓްގެ ހުކުމެއްވެސް އިއްވޭކައް ބަރުނަގޫ ވ ސަލާމް ދެން އިސްތިއުފާ ދެއްވާފަ ގެޔައްފެއްސޭ

  6
  8
 9. އަދުރެމެޓިކްސް

  އަދުރެމެޓިކްސް ތަރިތަކުގެ އއއއއއއއއއއ.
  ޢިލަމް މެތަމެޓިކުސއް ކުރަން ފެށީނު!

  6
  1
 10. ަައޮޅިއްޖެ

  އަދުރޭގެ އަނގައިގެ ސުންފާ މުޅި ޕީޕީއެމް އަދި ޔާމީން އަށް ވެސް މިޖެހެނީ. މާދަން ހުކުމް އަނެއްކޮޅަށް އައިމަ ދެން ކޯޗެކެތަ ގޮވާނީ.

  12
  3
 11. ފުނަމާ

  މެދުއުޑަކުނޫން ފިޔަޖަހާނީ ޖަލުގެ ކުޑަގޮޅީގައި މިރާއްޖެ ދުންއެން ޖައްބާރު ނުލަފާމީހެއް.

  6
  7