ފުވަައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާން ދޭން ފަށައިފި އެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގީ ފުވައްމުލަކު ސިޓީގެ ސްޑޭޑިއަމް ކައިރިން ރޭ 23:50 އެހާކަންހާއިރު ދުއްވާފައި ދިޔަ ސައިކަލެއް ވެއްޓި އޭގައި އިން މީހާއަށް ބޮޑެތި އަނިޔާތަކެއް ވެގެން ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާތައް ވަރަށް ސީރިއަސް ކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގީ އެ ސައިކަލް ބާރަށް ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރެއްގައި ޖެހި ކޮންޓްރޯލް ނުކުރެވި ސައިކަލް ވެއްޓިގެނެވެ.

އެކްސިޑެންޓްގައި އަނިޔާވި އުމުރުން 26 އަހަރުގެ ދިވެހި ޒުވާނަކަށެވެ.

އޭނާގެ ހާލަތާއި ބެހޭ ގޮތުން އޭނާ އަށް ފަރުވާ ދެމުންދާ ފުވައްމުލަކު ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެއެވެ.