ރައްޔިތުންގެ މަޖިލީހުގައި މިއަދު އެމްޑީޕީ މެންބަރުން އުޅުނު ގޮތުން އަންތަރީސްވެ ވަޑައިގެންފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޖަމީލް މިގޮތަށް ވިދާޅުވީ، މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ޖަމީލް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ މެންބަރުން މިއަދު އުޅުނު ގޮތުން އަންތަރީސްވެ ވަޑައިގެންފައިވާ ކަމަށާއި މިއަދު ފެނުނީ 2 ރައީސުންހެން ހީވާ ގޮތަށް ކާޓޫނެއް ކަމަށެވެ.
"އުންމަތުގެ ނަބިއްޔާއަށް ނިސްބަތްކޮށް ނެރުނު މުޑުދާރު ރިޕޯޓުގެ މައްސަލައިގައި މި ޖޯޝެއް ނުފެނޭ. މުސްލިމުންނަށް އެންމެ އަސަރުކުރަންވާނީ ދީނަށް ފުރައްސާރަކުރުމުން" އެމްޑީއެން ރިޕޯޓާއި ގުޅިގެން އެމްޑީޕީ މަޖިލީސް މެންބަރުން އުޅުނު ގޮތާއި ގުޅޭ ގޮތުން ޖަމީލު ވިދާޅުވިއެވެ.
ޖަމީލް މިގޮތަށް ވިދާޅުވިއިރު، މިއަދު ރައްޔިތުންގެ މަޖިލީސް ތެރެ ހޫނުވެގެން ގޮސްފައި ވަނީ، އިސް ގާޒީ މުހައްމަދު ހައިލަމް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތަން ފެންނަ ކުރެހުމަކުން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަ ގްރޫޕެއްގައި ހައިލަމް ފޮނުވި ފޮޓޯއެއްގެ ސްކްރިން ޝޮޓަކާއި ގުޅިގެންނެވެ.
އެ މައްސަލާގައި އެމްޑީޕީ ބައެއް މެންބަރުން ވަނީ ގާޒީ ހައިލަމް ސަސްޕެންޑް ކުރުމަށް ގޮވާލާފައެވެ. އަދި މަޖިލީސް ތެރޭގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުވެސް ކުރިއަށްދިޔައެވެ.
ގާޒީ ހައިލަމްގެ މައްސަލަ މިއަދު މަޖިލީސް ތެރޭގައި ހޫނުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ މަނީ ލައުންޑަރިންގ މައްސަލާގެ ހުކުމް އިއްވުން މާދަމާ އެބަ އޮތެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރަކީ ހައިލަމްއެެވެ.
އެހެންވެ އެމްޑީޕީ ބައެއް މެންބަރުން ވަނީ، ގާޒީ ހައިލަމް ބައްލަވާ އެ މައްސަލަ، ރައީސް ޔާމީންގެ މައްޗަށް ސާބިތުނުވާ ގޮތަށް ހުކުމް ކުރުމަށް ފައިސާ ނެގި ކަމުގެ ތުހުމަތުވެސްކޮށްފައެވެ.
ކަލޭ ހައިރާން ނުވާ ކަމެއް އޮވޭތަ؟
މަޖިލީހުގައި މިއަދު އެމްޑީޕީ މެންބަރުން އުޅުނު ގޮތުން އަންތަރީސްވެއްޖެ - ޖަމީލް
54 މިނެޓް ކުރިން ( ނޮވެމްބަރު 4, 2019 )
މިވެރިންނަށް ސްޕަރމެޖޯރިޓީއެކޭ ހައެއްކަމެންބަރުންުގެ މައިނޯރިޓީއެކޭ ހަމަހަމަ. ސްޕަމެޖޯރިޓީ
ދިނީމަ ނިކަމެތި މީހާގެ ޖީބައް ބާރުބޮޑުވަނީ. M D P ރޫހާނީ ލީ ޑަރުގެ ނުލަފާކަން
އިތުރަށް ބޮޑުވުން ނޫންއެއްވެސް ކަމެއް ނުވޭ.
ހެޔޮވިސްނޭ ކޮންމެ މީހަކުވެސް އަންތަރީސްވާނެ މިހާރު އެބައެނގޭނު އެމް.ޑީ.ޕީގެ ފެންވަރު އޭގެ ނުހުންނާނެ ހަމަހޭގަހުރި އެކަކުވެސް އެމީހުން ބޭނުންވާގޮތަކަށް ކޮންމެކަމެއް ނިންމަންބޭނުންވާނެ ބިރުދައްކައިގެންވީނަމަވެސް ނުވަތަ ވަށްކަން ކޮށްގެންނަމަވެސް ޤާނޫނާ ޤަވާޢިދާޚިލާފަށް ކުރަން އެމް.ޑީ.ޕީ މީހުންބޭނުންވާނެ
" އައި ނޯ. ޕޮލިޓިކްސް އިސް އަ ޑާރޓީ ގޭމް"
ހައިލަމް އެޕޮޓޯ އިން ސްޓަންޓެއް ޖަހާލީ... ޔާމީނަށް ކޮންމެ ހުކުމެއް ކުރިޔަސް އެމް.Dީޕީ އެއޮތީ ހުކުމް ސައްހަ ނުވާނެކަމާއި ހައިލަމްބެ ދުރުކުރަން ގޮވާލާފަ... ހެއްހޭ... ނެކުސްޓް އެޕިސޮޑް އިޒް ބިގިން ވެރީ ސޫން...
ދެން އޮތީ އަމިއްލަ އަތުން ގާޒީން ލާފަ ޔާމީނަށް ހުކުންކުރުން.. ކޯޓުތަކަށް އަތްބޭނުން... ރިޝްވަތުގެ ޑީލް ހަފަތާތުގައި... ރައްޔިތުމީހާ ރޭޑިޔޯ ބުޑުގަ ވާނުވާނޭގިފަ.
ޖަމީލު އުޅުއްވާގޮތުން ހަމަ އަންތަރީސްވެއްޖެ. ޖަމީލު ރައީސްމައުމޫނަށް އެއްޗެތިގޮވައިފި. ރައީސްޔާމީނުގެ ނައިބަކަށް ނުހުރެވުނު. ޔާމީނަށް ވަރަށް ހަޑިހުތުރުކޮށް އެއްޗެތި ގޮވައިފި. ޖަމީލަށް ކަމުދާ އެއްވެސް މީހަކުނެތް. ޖަމީލުގެ ހަމަޔަކީ ހަކުރުދެންޏާ ބޮޑުބޭބެ. އެހެންވީމާ ޖަމީލު އަމިއްލަ މަސައްކަތެއް ކޮށްގެން ކައިގެންބައިގެން އުޅުމަށް ގޮވަލަން. ތިޔަގޮތަށް މީހުންނަށް އެއްޗެތި ގޮވަމުން ނުދުވޭ
ކަލެއަށް މިނިސްޓަރު ކަމާއި ހަމައަށް އާދެވުނީ ވެސް ވަކި މީހަކާ އޮތް ހާއްސަ ރަހްމަތްތެރި ކަމަކާއި ހެދިޔޭ ވެސް ރަށުތެރޭގައި ކިޔާ. އެމީހާ ދިޔައިމާ މިހާރު ތިޔަ އުޅެނީ ހަތާ ތަޅާލި ކުޅަނދުރައްވެގެން.
މިއަދު މަޖިލީހުގައި އުޅުނު އެމްޑީޕީގެ ވަފުދު ޖޭއެއްސީއީއަށް ޙާޒިރުކުރަން ފެނެއި
ތީ ހައިރާންވާންޖެހޭވަރު ކަމެއް ނޫން.. ވެރިންނައް ލާފަމިތިބީ ބަޔަ ކުމީހުން ދިވެހީންނައް އޮޅުވާލައިގެން ގެނައި ލާދީނީ ޕުރޮޕަގަންޑާ ޕުލޭނެއްގެ ދަށުން މަސައް ކަތް ކޮއް ރާއްޖޭގައި އެހެންދީންތައް އާލާ ކުރުވަން އުޅޭ ބަޔެއް. މި މީހުން ވެރި ކަމައް ގެނައުމައް ޚުދު ޖަމީލު އަދާ ކުރި ރޯލު ކުޑައެއްނޫން. ވީމާ ތިބުނާ ކަމުގެ ޒިންމާ ޖަމީލުވެސް ނަގަންޖެހޭ އެހެން މީހުންނައް ވުރެ ބޮޑައް.
ޖަމީލް ތިޔަ އަންތަރީސްވީ މާފަހުން، އަހަރެން އަންތަރީސް ވެއްޖެ ޖަމީލް މެން އެމްޑީޕީ އާ ކޯލިޝަން ހެދި ހިސާބުން
ކަލޭ އަންތަރީސް ވެގެން ހުރެ ދޯ ، ވެރިކަން ލިބުނަސް ހަވާލެއް ނުކުރާނަމޭ ބުނީ ! ލަދުކޮބާ ؟